Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑިއާ ރޭލު އެކްސިޑެންޓް

އިންޑިއާ ރޭލު އެކްސިޑެންޓް: ހަނދާނުން ނުފިލާނެ ވަރުގެ މަންޒަރުތަކެއް!

މަގުން ކައްސައިލި ރޭލުގެ 10 ނުވަތަ 12 ވަރަކަށް ކެރިޖު، އެހެން ރޭލު ދަގަނޑެއްގެ މައްޗަށް ފުރޮޅާލި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 3 ޖޫން 2023 | ހޮނިހިރު 16:03
އިންޑިއާ ރޭލު އެކްސިޑެންޓް: ހަނދާނުން ނުފިލާނެ ވަރުގެ މަންޒަރުތަކެއް

އިންޑިއާ ރޭލު އެކްސިޑެންޓް: ހަނދާނުން ނުފިލާނެ ވަރުގެ މަންޒަރުތަކެއް

ޖޫން މަހުގެ ފުރަތަމަ ހަފުތާ ބަންދަށް ވަގުތު ކުޑަތަންވަމުން ދިޔައެވެ. ދުވަހަކީ ޖޫން މަހުގެ 2 ވަނަ ދުވަހެވެ. ހުކުރު ދުވަހެއްގެ އިރުއޮއްސި 7 ޖަހާ އެހާކަންހާއިރެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ މަގާމުގައި މިއަދު އޮތް އިންޑިއާގައި ރޭލު އެކްސިޑެންޓެއް ވެގެން އުޅޭ ޚަބަރު ތިލަވިއެވެ.

ކާރޫބާރޫ އިންތިހާއަށް ބޮޑު އިންޑިއާގައި މަގުމަތީގެ އެކްސިޑެންޓުތަކަކީ އާންމު ކަމެކެވެ. ނަމަވެސް، މި ހާދިސާ ތަފާތެވެ. ރޭލު އެކްސިޑެންޓެކޭ ބުންޏަސް، ޖެހިގެން އުޅެނީ ފަސިންޖަރުން އަރުވައިގެން ދިޔަ 2 ރޭލެވެ. ހާދިސާ ހިނގައިގެންއުޅެނީ، އިންޑިއާގެ އިރުމަތީ ސްޓޭޓެއްކަމަށްވާ އޮރިއްސާގައެވެ. މިއީ، މިދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި މުޅި އިންޑިއާ ދުށް އެންމެ ގެއްލުން ދެނިވި ރޭލު އެކްސިޑެންޓްވެސްމެއެވެ.

ސައުތު އީސްޓަރން ރެއިލްވޭ އޮތޯރިޓީޒްއިން އާންމުކުރި ބަޔާނުގައި ބުނެފައިވާގޮތުން، އެކްސިޑެންޓް ވެފައިވަނީ ހޯވްރާ ސުޕަރފާސްޓް އެކްސްޕްރެސްގެ ރޭލެއް، ރޭލުދަނޑު މަތިން ކަހާލައިގެން ގޮސް، ކޯރޯމަންޑެލް އެކްސްޕްރެސްގެ ރޭލެއްގައި ޖެހިގެންނެވެ. މަގުން ކައްސައިލި ރޭލުގެ 10 ނުވަތަ 12 ވަރަކަށް ކެރިޖު، އެހެން ރޭލުދަނޑެއްގެ މައްޗަށް ފުރޮޅާލި ކަމަށް ރެއިލްރޯޑް މިނިސްޓަރ އަމީތާބު ޝަރުމާ ވަނީ ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހުގެއިރު، މެންދުރު އަތަށް އަޅައިގެން އައިއިރު، މަރުވި މީހުންގެ އަދަދު، 300އާ ގާތް ކުރަނީއެވެ. ޒަޚަމްވި މީހުންގެ އަދަދުވެސް ސަތޭކައިން ގުނާލެވެއެވެ. ބެލެވޭގޮތުގައި މި އަދަދު އަދިވެސް ދާނީ މައްޗަށެވެ. 3 ވަނަ ރޭލެއްވެސް މި އެކްސިޑެންޓުގައި ޝާމިލުވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރިނަމަވެސް، ޖޫން 3 ވަނަ ދުވަހުގެ މެންދުރުވީއިރުވެސް ރަސްމީ އެއްވެސް ފަރާތަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ހާދިސާއިން ސަލާމަތްވި މީހަކު ވަނީ އޭނާގެ ވާހަކަތައް މީޑިއާއާ ހިއްސާކޮށްފައެވެ. ފުރާނަ ސަލާމަތްވިއެއްކަމަކު އޭނާއަށް ލިބިފައިވާ ނަފްސާނީ ގެއްލުން ކުޑައެއްނޫނެވެ. ސުންނާފަތިވެފައިވާ ރޭލުގެ ބައިތަކުގެ ތެރެއިން އޭނާ ނުކުމެގެން އައިއިރު ފެނުނު މަންޒަރުތަކަކީ އާދައިގެން މީހެއްގެ ހަނދާނުން ދުވަހަކުވެސް ފިލައިގެންދާނެ ފަދަ މަންޒަރުތަކެއް ނޫނެވެ.

މީޑިއާގައި ނަން ހާމަކޮށްފައިނުވާ އެމީހާ އޭއެންއައިއާ ވާހަކަދައްކަމުން ކިޔައިދިން ގޮތުގައި، 2 ރޭލު ޖެހުމާއެކު، އޭނާގެ ގައިމައްޗަށް އެކަނިވެސް 15 މީހުން ވެއްޓުނެވެ. އެކަމުގެ ސަބަބުން އޭނާގެ އަތަށާއި ކަރަށް ތަދުވާ ކަމަށް އެމީހާ ވަނީ ބުނެފައެވެ.

ހާދިސާ ހިނގި ސަރަހައްދުން ލިބެމުންދާ މަންޒަރުތަކަށް ބަލާއިރު، ރެސްކިއު ޓީމުތަކުން ދަނީ އެގޮތް މިގޮތަށް މުޑިއަރާފައިވާ ރޭލުގެ އެކިއެކި ބައިތަކުގެ ތެރެއިން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ދިރިހުއްޓައި މީހަކު ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ހާދިސާގައި މަރުވި މީހުންގެ ހަށިތައް މަގުމަތީގައި ބަރިޔަކަށް އަތުރާފައިވާއިރު، ޒަޚަމްވީ މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެއެވެ.

އޮރިއްސާގެ ޗީފް މިނިސްޓަރ، ނަވީން ޕަތުނަޔަކް ވިދާޅުވީ، ކަމާބެހޭ ފަރާތްތަކުން މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދެނީ، ފުރާނަ ހުރި މީހުން ސަލާމަތް ކޮށް، ހޮސްޕިޓަލުތަކަށް އެމީހުން ބަދަލު ކުރުމަށެވެ. މިވަގުތު އެންމެ ބޮޑަށް ވިސްނަމުން ދަނީވެސް ދިރި ތިބީން ބެލެހެއްޓުމަށް ކަމަށް ޕަތުނަޔަކް ވަނީ ވިދާޅުވެފައެވެ.

މީހުން ހޯދައި، ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި އިންޑިއާގެ ސިފައިންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އިންޑިއާގެ އެކި ކޮޅުކޮޅަށް ދެމިގެންދާ 40000 މޭލުގެ ރޭލުވޭގައި ކޮންމެ ދުވަހަކުވެސް 14000 ރޭލު، 12 މިލިއަނަށްވުރެ ގިނަ މީހުންނާއެކު ދަތުރުކުރެއެވެ.  

ރޭލު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިންޑިއާގެ ސަރުކާރުން މަސައްކަތްތަކެއް ކުރިކަމުގައި ވީނަމަވެސް، ކޮންމެ އަހަރަކީވެސް ރޭލު އެކްސިޑެންޓްތައް ހިނގާ އަހަރެކެވެ. އިންޑިއާގެ ރޭލު ނެޓްވޯކަކީ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު، އެއް މެނޭޖުމަންޓެއްގެ ދަށުން އޮޕަރޭޓްކުރާ އެންމެ ބޮޑު ރޭލު ނެޓްވޯކެވެ.

އިންޑިއާގެ ތާރީޚަށް ބަލާއިރު އެންމެ ބޮޑު ރޭލު އެކްސިޑެންޓެއް ހިނގާފައިވަނީ ވެރިކަންކުރާ ނިއުދިއްލީއާ ދާދި ކައިރިން، އޯގަސްޓް 1995ގައެވެ. 2 ރޭލު ޖެހިގެން އެ ހާދިސާގައި 350ށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

ގިނަ ފަހަރަށް، ރޭލު އެކްސިޑެންޓްތައް ހިނގަން މެދުވެރިވެފައި އޮންނަނީ ކޮންމެވެސް މީހަކަށް ހެދޭ ގޯހެއްގެ ސަބަބުންނެވެ. ނޫނީ ސިގުނަލް އެޅުމަށް ބޭނުންކުރާ އާލާތްތަކަކީ ޒަމާނަށް ނުފެތޭ "މުސްކުޅި" އާލާތްތަކަކަށް ވުމުގެ ސަބަބުންނެވެ.

އިންޑިއާއިންޑިއާ ރޭލު އެކްސިޑެންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު