Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭސީ މިލާން

މިލާންގެ ސިސްޓަމަށް ނުފެތޭތީ ޑެސްޓް އަނބުރާ ބާސެލޯނާ އަށް ފޮނުވާލަނީ

ޑެސްޓަކީ ވަރަށް ޚާއްސަ ސިފަތަކެއް ހުރި ކުޅުންތެރިޔެއް، ނަމަވެސް މައްސަލަ ދިމާވަނީ ކުޅުމުގެ ސިސްޓަމަށް އޭނާ ފިޓު ނުވާތީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ޖޫން 2023 | އާދީއްތަ 08:10
ލޯނު އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނަށް ކުޅެމުން އަންނަ ޑެސްޓް

ލޯނު އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނަށް ކުޅެމުން އަންނަ ޑެސްޓް

ލޯނު އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނަށް ކުޅެމުން އަންނަ ސާޖީނިއޯ ޑެސްޓް އަނބުރާ ބާސެލޯނާ އަށް ފޮނުވާލަން އެ ކުލަބުން ނިންމައިފި އެވެ.

އުމުރުން 22 އަހަރުގެ ކުޅުންތެރިޔާ ލޯނު އެއްބަސްވުމެއްގެ ދަށުން މިލާނަށް ބަދަލުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އޭނާ އެ ކުލަބަށް ބަދަލުވީ، ދާއިމީ ގޮތެއްގައި ގެނައުމުގެ ފުރުސަތާއެކު އެވެ. ނަމަވެސް މިލާންގެ ކުޅުމުގެ ސިސްޓަމަށް ޑެސްޓް ނުފެތޭތީ އެ ކުލަބުން ބޭނުންވަނީ މުއްދަތު ހަމަވުމުން އޭނާ އަނބުރާ ބާސެލޯނާ އަށް ފޮނުވާލުމަށެވެ. އެކަން ކަށަވަރުކޮށްދިނީ މިލާންގެ ކޯޗު ސްޓެފާނޯ ޕިއޯލީ އެވެ. އޭނާ ބުނީ މިލާންގެ ސިސްޓަމަށް ކުޅުމުގައި ޑެސްޓަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ. ޑެސްޓަކީ ވަރަށް ޚާއްސަ ސިފަތަކެއް ހުރި ކުޅުންތެރިޔެއް ކަމަށާއި، ނަމަވެސް މައްސަލަ ދިމާވަނީ ކުޅުމުގެ ސިސްޓަމަށް އޭނާ ފިޓު ނުވާތީ ކަމަށެވެ. އެހެންކަމުން އޭނާ އަށް މިލާންގައި ކުރިއަށް ދެވޭނެ ކަމަށް ޕިއޯލީ ޤަބޫލެއް ނުކުރެ އެވެ. އަނެއްކޮޅުން ސީޒަންގެ ފަހު މެޗުގައި މިލާންގެ ސްކޮޑުގައި އޭނާ ނުހިމަނާނެ އެވެ. ޕިއޯލީ ބުނީ ޑެސްޓް ހުރީ އަނިޔާގައި ކަމަށާއި، އެހެންކަމުން އެ މެޗުގައި ނުކުޅެވޭނެ ކަމަށެވެ.

މިލާނަށް ބަދަލުވި ފަހުން ޑެސްޓް ވަނީ އެ ޓީމަށް 14 މެޗު ކުޅެދީފަ އެވެ. އޭގެ ތެރެއިން އިޓާލިއަން ލީގުގައި އޭނާ ކުޅުނީ އެންމެ އަށް މެޗެވެ. ޑެސްޓް ބާސެލޯނާ އަށް ބަދަލުވީ އަޔެކްސް ދޫކޮށެވެ. އޭނާ ވަނީ ބާސެލޯނާ އަށް ދެ ސީޒަނުގެ މަތިން 72 މެޗު ކުޅެދީފަ އެވެ. އެހެން ނަމަވެސް، ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒްގެ ޕްލޭންގައި ޑެސްޓް ނުހިމެނޭތީ ބާސެލޯނާ އިން ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ދޫކޮށްލީ އެވެ. އޭނާ 2020 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މިލާނުން ޑެސްޓް އަނބުރާ ފޮނުވާލަން ނިންމި ނަމަވެސް، އޭނާއާ މެދު ބާސެލޯނާ އިން އަމަލު ކުރާނެ ގޮތެއް ހާމަވެފައެއް ނެތެވެ. ސްޕެއިންގެ ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ކުރިއަށް އޮތް ސީޒަނަށް ވެސް ޒަވީގެ ޕްލޭންގައި އޭނާ ނުހިމެނޭތީ، އޭނާ ދޫކޮށްލެވޭނެ މަގެއް ބާސެލޯނާ އިން ބަލާނެ އެވެ.

އޭސީ މިލާންޑެސްޓްބާސެލޯނާ ސްޓެފާނޯ ޕިއޯލީ

ކޮމެންޓް

އިތުރަށް ކިޔާލަން

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު