Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަނދަރު އަޕްގްރޭޑްކުރުން

އައްޑޫ ސިޓީ ފޭދޫ ބަނދަރާއި ތ. ގާދިއްފުށީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

ފޭދޫ ބަނދަރު އަޕްގްރޭޑްކުރަން 79.8 މިލިއަން ރުފިޔާ ޚަރަދުވާއިރު، ގާދިއްފުށީ ބަނދަރު އަޕްގްރޭޑްކުރުމަށް 85.7 މިލިއަން ރުފިޔާ ޚަރަދުވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 1 ޖޫން 2023 | ބުރާސްފަތި 13:49
އައްޑޫ ސިޓީ ފޭދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވަނީ

އައްޑޫ ސިޓީ ފޭދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވަނީ

އައްޑޫ ސިޓީ ފޭދޫ ބަނދަރާއި ތ. ގާދިއްފުށީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް, މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ޕްލޭނިންގ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމެވެ.

Advertisement - newsAdvertisement

އައްޑޫ ސިޓީ ފޭދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ ޕްރޮޖެކްޓް ސްކޯޕްގެ ދަށުން 75،398 ކޮޑިމީޓަރުގެ ބަނދަރު ފުންކުރުމާއި، 5320 މީޓަރުގެ ނެރު ފުންކުރުމާއި، ސޭންޑްފިލް ބްރޭކްވޯޓަރ ޖެހުން ހިމެނެއެވެ. އަދި 20 މީޓަރުގެ ސަބްމަރޖްޑް ބްރޭކްވޯޓަރއެއް ޖެހުމާއި، 157 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 93 މީޓަރުގެ ކީވޯލް ޖެހުމާއި، 93 މީޓަރުގެ ސްކޮޔަރ އޭޕްރަންޖެހުމާއި، 24 މޫރިން ރިންގ ހަރުކޮށް، 20 މޫރިން ބޮއި ހަރުކުރުން ހިމެނެއެވެ. މީގެއިތުރުން، އެކްސެސް ޕްލެޓްފީމެއް ހެދުމާއި، 2 ކޮންކްރީޓް ބްރިޖް ހެދުމާއި، 35 މަގުބަތި ހަރުކުރުމާއި، 2040 އަކަމީޓަރުގެ ކޮންކްރީޓް ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ. މި މަޝްރޫއަށް ޖުމްލަ 79.8 މިލިއަން ރުފިޔާ ޚަރަދުވާއިރު، މަޝްރޫއު ނިންމުމަށް އެމް.ޓީ.ސީ.ސީއަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.

އެމް.ޓީ.ސީ.ސީއާއި ތ. ގާދިއްފުށީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު ހަވާލުކުރެއްވީ 580 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މިއީ 85.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ގާދިއްފުށީ ބަނދަރުގެ ތެރެއިން 47،243 ކޮޑިމީޓަރުގެ ވެލި ކޮނެގެން ނެގުމާއި، ނެރު ފުންކުރުމާއި، 227 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 289 މީޓަރުގެ ބޮޑުހިލަ ސޭންޑް ފިލްޑް ބްރޭކްވޯޓަރ ޖެހުމާއި، 252 މީޓަރުގެ އެލް-ބްލޮކް ސޭންޑް ފިލްޑް ބްރޭކްވޯޓަރ ޖެހުން ހިމެނެއެވެ. އަދި 145 މީޓަރުގެ ބޮޑު ހިލައިގެ ސަބްމަރޖްޑް ބްރޭކްވޯޓަރ ޖެހުމާއި، 9 މީޓަރުގެ ބޮޑުހިލައިގެ ސަބްމަރޖްޑް ބްރޭކްވޯޓަރ ޖެހުމާއި، 204 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 318 މީޓަރުގެ އެލް-ބްލޮކް ބަނދަރު ތޮށިލުން ހިމެނެއެވެ. ހަމައެހެންމެ 1365 އަކަމީޓަރުގެ ކޮންކްރީޓް ޕޭވްމަންޓް ހެދުމާއި، ސޭންޑް ފިލްޑް ބްރޭކްވޯޓަރއަށް އެރުމަށް ޖެޓީއެއް ހެދުންވެސް މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

އެމްޓީސީސީއައްޑޫސިޓި ފޭދޫތ. ގާދިއްފުށި

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު