Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމްގެ ފާޑުކިޔުން ނަޝީދަށް

އެއްބަސްވުމުގައި ވާގޮތުން އަޅުގަނޑު ވަނީ ނަޝީދުގެ ސްޓެޕިން ސްޓޯންއަކަށް: ގާސިމް

އެބޭފުޅާ ނޫން މީހަކު ރާއްޖޭގެ ވެރިކަމުގައި ހުންނަން ނަޝީދު ބޭނުންފުޅުނުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 ޖޫން 2023 | ހުކުރު 13:12
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

އެއްބަސްވުމުގައި ވާގޮތުން އަޅުގަނޑު ވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސްޓެޕިންގ ސްޓޯންއަކަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ މެންދުރު ވީޓީވީއަށް ދެއްވި އިންޓަވިއުގައި ގާސިމް ވިދާޅުވީ، ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން މިފަހުން ނަޝީދު ގާސިމްއާ ބައްދަލުކުރައްވާ ކަމަށާއި، މަޖިލީހުގެ ތެރެއިން ވެސް ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ސަންއައިލެންޑަށް ވެސް ވަޑައިގަންނަވާ މަޝްވަރާކުރެއްވި ކަމަށް ގާސިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ގާސިމް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީން ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއެކު، ގާސިމަށް ވެރިކަން ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ، ވާހަކަފުޅު ދެއްކެވި ކަމަށެވެ. އަދި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި ކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް ނަޝީދަކީ ކޮން ބޭފުޅެއްކަން ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށާއި، އެބޭފުޅާ ނޫން މީހަކު ރާއްޖޭގެ ވެރިކަމުގައި ހުންނަން ނަޝީދު ބޭނުންފުޅުނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެހެން މީހަކަށް އެފުރުސަތު ދީގެން އެމަނިކުފާނަށް ކެތް ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ހެދިފައިވާ ކޯލިޝަން އެއްވުމަށް އަލިއަޅުއްވާލައްވާ ގާސިމް ވިދާޅުވީ ސަރުކާރުގެ ތެރޭގައި ވެސް ހިތްހަމަ ނުޖެހޭ ގޮތަށް ކަންކަންވަމުން ދިޔަ ނަމަވެސް މަޑުން ތިބެނީ އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އެމްޑީޕީން އެގޮތަށް އަމަލުނުކުރާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމެވީ ޕާޓީގެ މެމްބަރުންގެ އެދުމުގެ މަތިން ކަމަށާއި، އެގޮތަށް ޕާޓީގެ ކޮންގްރެސް އަދި ކައުންސިލުން ނިންމެވުމުން ކަމަށެވެ. ނަމަވެސް ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި އެއްބަސްވުމުގައިވާ ގޮތުން އެމަނިކުފާނު ވެރިކަމަށް ގެނައުމަށް މަގުކޮށައިދީ ހަދާ ބޭފުޅަކަށް ވާންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއާ އެއްގޮތަށް އަމަލުކުރާނަމަ ގާސިމް ވާނީ ނަޝީދުގެ ސްޓެޕިންގ ސްޓޯންއަކަށް ކަމަށެވެ.

ގާސިމް ވިދާޅުވީ ނަޝީދާއެކު މަސައްކަތް ނުކުރާނެ ކަމަށާއި، މީހަކު ދައްކާހާ ވާހަކައަކަށް ޖަހާހާ ބެރަކަށް ގުބޯލެއްހެން ނުނަށާނެ ކަމަށެވެ. އަދި ވިދާޅުވީ ބަސްނުވިކޭ އޮޑިއެއްގެ ދިރުބާކޮޅަށް ނާރާނެ ކަމަށެވެ.

މީގެ އިތުރުން ގާސިމް ވަނީ ހަސަން ކުރުސީ ނަމަކަށް ކިޔާ އައިޑީއަކުން ކުރާ ޓްވީޓްތަކާއި ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައެވެ. ގާސިމް ވިދާޅުވީ ހަސަން ކުރުސީ ދައްކާ ވާހަކަތަކާއި، ނަޝީދު އަމަލުފުޅު ކުރައްވާ ގޮތް ވަރަށް އެއްގޮތްވާނެ ކަމަށެވެ. އަދި ކޮންމެ ވާހަކަތަކެއް ދެއްކެވި ނަމަވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާއިރު، ނަޝީދު އިސްވެ ހުންނަވާ "ދަ ޑިމޮކްރެޓްސް" ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ދަ ޑިމޮކްރެޓްސް ޕާޓީ އަކީ، އެމްޑީޕީގެ ތެރެއިން، އެ ޕާޓީގެ ނިންމުންތަކާ ދެކޮޅަށް ޕާޓީގެ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ފިކުރެއްގެ ދިރުމުގެ ބައިވެރިން އުފައްދަން ނިންމި ޕާޓީއެކެވެ. މި ޕާޓީއަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި އާންމު މެންބަރުން ވަނީ ގުޅިފައެވެ.

ޖޭޕީގެ ލީޑަރު، ޤާސިމް އިބްރާހީމްކުރީގެ ރައީސް، މުހައްމަދު ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!

ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!

16 ފެބުރުއަރީ 2025
ދިވެހިންނަށް ގަރުދިޔަ ކާން ޖެއްސީ ކުރީ ސަރުކާރުން ކަމަށް ވިދާޅުވުމުން، ގާސިމް އަކީ ވެސް އެ ސަރުކާރުގެ ބައިވެރިއެއްކަން އާންމުން ހަނދާން ކޮށްދީފި

ދިވެހިންނަށް ގަރުދިޔަ ކާން ޖެއްސީ ކުރީ ސަރުކާރުން ކަމަށް ވިދާޅުވުމުން، ގާސިމް އަކީ ވެސް އެ ސަރުކާރުގެ ބައިވެރިއެއްކަން އާންމުން ހަނދާން ކޮށްދީފި

22 ޖުލައި 2024

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު