Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާގެ ހިލޭ އެހީގެ މަޝްރޫއުތައް

އިންޑިއާގެ ހިލޭ އެހީގައި 10 މަޝްރޫއެއް ހިންގުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

މިއީ ރާއްޖޭގެ ތަރައްގީއަށް ލިބޭ އިތުރު ކުރިއެރުމެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 ޖޫން 2023 | އާދީއްތަ 08:38
އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން

އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން

އިންޑިއާގެ ހިލޭ އެހީގެ ސްކީމް، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ސްކީމްގެ ދަށުން، 10 އައު މަޝްރޫއެއް ކުރިއަށް ގެންދިއުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އާދިއްތަ ދުވަހު ފޮރިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އެވެ. އަދި ފޮރިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.

Advertisement - newsAdvertisement

އިންޑިއާ ހިލޭ އެހީގެ ސްކީމް ދަށުން 10 މަޝްރޫއެއް ހިންގުމަށް ނިންމާފައިވާއިރު، މިއީ ރާއްޖޭގެ ތަރައްގީއަށް ލިބޭ އިތުރު ކުރިއެރުމެކެވެ.

އެގޮތުން މާލެ ސިޓީގައި އާޓް ސެންޓަރު އިމާރާތް ކުރުން، ޅ.ހިންނަވަރުގެ އައު ކައުންސިލް އިދާރާ އިމާރާތް ކުރުން، ލ. އަތޮޅު ތައުލީމީ މަރުކަޒު ޑިޖިޓަލައިޒް ކުރުމުގެ ޕްރޮގްރާމް, އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ނަފްސާނީ ސިއްހަތުގެ ޔުނިޓެއް ގާއިމްކުރުން، 4 ސްކޫލަކަށް ބަސް ހޯދުން (ނ.ކެނދިކުޅުދޫ، ލ.ގަން، ކުޅުދުއްފުށީ އަދި ފުވައްމުލަކު ސިޓީ)، ށ.މިލަންދޫގައި ދުވާ ޓްރެކެއް ގާއިމްކުރުން، އައްޑޫ ސިޓީގައި 02 އައުޓްޑޯ ޖިމް ތަރައްގީކުރުން، ގދ ވާދޫ އަދި ހއ.ދިއްދޫގައި އައުޓް ޑޯ ޖިމް ތަރައްގީ ކުރުން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ވިދާޅުވީ މިމަޝްރޫއުތަކުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ. އިންޑިއާ އަކީ ޒާމާނުއްސުރެ ރާއްޖެއާއި ގާތްގުޅުމެއް އޮންނަ ގައުމެއް ކަމަށެވެ. އަދި ކޮންމެ ހާލަތެއްގައި ވެސް އެންމެ ކައިރިން ރާއްޖެއަށް އެހީވެދޭ ގައުމަކީ އިންޑިއާކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ޝާހިދު ވިދާޅުވީ ގިނަ މަޝްރޫއުތަކަކީ ކުޅިވަރާއި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމާ ގުޅުން ހުރި ދާއިރާތަކުގެ މަޝްރޫއުތައް ކަމަށެވެ. މިމަޝްރޫއުތަކުގެ ސަބަބުން، ކުޅިވަރު ތަރައްގީ ކުރުމަށާއި ދުޅަހެޔޮކަން އިތުރުކުރުމަށާއި އިޖްތިމާއީ ރޫހު އާލާކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އަދި ވިދާޅުވީ މާލޭގައި ގާއިމްކުރެވޭ އާޓްސް ސެންޓަރުގެ ސަބަބުން ދިވެހި ސަގާފަތާއި ފައިން އާޓްސް ދިރުވައި އާލާކުރުމަށް މަގުފަހިވާނެ ކަމަށެވެ. މި އެއްބަސްވުމަކީ ދެގައުމުގެ ދެމެދުގައި ސަގާފީ ރޮނގުން އޮތް އެއްބާރުލުން ރަމްޒުކޮށްދޭ ހެތްކެއް ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ތައުލީމީ ދާއިރާއާ ގުޅޭ 2 މަޝްރޫއެއް ހިންގުމަށް ސޮއިކޮށްފައިވާއިރު، މި މަޝްރޫއުގެ ސަބަބުން ސްކޫލަށް ދިއުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބި، ޒަމާނީ ތައުލީމީ ވަސީލަތްތަކާއި އުކުޅުތަކަށް ވާސިލްވުމަށް މަގުފަހިވާނެ ކަމަށެވެ. އަދި ހިންނަވަރުގެ ކައުންސިލް އިދާރާ ހިންގުމަށް އައު އިމާރާތެެއް އިމާރާތްކުރުމަށް ނިންމުމަކީ ސަރުކާރުން ލާމަރުކަޒީ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތަށް ބާރުދޭ ކަމެއް ކަމަށް މިނިޝްޓަރު ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ އިންޑިއާގެ ހިލޭ އެހީގެ ދަށުން އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ގާއިމްކުރެވިގެންދާ މެންޓަލް ހެލްތު ޔުނިޓުގެ ސަބަބުން މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރެވޭނެ ކަމަށެވެ. އަދި މި ކުރާ މަސައްކަތްތަކައް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޝާހިދު ވަނީ އިންޑިއާގެ އޮޑިއްސާގައި ދެ ފަސިންޖަރު ރޭލަކާއި މުދާއުފުލާ ރޭލެއް ޖެހި ހިނގި އެކްސިޑެންޓުގައި ގިނަ އަދަދެއް އާއްމުން މަރުވުމާއި ގުޅިގެން މަރުވި މީހުންގެ އާއިލާތަކަށާއި، އިންޑިއާއަށް ތައުޒިޔާ ފޮނުއްވާފައެވެ. މި ހިތާމަވެރި ވަގުތުގައި ރާއްޖޭގެ ސަރުކާރާއި އާންމު ރައްޔިތުން ތިބީ އިންޑިއާ ސަރުކާރާއި ރައްޔިތުންނާ އެކުގައިކަމަށް މިިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ވަނީ އެކްސިޑެންޓުގައި އަނިޔާވި މީހުންނާށް އަވަސް ޝިފާއެއް ދެއްވުމަށްއެދި ދުއާކުރާކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން ދިވެހިން ތިބީ އޮޑިއްސާގެ ރައްޔިތުންނާއެކު ކަމަށް މިނިސްޓަރު ޝާހިދު ވަނީ ތަކުރާރުކުރައްވާފައެވެ.

ޢަބްދުﷲ ޝާހިދުޚާރިޖީ ވުޒާރާފޮރިން މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

14 އޮކްޓޯބަރު 2025
ސްރީލަންކާ އަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް ހުއްދަ" ހޯދަން ޖެހޭ ގޮތަށް ހަދައިފި

ސްރީލަންކާ އަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް ހުއްދަ" ހޯދަން ޖެހޭ ގޮތަށް ހަދައިފި

14 އޮކްޓޯބަރު 2025
ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

04 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު