Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެސީ

މެސީ އަށް އޮތީ ސަޕޯޓަރުންގެ ނުރުހުމާއި މަލާމާތް، މެނޭޖްމަންޓުގެ ތައުރީފް

ޕީއެސްޖީ އާއި ފްރާންސް ލީގަށް މެސީ ކުރިއެރުންތަކެެއް ހޯދައިދިން: ޕީއެސްޖީގެ ވެރިޔާ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 4 ޖޫން 2023 | އާދީއްތަ 05:00
މެސީ މެޗު ފެށުމުގެ ކުރިން: ޕީއެސްޖީގެ ސަޕޯޓަރުން ތިބީ ނުރުހިފައި

މެސީ މެޗު ފެށުމުގެ ކުރިން: ޕީއެސްޖީގެ ސަޕޯޓަރުން ތިބީ ނުރުހިފައި

ފްރާންސްގެ ޕީއެސްޖީ އަށް ކުޅުނު ފަހު މެޗުގައި އާޖެންޓީނާގެ ކެޕްޓަން އަދި ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އާއި ސަޕޯޓަރުން ދިމާކޮށްލައިފި އެވެ.

މި މެޗުގެ ކުރިން ޕީއެސްޖީގެ މެނޭޖްމަންޓުން ވަނީ މެސީ ކުލަބާ ވަކިވާނެކަން އިއުލާނުކޮށްފަ އެވެ. މިއާއެކު މެޗުގެ ފުރަތަމަ 11ގައި ކުޅޭ ކުޅުންތެރިންގެ ނަން އިއުލާނުކުރަމުން މެސީގެ ނަން ކިއުމާއެކު ސަޕޯޓަރުންގެ އަޑުގަދަކޮށް އޭނާ އަށް މަލާމާތްކުރަން ފެށި އެވެ. އަދި މެޗު ފެށިގެން ނިމެންދެން ވެސް ޕީއެސްޖީގެ ސަޕޯޓަރުން އޭނާ އަށް ބޯޅަ ލިބޭ ގިނަ ވަގުތުތަކުގައި މަލާމާތްކުރި އެވެ.

މެސީއާ މެދު ޕީއެސްޖީގެ ސަޕޯޓަރުން ހިތްހަމަނުޖެހޭ މައިގަނޑު ސަބަބަކީ ބާސެލޯނާގައި އޭނާ ދެއްކި މޮޅު ކުޅުން ނުދެއްކުމާއި އަލުން އެކުލަބަށް ހިނގައިދާނެ ކަމަށް ފެތުރެމުންދާ އަޑުތަކެވެ. އަދި ބާސެލޯނާގެ ސަޕޯޓަރުން މިހާރު ވެސް ދަނީ އެކުލަބުގެ ކުޅޭ ކޮންމެ މެޗެއްގެ 10 ވަނަ މިނެޓުގައި މެސީ އަށް ތައުރީފްކޮށް ހަދަމުންނެވެ.

ކޮންޓްރެކްޓް އައުކުރުމަށް ޕީއެސްޖީގެ އަގުބޮޑު ހުށަހެޅުމެއް ލިބިފައިވަނިކޮށް ކުރިމަގުގައި ކުޅޭނެ ވަކި ކުލަބެއް ނުނިންމައި މެސީ ޕީއެސްޖީ ދޫކޮށްލުމުގެ ފަހަތުގައި ވެސް ސަޕޯޓަރުންގެ ދައުރެއް އެބައޮތެވެ. މި ގޮތުން މިދިޔަ ޑިސެމްބަރު މަހު އޭނާގެ ކެޕްޓަންކަމުގެ ދަށުން އާޖެންޓީނާ ވޯލްޑްކަޕް ކާމިޔާބު ކުރުމުން ދުނިޔޭގެ ތައްޓާއެކު ސަޕޯޓަރުން ކުރިމައްޗަށް ނުކުތުމަށް ޕީއެސްޖީގެ ސަޕޯޓަރުން ވަނީ ފުރުސަތުނުދީ އެކަމާ ދޮކޮޅު ހަދައިފަ އެވެ. ސަބަބަކީ އާޖެންޓީނާ ތަށި ހޯދީ ޕީއެސްޖީ ނިސްބަތްވާ ފްރާންސް ބަލިކޮށްފައި ކަމަށްވުމެވެ. ނަމަވެސް ބާސެލޯނާގެ ސަޕޯޓަރުން މެސީގެ ކާމިޔާބީ ފާހަގަކުރި އެވެ.

ނަމަވެސް ކުލަބުގެ މެނޭޖްމަންޓުން ވަނީ މެސީ އަށް ތައުރީފު ކޮށްފަ އެވެ. ކުލަބުގެ ވެރިޔާ ގަތަރުގެ ނަސީރު އަލް ހަލީފާ ބުނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ދެ އަހަރު ޕީއެސްޖީގައި ކުޅުމަކީ އެ ޓީމަށް ލިބުނު ޝަރަފަކާއި ކުރިއެރުމެއް ކަމަށެވެ.

އުމުރުން 35 އަހަރުގެ ބާސެލޯނާގެ ކުރީގެ ކެޕްޓަން އެނބުރި ދިއުން ގާތީ ވެސް ބާސެލޯނާ އަށެވެ. ނަމަވެސް އޭނާ އަށް ސައޫދީ އަރަބިއްޔާ އާއި އެމެރިލާ ލީގުގެ ހުށަހެޅުންތަކެއް ލިބިފައިވެ އެވެ.

ލިއޮނެލް މެސީބާސެލޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު