Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެއްކޮށްލި ހިޔާ ފްލެޓުގެ މައްސަލަ

އެއްކޮށްލި ދެ ފްލެޓު އަތުލުން ހުއްޓުވަން ކޯޓުން އަމުރެއް ނުދިން

ފްލެޓުތަކުގެ ވެރިންވަނީ އަރބަންކޯއާއެކު ވެފައިވާ އެއްބަސްވުމުގެ މާއްދާތަކާއި، އިމާރާތްކުރުމުގެ ގާނޫނާ އެނގި ތިބެ ހިލާފުވެފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 2 ޖޫން 2023 | ހުކުރު 03:17
އެއްކޮށްލި ހިޔާ ފްލެޓް

އެއްކޮށްލި ހިޔާ ފްލެޓް

އެއްބަސްވުމާ ޚިލާފުވެ، ހިޔާގެ ދެ ފްލެޓު އެއްކޮށްލުމުން އެ ފްލެޓު ހަވާލުކުރުމަށް އަރބަންކޯއިން އެންގި އެންގުން ހުއްޓުވުމުގެ އަމުރެއް ނުދިނުމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

ސިވިލް ކޯޓުން އެގޮތަށް ބުރާސްފަތި ދުވަހު ނިންމާފައިވަނީ އެ ދެ ފްލެޓު ހުސްކޮށް، އަރބަންކޯއާ ހަވާލުކުރުމަށް އެންގުމުން އެ އެންގުމަށް އަމަލުކުރުން ލަސްކުރުމަށާއި އެތަނުގައި ދިރިއުޅުމަށް އެއްވެސް ހުރަހެއް ނޭޅުމަށް އަރބަންކޯއަށް އެންގުމަށް ވަގުތީ އަމުރަކަށް އެދި ފްލެޓުގެ ވެރިފަރާތުން ހުށަހެޅި މައްސަލައިގައެވެ. އެގޮތުން، އަރބަންކޯއިން ފްލެޓުގެ އެއްބަސްވުން ބާތިލުކޮށްފައިވަނީ އެ އެއްބަސްވުމުގެ 16 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ފްލެޓުގެ ވެރިން ވަނީ މައްސަލައިގައި ބަޔާންކޮށްފައެވެ.

ހުޅުމާލެ ދެވެނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ޓަވަރުތަކުގެ ދެ ފްލެޓެއްގެ އިންފާރު ތަޅައިލުމަށްފަހު އެ ދެފްލެޓު އެއްކޮށްލުމުން އެއީ އެއްބަސްވުމާ ޚިލާފަށްކޮށްފައިވާ ކަމަކަމަށްވުމުން އަރބަންކޯއިން ވަނީ އެ ފްލެޓުގެ ވެރިފަރާތްތައް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، ފައިސާ ފަސް ދުވަހުގެ ތެރޭގައި ދައްކާ، ފްލެޓުތައް ކުރިން ހުރި ގޮތަށް ބަދަލު ކުރަން އަންގާފައެވެ. ނަމަވެސް ދިން މުއްދަތުގައި އެންގުމާ އެއްގޮތަށް އަމަލު ނުކުރުމުން ފްލެޓުތައް ހުސްކުރުމަށްފަހު، އަރބަންކޯއާ ހަވާލުކުރުމަށް އެ ކުންފުނިން މިހާރު ވަނީ އަންގާފައެވެ.

މި ނިންމުމާ ގުޅިގެން އެ ފްލެޓުތަކުގެ ވެރިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނީ އަރބަންކޯއިން ފްލެޓުތައް އަތުލަން ނިންމުމުގެ ސަބަބުން އެތަނުގެ ފިނިޝިންގ އާއި އެހެނިހެން މަސައްކަތްތަކަށް ކޮށްފައިވާ އިންވެސްޓްމަންޓު ގެއްލި އެ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އިންފާރު އަލުން ރާނައި ކުރިން ހުރި ގޮތަށް އިއާދަކުރުމަަށް ދީފަައިވާ މުއްދަތަކީ އެކަން ކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނުދިނުމަށް ނިންމާފައިވަނީ ފްލެޓުތަކުގެ ވެރިން އަރބަންކޯއާއެކު ވެފައިވާ އެއްބަސްވުމުގެ މާއްދާތަކާއި، އިމާރާތްކުރުމުގެ ގާނޫނާ އެނގި ތިބެ ހިލާފުވެފައިވާތީއެވެ. އަދި، އެ ތަން އަތުލީ ގޯސްކޮށް ކަމަށް ކޯޓުން ނިންމާ ހާލަތުގައި ވެސް ނަތީޖާއަކަށް ވާނީ އެތަން އަނބުރާ ހަވާލުކުރަން އެންގުން ކަމަށާއި، އެހެންވެ އަމުރެއް ނުނެރުނަސް، އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ވަނީ ބަޔާންކޮށްފައެވެ.

ހިޔާ ފްލެޓުގައި ދިރިއުޅޭ ކޮންމެ މީހަކުވެސް އެތަނުގައި ދިރިއުޅެނީ އަރބަންކޯއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭނެފަދަ އެއްވެސް އަމަލެއް ކުރުމާއި އުނދަގޫވާނެ ކަންކަން ކުރުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ ތެރޭގައި ސިނގިރޭޓު ބުއިމާއި، އަލިފާން ރޯކުރުމާއި، އިމާރާތަށް ގެއްލުން ދިނުމާއި، ބެލްކަނީގައި ނުވަތަ ކޮރިޑޯގައި ވޭޕްކުރުމާއި, ސިނގިރޭޓު ބުއިން، އަދި އަޅި ކެނޑުމަކީވެސް މަނާކަމެކެވެ.

އެއްބަސްވުމާ ހިލާފުވެފައިވާ މިންވަރަށް ބަލައި 1،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި، އިހުމާލުވެފައިވާ ފަރާތްތަކުގެ ޔުނިޓް އަތުލުމުގެ ހައްގުވެސް އަރބަންކޯއަށް ލިބިގެންވެއެވެ.

ސިވިލް ކޯޓުހިޔާ ފްލެޓްއަރބަންކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ވަކީލުން ހާޒިރު ނުވެގެން ސާޖިދާ އާއި ދެކޮޅަށް މަންދި ހުށަހެޅި މައްސަލަ ބާތިލުކޮށްފި

ވަކީލުން ހާޒިރު ނުވެގެން ސާޖިދާ އާއި ދެކޮޅަށް މަންދި ހުށަހެޅި މައްސަލަ ބާތިލުކޮށްފި

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު