Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔުކްރެއިން - ބަލްގޭރިއާ

ޔުކްރެއިންގެ ރައީސް ބަލްގޭރިއާއަށް ވަޑައިގެންފި

ޒެލެންސްކީ ސޯފިއާއަށް ވަޑައިގެންފައިވަނީ އެއް ދުވަހުގެ ދަތުރުފުޅަކަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 6 ޖުލައި 2023 | ބުރާސްފަތި 13:13
ޔުކްރެއިންގެ ރައީސް ވްލޮޑޮމީރް ޒެލެންކްސީ ބަލްގޭރިއާއަށް ވަޑައިގެންނެވުން

ޔުކްރެއިންގެ ރައީސް ވްލޮޑޮމީރް ޒެލެންކްސީ ބަލްގޭރިއާއަށް ވަޑައިގެންނެވުން

ޔުކްރެއިންގެ ރައީސް ވްލޮޑޮމީރް ޒެލެންކްސީ ބަލްގޭރިއާއަށް ވަޑައިގެންފިއެވެ.

ޒެލެންސްކީ ސޯފިއާއަށް ވަޑައިގެންފައި ވަނީ އެއް ދުވަހުގެ ދަތުރުފުޅަކަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ދަތުރުފުޅުގެ ތެރެއިން ނޭޓޯއިން ޔުކްރެއިނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާމެދު ވާހަކަދެއްކުމަށް ހަމަޖެހިފައި ވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ބަލްގޭރިއާ ސަރުކާރުން ވަނީ މިހާރު ކުރިއަށްދާ، ރަޝިއާ-ޔުކްރެއިން ހަނގުރާމާގައި އެ ގައުމުން އޮތީ ޔުކްރެއިނާއެކު ސާބިތުވެ ކަމަށް ބުނެފައެވެ.

ބަލްގޭރިއާއިން ޔުކްރެއިނަށް ވާގިވެރިވާން ނިންމާފައިވާއިރު އެ ގައުމުން ވަނީ ކުރިއަށްވުރެ ބޮޑަށް ޔުކްރެއިނަށް އެހީތެރިވާން ނިންމާފައެވެ. އެގޮތުން އަސްކަރީގޮތުން އެ ގައުމަށް ވާގިވެރިވުމުގެ ވާހަކަތައް މިހާރު ދަނީ ދެކެވެމުންނެވެ. ޒެލެންސްކީގެ ޓެލެގްރާމް މެސެޖެއްގައި ވިދާޅުވެފައިވާ ގޮތުން ބަލްގޭރިއާއިން ދަނީ ނޭޓޯ ސަމިޓްގައި ޔުކްރެއިނަށް އަސްކަރީ އެހީތެރިކަން ދިނުމަށާއި، ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ތައްޔާރުވަމުންނެވެ. އަދި ސުލްހަ ގާއިމްކުރުމާމެދު ވެސް އެ ގައުމުން މަޝްވަރާކުރާނެ ކަމަށް ޒެލެންސްކީ ވަނީ ބުނެފައެވެ.

ބަލްގޭރިއާއިން މިގޮތަށް އަމަލުކުރި ނަމަވެސް އެ ގައުމުގެ ގިނަ ރައްޔިތުން ޔުކްރެއިނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާ ދެކޮޅެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ ގައުމުގައި ކޮށްފައިވާ ދިރާސާއަކުން އެނގޭގޮތުން، ބަލްގޭރިއާއިން ޔުކްރެއިނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާއި 57 އިންސައްތަ މީހުން ވަނީ ދެކޮޅު ހަދާފައެވެ.

ބުރާސްފަތި ދުވަހު ބަލްގޭރިއާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އެ ގައުމުން ޔުކްރެއިނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްލޭން އަވަސްކުރުމަށް ފާސްކޮށްފައެވެ. މިއާއެކު ޔުކްރެއިނަށް ބޭނުންވާ އަސްކަރީ ހަތިޔާރާއި ފަންނީ އެހީތެރިކަންވެސް ބަލްގޭރިއާގެ ފަރާތުން ލިބޭނެކަމަށް ބެލެވެއެވެ.

އަދި މިއާއެކު 195 މިލިއަން ޑޮލަރުގެ އަގުހުރި އަސްކަރީ ހަތިޔާރު ފޯރުކޮށްދޭނެ ކަމަށް އަންދާޒާކުރެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

03 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު