Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސޫރިޔާގެ ކުޑަކުދިން

އެންމެ ފަހުގެ ގެޖެޓުތައް ހޯދަން ރޮއެ، ކުޅިވަރާއި ސަކަރާތުގައި ވަޤުތު ނަގާލާ ދަރިންނަށް މި ވާހަކަ ކިޔައިދީ!

ސޫރިޔާގެ ކުދިންނަށް މަޖުބޫރުވެފައި ވަނީ ޅަ ޢުމުރުގައި 'ބޮޑު މީހަކަށް' ވެ، ޢާއިލާގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާތައް ކޮނޑުއަޅަން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 2 ޖޫން 2023 | ހުކުރު 15:33
ސޫރިޔާގައި އެންމެ ހިތްދަތި ދިރިއުޅުމެއް އުޅެން ޖެހިފައި ވަނީ އެ ޤައުމުގެ ކުޑަކުދިންގެ ޖީލަށް

ސޫރިޔާގައި އެންމެ ހިތްދަތި ދިރިއުޅުމެއް އުޅެން ޖެހިފައި ވަނީ އެ ޤައުމުގެ ކުޑަކުދިންގެ ޖީލަށް

ހަނގުރާމައާއި އެނޫންވެސް އެކިއެކި ކާރިޘާތަކުގެ ސަބަބުން މިވަޤުތު އެންމެ ހާލުގައި އޮތް ސޫރިޔާގައި އެންމެ ހިތްދަތި ދިރިއުޅުމެއް އުޅެން ޖެހިފައި ވަނީ އެ ޤައުމުގެ ކުޑަކުދިންގެ ޖީލަށެވެ. ޅަ ޢުމުރުގެ އުފާވެރިކަން ޤުރުބާން ކުރުމަށް އެ ކުދިންނަށް ވަނީ މަޖުބޫރުވެފައެވެ. ޢިލްމުގެ މައިދާނުގައި ރަންވަނަތައް ހޯދާ، ޕާކުތަކުގައި އެކުވެރިންނާއެކު ހިތް އުފާކޮށް، މައިންބަފައިންގެ އުނގުތަކުގައި އަރާމު ކުރަން އޮތް ދުވަސްތަކަކީ މިއަދު އެކުދިންނަށް ހުވަފެނެއްގައި ނޫނީ ނުލިބޭ ލައްޒަތަކަށް ވެއްޖެއެވެ. ސޫރިޔާގެ ކުދިންނަށް މަޖުބޫރުވެފައި ވަނީ ޅަ ޢުމުރުގައި 'ބޮޑު މީހަކަށް' ވެ، ޢާއިލާގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާތައް ކޮނޑުއަޅާށެވެ.

2011 ވަނަ އަހަރު ސޫރިޔާގައި ހަނގުރާމަ ފެށިފަހުން، އެ ޤައުމުގެ އެކި ހިސާބުތަކުގައި 5 މިލިއަނަށް ވުރެ ގިނަ ކުދިން ވަނީ އުފަންވެފައެވެ. އޭގެ ތެރެއިން ގިނަ ކުދިން ބޮޑުވަމުން އައިސްފައި ވަނީ އިންތިހާ ބިރުވެރިކަމުގެ ތެރޭގައެވެ. ހަނގުރާމަގަނޑުގެ ތެރޭގައެވެ. އިންތިހާ ފަޤީރު ކަމާއި ބަނޑުހައިހޫނު ކަމުގެ ހާލަތުގައެވެ. ނަފްސާނީ ބަލިމަޑުކަމުގެ ވޭނާއެކުގައެވެ.

ސޫރިޔާގެ އިރުމަތީ ސިޓީއެއް ކަމަށްވާ ޙިމްސްގައި ފަޅަށް ހުރި ފިހާރަގަނޑެއްގައި އުޅެމުންދާ އެ ފުރާވަރު ޢުމުރަށްވެސް އަދި ނާޅާ، މުޙައްމަދު ޞާލިޙްއެވެ. ޢުމުރުން އެންމެ 12 އަހަރުގައި މުޙައްމަދު އުފުލަމުން އެދާ ޒިންމާތަކަކީ، އެ ޢުމުރުގެ ކުއްޖަކާ އެކަށީގެންވާ ވަރަށް ވުރެ ބޮޑު ޒިންމާތަކެކެވެ. އޭނާގެ މަސައްކަތަކީ އެލްޕީޖީ ޓޭންކުން، ގޭސް އުނދުނަށް ގޭސް އެޅުމެވެ. އެ މަސައްކަތުގައި މުޙައްމަދު ބައިވެރިވަނީ އޭނާގެ ބޭބެއާ އެކީގައެވެ. މި މަސައްކަތަކީ ނުރައްކާތެރި މަސައްކަތެއް ނަމަވެސް، މި ކަން ކުރުމުގެ ހުނަރުތައް ވަނީ ދަސްކޮށްފައެވެ. 6 މެންބަރުންގެ ޢާއިލާއަށް، މިއަދު އެ އާމްދަނީ އިންތިހާއަށް މުހިންމެވެ.

މުޙައްމަދު ފާހަގަ ކުރި ގޮތުގައި ސޫރިޔާއަށް މިއަދު ވަނީ ހަކަތައިގެ ދަތިކަން ކުރިމަތިވެފައެވެ. އާދައިގެ ޢާއިލާތަކަކީ، ފުރާ ހުންނަ ގޭސްފުޅިއެއް ގަނެވޭ ހާ ތަނަވަސް ބައެއް ނޫނެވެ. ބައި ބަޔަށް ގޭސް ވިއްކަނީ އެހެންވެއެވެ. އުނދުނަށް ގޭސް އަޅާ ދިނުމަކީ މުޙައްމަދުގެ ކުރާ ހަމަ އެކަނި މަސައްކަތެއް ނޫނެވެ. ސުންނާފަތިވެފައިވާ އިމާރާތްތަކުން އުކާލާފައި ހުންނަ ޕްލާސްޓިކާއި ދަގަނޑުގެ ބައިތައް ހޮވާ އެއްކުރުމުގެ މަސައްކަތަކީވެސް އޭނާގެ މަސައްކަތެކެވެ. އެއީ އިތުރު އާމްދަނީއެއް ހޯދުމުގެ ޢުއްމީދުގައި މުޙައްމަދު ކުރާ މަސައްކަތެކެވެ. އެ ހުރިހާ މަސައްކަތެއް ކޮށްގެންވެސް ދުވާލެއްގެ މައްޗަށް އޭނާއަށް ލިބޭ ފައިސާކޮޅުގެ އަގަށް، އެންމެ 4 އެމެރިކާ ޑޮލަރުވެސް ނުޖެހެއެވެ.

ހަރުކަށި ފިކުރުގެ ގުރޫޕުތަކާ ދެކޮޅަށް ސޫރިޔާގައި ހަނގުރާމަ ކުރަމުންދާ ފެކްޝަނާ މުޙައްމަދުގެ ބައްޕަ، ފިރާޒް ޞާލިޙް، އޭނާގެ އަމިއްލަ އިހުތިޔާރުގައި ގުޅުނީ 2014 ވަނަ އަހަރުއެވެ. ފިރާޒްގެ ޢުއްމީދަކަށްވީ އުފަން ފަސްގަނޑު ދިފާޢު ކުރުމެވެ. ލިބުނު އަނިޔާއަކާ ގުޅިގެން މަސައްކަތް ކޮށް އުޅުމުގެ ކުޅަދާނަކަން ފިރާޒްއަށް ގެއްލުނެވެ. ޢާއިލާގެ ތަކުލީފުތައް އިތުރުވިއެވެ. ފިރާޒްގެ ބަލިހާލަތު ހުރި ގޮތަކީވެސް ޢާއިލާގެ ކަންބޮޑުވުމެކެވެ.

މުޙައްމަދުގެ ކުޑަ ދުވަހުގެ ހަނދާންތަކުގެ ތަސްވީރު ކިތަންމެހާވެސް އަނިދިރިއެވެ. އެ ހަނދާންތަކުގެ ބޮޑު ބައެއް ހިއްސާ ކުރަނީ، ހަނގުރާމައިން ސަލާމަތް ވުމަށް، ރައްކާތެރި ހިސާބުތަކަށް ދެވޭތޯ އޭނާގެ ޢާއިލާއިން ކުރަމުން ދިޔަ، ގުނާ ޢަދަދު ނުކުރެވޭ ދަތުރުތަކެވެ. ސުންނާފަތިވެފައިވާ ގެއެއްގައި، އެންމެ އާދައިގެ ކާބޯތަކެތި ކައިގެން އުޅުނެއް ކަމަކު، މިއަދު މުޙައްމަދު ހުރީ ހިތްހަމަޖައްސާލައިގެންނެވެ. ރައްކާތެރި ހާލުގައި ދިރިއުޅެވި، ކައިބޮއިހަދާލެވޭނެ ގޮތެއް އޮތުމުން އޭނާއަށް ފުދެއެވެ.

ސޫރިޔާގައި ހަނގުރާމަ ނުފެށި ނަމައޭ މުޙައްމަދުގެ ހިތަށް އަބަދުމެހެން އަރައެވެ. ކިތަންމެ ދަތި ހާލެއްގައި އުޅެން ޖެހުނު ކަމުގައި ވީ ނަމަވެސް، މުޙައްމަދަކީ، ކުރި މަގަށްޓަކާ ފޮނި ހުވަފެންތަކެއް ދެކެމުންދާ ކުއްޖެކެވެ. ކޮންމެވެސް ދުވަހަކުން ޑޮކްޓަރަކަށް ވުމަކީ އޭނާ ކުރާ ޢުއްމީދެކެވެ. މަޤްޞަދަކީ، އަމިއްލަ ވަޒަނުގައި އަނިޔާ ލިބިފައިވާ މީހުންގެ ވޭންތަކަށް ލުޔެއް ހޯދައިދިނުމެވެ.

ސީރިޔާދުނިޔެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025
ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

05 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު