Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެންޒެމާގެ ވަދާއީ މެޗު

ބެންޒެމާގެ ވަދާއީ މެޗު އެއްވަރު، އެކަމަކު ލަނޑު ޖެހި

މެޗު އެއްވަރުވީ 1-1 ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 5 ޖޫން 2023 | ހޯމަ 02:28
މެޗަށްފަހު ރެއާލްގެ ކުޅުންތެރިން ބެންޒެމާއަށް އަލްވަދާއު ކިޔަނީ

މެޗަށްފަހު ރެއާލްގެ ކުޅުންތެރިން ބެންޒެމާއަށް އަލްވަދާއު ކިޔަނީ

ކަރިމް ބެންޒެމާ ރެއާލް މެޑްރިޑަށް ކުޅުނު ފަހު މެޗުގައި އޭނާގެ ލަނޑުން ނަތީޖާ އެއްވަރުވެއްޖެއެވެ.

14 އަހަރަށްފަހު ރެއާލް މެޑްރިޑް ދޫކޮށްލަން ނިންމުމަށްފަހު ކުޅުނު ވަދާއީ މެޗުގައި އެތުލެޓިކް ބިލްބާއޯއާ ވާދަކޮށް ވީއެއްވަރެވެ. ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑުގައި ކުޅުނު ލީގުގެ ފަހު މެޗު އެއްވަރުވީ 1-1 ނެވެ. މެޗުގައި އެތުލެޓިކް ބިލްބާއޯއިން ލަނޑެއް ޖަހާފައި ވަނިކޮށް, ދެވަނަ ހާފްގައި ރެއާލް މެޑްރިޑުން ނަތީޖާ ހަމަހަމަކުރީ ބެންޒެމާ ޖެހި ލަނޑުންނެވެ. އެކަމަކު ކެޕްޓަން ބެންޒެމާ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. އެއީ އެޑާ މިލިޓާއޯއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. 72 ވަނަ މިނެޓުގައި ލަނޑު ޖެހުމަށްފަހު އޭގެ ދެ މިނެޓު ފަހުން ބެންޒެމާ ބަދަލުކުރިއެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ލޫކަ މޮޑްރިޗްއެވެ. ބެންޒެމާ ދަނޑުން ފައިބައިގެން ދިޔައީ ރެއާލްގެ ސަޕޯޓަރުންގެ ހޫނު ތަރުހީބާއެކުއެވެ. މީގެއިތުރުން އަށް އަހަރަށްފަހު ރެއާލް ދޫކޮށްލަން ނިންމި މާކޯ އަސެންސިއޯ ބަދަލުކުރުމުން ވެސް ރެއާލްގެ ސަޕޯޓަރުން ހޫނު ތަރުހީބެއް ދިނެވެ. އަސެންސިއޯ ބަދަލުވަނީ ޕީއެސްޖީ އަށެވެ. އެފަދަ ތަރުހީބެއް ނުލިބުނީ ހަޒާޑަށެވެ.

މެޗުގެ ކުރިން 35 އަހަރުގެ ފޯވާޑް ވަނީ ސީޒަން ނިމުމުން ކްލަބް ދޫކޮށްލާކަން އިއުލާންކޮށްފައެވެ. އެކަން ކަށަވަރުކޮށްދީ ކްލަބުން ވެސް ބަޔާނެއް ނެރުނެވެ. ސީޒަންގެ ނިޔަލަށް ބެންޒެމާގެ އެއްބަސްވުން ވެސް ވަނީ ހަމަވެފައެވެ. ރިޕޯޓުތައް ބުނާގޮތުން ރެއާލްގެ ތާރީޚުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދިން ފޯވާޑް ދެން ބަދަލުވާނީ ސައުދީ ލީގަށެވެ. ރެއާލްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ފޯވަޑް ރޮނަލްޑޯ މިހާރު ކުޅެނީ ސައުދީ ލީގުގައެވެ.

ރެއާލް މެޑްރިޑް ސީޒަން ނިންމާލީ ލީގުގައި ޗެމްޕިއަން ބާސެލޯނާގެ ފަހަތުން ދެވަނާގައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު