Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިބްރަހިމޮވިޗް ކުޅުން ހުއްޓާލުން

އިބްރަހިމޮވިޗް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

5 ޖޫން 2023 | ހޯމަ 02:55

ކުޅުން ހުއްޓާލިކަން އިއުލާންކުރީ އޭސީ މިލާން މިސީޒަންގައި ކުޅުނު ފަހު މެޗަށްފަހު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 5 ޖޫން 2023 | ހޯމަ 02:55
އިބްރަހިމޮވިޗް ކުޅުން ހުއްޓާލުމަށްފަހު ވަދާއީ ސަލާމް ކުރަނީ: ފޮޓޯ-އޭސީ މިލާން

އިބްރަހިމޮވިޗް ކުޅުން ހުއްޓާލުމަށްފަހު ވަދާއީ ސަލާމް ކުރަނީ: ފޮޓޯ-އޭސީ މިލާން

ދުނިޔެ ދުށް މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ ސްވިޑްންގެ ޒަލަޓާން އިބްރަހިމޮވިޗް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ.

އޭސީ މިލާން ސީޒަންގެ ފަހު މެޗުގައި ލީގުގައި ވެރޯނާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އިއުލާންކޮށްފައި އޮތީ މިލާނާއެކު އޮތް އެއްބަސްވުން އައުނުކުރާނެކަމެވެ. މިލާނުން އެކަން އިއުލާންކޮށް, ސަޕޯޓަރުންނަށް އެނގިފައި އޮތީ ފަހު މެޗަށްފަހު ކްލަބަށް އިބްރަހިމޮވިޗް އަލްވަދާއި ކިޔާކަމެވެ. ނަމަވެސް މިލާންގެ ފަހު މެޗަށްފަހު އިބްރަހިމޮވިޗް ވަނީ ފުޓްބޯޅައިން ރިޓަޔަ ކުރިކަން އިއުލާންކޮށްފައެވެ. އެނިންމުން އިއުލާންކުރީ ކަރުނައާއެކުއެވެ. އޭނާގެ އިތުރުން އެނިންމުންވީ ސަޕޯޓަރުުން ވެސް ރޮއްވާލި ނިންމުމަކަށެވެ. 41 އަހަރުގައި އިބްރަހިމޮވިޗް ކުޅުން ހުއްޓާލިއިރު އޭނާ ހިމެެނެނީ އެންމެ ސްޓައިލިޝް, އެންމެ މޮޅު ފޯވާޑުންގެ ތެރޭގައެވެ.

ކްލަބް ކެރިއަރުގައި އިބްރަހިމޮވިޗް ބަނީ 511 ގޯލް ޖަހާފައެވެ. އޭގެތެރޭގައި އޭސީ މިލާން, ޕީއެސްޖީ, މެންޗެސްޓަރ ޔުނައިޓެޑް, އިންޓަރ މިލާނަށް ޖަހައިދިން ގޯލްތައް ހިމެނެއެވެ. ހަތަރު ޤައުމެއްގެ ލީގު ހޯދިއެވެ. ކެރިއަރު ނިންމާލި ކްލަބް އޭސީ މިލާނަށް ދެވަނަ ފަހަރަށް ބަދަލުވީ 2020 ވަނަ އަހަރުއެވެ. ދެވަނަ ފަހަރަށް ބަދަލުވެވެސް, ލީގު ހޯދިއެވެ. އެކަމަކި މިސީޒަންގައި އަނިޔާގެ ސަބަބުން ކުޅެވުނީ އެންމެ ހަތަރު މެޗެވެ.

އިބްރަހިމޮވިޗް ބުނީ އޭނާއަށް މިލާނުން މަރުހަބާކީ ހުޅުވާލެވިފައިވާ އަތަކުންކަމަށެވެ. އަދި އޭނާއަށް މިލާން އިހުސާސްވީ އަމިއްލަ ގޭގެ ގޮތުގައި ކަމަށާއި, ބާކީބައި ހޭދަކުރާނީ މިލާންގެ ސަޕޯޓަރެއްގެ ގޮތުގައި ކަމަށެވެ. ކާމިޔާބު ކެރިއަރު ނިންމާލިއިރު އޭނާ ވަނީ 34 ތަށި ހޯދާފައެވެ. އޭގެތެރޭގައި 14 ލީގު ތަށި ހިމެނެއެވެ. 11 ފަހަރު ބެލެންޑިއޯ އަށް ނޮމިނޭޓްވިއެވެ. ކާމިޔާބު ކެރިއަރުން އުނިވީ ޗެމްޕިއަންސް ލީގު ތަށްޓެވެ. އެކަމަކު މެންޗެސްޓަރ ޔުނައިޓެޑާ އެކު ޔޫރޮޕާ ލީގު ހޯދިއެވެ.

އިބްރަހިމޮވިޗް ކުޅުން ހުއްޓާލިކަން އިއުލާންކުރި މެޗުން އޭސީ މިލާން މޮޅުވީ 3-1 ނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ

04 ޖެނުއަރީ 2017
އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް