Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕީއެސްޖީ

ޕީއެސްޖީ ސަޕޯޓަރުންގެ ރުޅިގަނޑު މެސީ އަށް، "އޭނާ އަށް ޗެމްޕިއަންސް ލީގު ވެސް ނުހޯދުނު!"

5 ޖޫން 2023 | ހޯމަ 02:21

މެސީ އައި ފަހުން ޗެމްޕިއަންސް ލީގުގައި "ކުރިންވީ ވަރު ވެސް ނުވި" ކަމަށް ސަޕޯޓަރަކު ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖޫން 2023 | ހޯމަ 02:21
ފްރާންސް ލީގުގައި ޕީއެސްޖީން އެންމެ ފަހުން ކުޅުނު މެޗުގައި މެސީ

ފްރާންސް ލީގުގައި ޕީއެސްޖީން އެންމެ ފަހުން ކުޅުނު މެޗުގައި މެސީ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ސަޕޯޓަރުންނަކީ އަބަދު ވެސް ވަރަށް ތަފާތު ބައެކެވެ. އަމިއްލަ ޓީމުގެ ކުޅުންތެރިންނާ ވެސް އެމީހުން ދިމާކޮށްލަފާނެ އެވެ. އެއީ އެމީހުން ބޭނުންވާކަމެއް ނުވަތަ އެ މީހުން ބޭނުންވާ ގޮތެއް އެ ކުޅުންތެރިޔަކު ނުހަދައިފި ނަމަ އެވެ. މިފަހުން އެ މީހުން ވަނީ ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ނޭމާ ޖޫނިއާއާ ވެސް ދިމާކޮށް، އޭނާގެ ގޭ ދޮށަށް އެއްވެ އަޑުގަދަ ކޮށްފަ އެވެ. އެކަމާ އެ ކުލަބުގެ ވެރިން ވެސް އިންތިހާ އަށް ރުޅިގަދަވި އެވެ. އެކަން އެހެން އޮއްވާ، އެމީހުން ވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާ ވެސް ދިމާކޮށްލައިފަ އެވެ. އެއީ ކުލަބުން ހުށަހެޅި އައު އެއްބަސްވުން މެސީ ޤަބޫލު ނުކުރާނެކަމުގެ އަޑުތަކެއް ފެތުރުމުންނެވެ.

އެކަން އެހެން އޮއްވާ، މި ސީޒަނަށް ފަހު މެސީ ޕީއެސްޖީ ދޫކޮށްލާނެ ކަން ކަށަވަރުވުމާއެކު އެމީހުންގެ ރުޅިގަނޑު ފަޅައިގެން ދިޔަ އެވެ. ޕީއެސްޖީގައި މެސީ އެންމެ ފަހުން ކުޅުނު މެޗުގައި ވެސް އެމީހުންގެ ކަމަކަށް އޮތީ މެސީއާ ދިމާކުރުމެވެ. އެ މެޗަށްފަހު ޕީއެސްޖީ އަށް ލީގު ތަށި ހަވާލު ކުރި ނަމަވެސް، ސަޕޯޓަރުން އެކަމުގެ އުފާ ފާޅުކުރުމުގެ ބަދަލުގައި ދިމާކޮށްލީ މެސީއާ އެވެ. ނަމަވެސް މިހާރު މެސީ ޕީއެސްޖީ ދޫކޮށްލާކަން ކަށަވަރެވެ. ސަޕޯޓަރުންގެ ނުރުހުން އޮތް ނަމަވެސް، ކުލަބުގެ ވެރިންނާއި ކޯޗު ވަނީ މެސީ އަށް އިންތިހާ އަށް ތައުރީފުކޮށްފަ އެވެ. އެމީހުންގެ ބުނާ ގޮތުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ދެ އަހަރު ޕީއެސްޖީ އަށް ކުޅުމަކީ އެ ޓީމަށް ލިބުނު ޝަރަފަކާއި، ފަޚުރެކެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ޕީއެސްޖީގެ ސަޕޯޓަރަކު ބުނީ، މެސީ ޕީއެސްޖީ ދޫކޮށްލުމަކީ ވަރަށް "ގޯސް" ކަމެއް ކަމަށެވެ. އޭނާ ބުނީ މެސީގެ ފަރާތުން ސަޕޯޓަރުން ވަަރަށް ބައިވަރު ކަންކަމަށް އުންމީދު ކުރި ކަމަށާއި، އެންމެ ބޮޑު އެއް ކަމަކީ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ކަމަށެވެ. ނަމަވެސް މިހާރު މެސީ ޕީއެސްޖީ ދޫކޮށްލަނީ ކަމަށާއި، އެއީ ވަރަށް ހިތާމަވެރި ކަމެެއް ކަަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އިތުރަށް އޭނާ ބުނީ އުންމީދު ކުރީ މެސީ ގިނަ އަހަރުތަކެއް ވަންދެން ޕީއެސްޖީގައި ހުންނާނެ ކަމަށް ނަމަވެސް، އެ އުންމީދު ވެސް ދިޔައީ "ފެނަށް" ކަމަށެވެ.

އިތުރު އެހެން ސަޕޯޓަރަކު ބުނީ، މެސީ އަށް ޕީއެސްޖީއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވުމަކީ ވަރަށް ލަދުވެތި ކަމެއް ކަމަށެވެ. އޭނާ ބުނީ ބާސެލޯނާ ދޫކޮށް މެސީ ޕީއެސްޖީ އަށް އައި ހިސާބުން ވެސް ސަޕޯޓަރުންގެ އުންމީދުތައް ހުރީ އިންތިހާ އަށް އުހުގައި ކަމަށާއި، ނަމަވެސް އެކަން ހާސިލްވެފައިނުވާ ކަމަށެވެ. ނަމަވެސް އޭނާ ދެކޭ ގޮތުގައި މެސީ ޕީއެސްޖީ ދޫކޮށްލި ނަމަވެސް، މެސީ ވަނީ އެ ކުލަބަށް ގިނަ ކަންތައްތަކެއް ކޮށްދީފަ އެވެ. އަދި އޭނާ ޤަބޫލު ކުރާ ގޮތުގައި މެސީ އަކީ ޕީއެސްޖީގެ ލެޖެންޑެކެވެ.

އަނެއް ސަޕޯޓަރަކު ބުނީ ޕީއެސްޖީގެ ހުށަހެޅުން ބޮލާލައި ޖަހާފައި މެސީ ދިޔުމަކީ ވަރަށް ހުތުރު ކަމެއް ކަމަށެވެ. ޚާއްސަކޮށް ޕީއެސްޖީން މެސީ އަށް ދެރަ ގޮތެއް ހަދާފައި ނުވާއިރު، މެސީ އެ ގޮތަށް ކަންތައް ކުރުމުން ގިނަ ސަޕޯޓަރުން ތިބީ ރުޅި އައިސްފައި ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ މެސީ ގެނައީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ކަމަށާއި، އެހެން ނަމަވެސް މެސީ އެކަން ހާސިލްކޮށް ނުދެވުނު ކަމަށެވެ. މެސީ ނެތި ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާއެއް ނެރުނު ކަމަށާއި، މެސީ އައުމަށް ފަހު "ކުރިންވީ ވަރު ވެސް ނުވި" ކަމަށް އޭނާ ވަނީ ސިފަކޮށްފަ އެވެ. އެހެންކަމުން އޭނާ ވެސް ހުރީ މެސީ ދެކެ ހިތްހަމަނުޖެހިފައި ކަމަށް ވަނީ ބުނެފަ އެވެ.

ދެ އަހަރަށް ފަހު މެސީ ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާއިރު، އޭނާ ދާނެ ކުލަބެއް އަދި ޔަގީން ނުވެ އެވެ. ސައުދީ ޕްރޯ ލީގުގެ ކުލަބުތަކުންނާއި، އެމެރިކާ ލީގުގެ ކުލަބުތަކުން ވެސް އަންނަނީ މެސީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަނެއްކޮޅުން އޭނާގެ ކުރީގެ ކުލަބު ސްޕެއިންގެ ބާސެލޯނާ އިން އަންނަނީ އަލުން އޭނާ ގެންދިޔުމަށް އިންތިހާ އަށް މަސައްކަތް ކުރަމުންނެވެ. އެކަމުގައި އަލި މަގެއް ފެނިއްޖެ ނަމަ، މެސީ ދިޔުން ގާތީ ބާސެލޯނާ އަށް ކަމަށް ރިޕޯޓުތަައް ބުނެ އެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2022

އާޖެންޓީނާ ކޮނޑު އަޅައިގެން މެސީ އަށް ދެވިދާނެތަ؟

09 ޑިސެމްބަރު 2022
އާޖެންޓީނާ ކޮނޑު އަޅައިގެން މެސީ އަށް ދެވިދާނެތަ؟
03 ޑިސެމްބަރު 2022

އޮސްޓްރޭލިޔާއަށް އޮތް އިމްތިހާނަކީވެސް، ބިރަކީވެސް މެސީ!

03 ޑިސެމްބަރު 2022
އޮސްޓްރޭލިޔާއަށް އޮތް އިމްތިހާނަކީވެސް، ބިރަކީވެސް މެސީ!
03 ޑިސެމްބަރު 2022

މުޅި އާޖެންޓީނާއާއި ސަޕޯޓަރުންގެ އުއްމީދު މެސީއާއެކު

03 ޑިސެމްބަރު 2022
މުޅި އާޖެންޓީނާއާއި ސަޕޯޓަރުންގެ އުއްމީދު މެސީއާއެކު
03 ޑިސެމްބަރު 2022

މެސީ އާއި ރޮނާލްޑޯ ފައިނަލުގައި ބައްދަލުކުރަން ޖެހިދާނެތަ؟

03 ޑިސެމްބަރު 2022
މެސީ އާއި ރޮނާލްޑޯ ފައިނަލުގައި ބައްދަލުކުރަން ޖެހިދާނެތަ؟
03 ޑިސެމްބަރު 2022

ރުޅިގަނޑު ފަޅައިގެން ގޮސް ކަވާނީގެ ރޯޅި ވީއޭއާރަށް!

03 ޑިސެމްބަރު 2022
ރުޅިގަނޑު ފަޅައިގެން ގޮސް ކަވާނީގެ ރޯޅި ވީއޭއާރަށް!
30 ނޮވެމްބަރު 2022

އެންމެ މުހިންމު ދަނޑިވަޅުގައި އަބަދުވެސް މެސީގެ ޖާދޫ އާޖެންޓީނާއަށް ލިބޭ

30 ނޮވެމްބަރު 2022
އެންމެ މުހިންމު ދަނޑިވަޅުގައި އަބަދުވެސް މެސީގެ ޖާދޫ އާޖެންޓީނާއަށް ލިބޭ
28 ނޮވެމްބަރު 2022

ވޯލްޑް ކަޕްގައި ސަޕޯޓަރުންގެ ތަފާތު މޫނުތައް

28 ނޮވެމްބަރު 2022
ވޯލްޑް ކަޕްގައި ސަޕޯޓަރުންގެ ތަފާތު މޫނުތައް
06 އޮކްޓޯބަރު 2022

މެސީތަ ރޮނާލްޑޯތަ؟ ވޯލްޑް ކަޕްގައި އެންމެ އުހަށް ދެވޭނީ ކޮން ކުޅުންތެރިޔަކަށް؟

06 އޮކްޓޯބަރު 2022
މެސީތަ ރޮނާލްޑޯތަ؟ ވޯލްޑް ކަޕްގައި އެންމެ އުހަށް ދެވޭނީ ކޮން ކުޅުންތެރިޔަކަށް؟
24 ފެބުރުއަރީ 2020

އިނގިރޭސި ކޯޗުންނާއި، ސަޕޯޓަރުންގެ ނުރުހުން ވީއޭއާރް އަށް!

24 ފެބުރުއަރީ 2020
އިނގިރޭސި ކޯޗުންނާއި، ސަޕޯޓަރުންގެ ނުރުހުން ވީއޭއާރް އަށް!
24 ސެޕްޓެމްބަރު 2019

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފެށުން: ބޮޑެތި ހުރިހާ ކްލަބަކަށް ކުރިމަތިލާންޖެހުނީ ނާކާމިޔާބީއާ!

24 ސެޕްޓެމްބަރު 2019
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފެށުން: ބޮޑެތި ހުރިހާ ކްލަބަކަށް ކުރިމަތިލާންޖެހުނީ ނާކާމިޔާބީއާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް