Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ޓޫރިޒަމް އެވޯޑްސް

މޯލްޑިވްސް ޓޫރިޒަމް އެވޯޑްސްއަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޖުލައި މަހުގެ 16 ވަނަ ދުވަހާ ހަމައަށް އެވޯޑްތަކަށް ކުރިމަތިލެވޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 1 ޖޫން 2023 | ބުރާސްފަތި 13:21
ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މޯލްޑިވްސް ޓޫރިޒަމް އެވޯޑްސްއަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ބުރާސްފަތި ދުވަހު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަސަދު ރިޒާ ވިދާޅުވީ, މި އެވޯޑު ދިނުމުގެ މަގުސަދަކީ މި ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ އަގު ސަރުކާރުން ވަޒަންކުރުން ކަމަށެވެ. އަދި ހުރިހާ ކެޓަގަރީތަކަކުން ޖުމްލަ 59 އެވޯޑް ދެވޭނެކަމަށާއި، ކޮންމެ ކެޓަގަރީއަކުން އެވޯޑްތައް ދިނުމަށް ވަކި ޕެނަލްއެއް އެކުލަވާލާފައި ވާނެކަމަށެވެ.

މިއަހަރު އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ޓޫރިސްޓް ރިސޯޓުތަކަށާއި، މެރީނާތަކަށާއި، ޓޫރިސްޓް ހޮޓެލްތަކަށާއި، ގެސްޓްހައުސްތަކަށާއި، ސަފާރީ އުޅަނދުތަކަށާއި އަދި ޓްރެވަލް އެޖެންސީތަކަށެވެ. މީގެ އިތުރުން ޑައިވް ސެންޓަރުތަކަށާއި ވޯޓަރ ސްޕޯޓްސް ސެންޓަރުތަކަށްވެސް ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ. ރިސޯޓުތަކަށް ޖުމްލަ 16 ދާއިރާއަކުން އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، ގެސްޓްހައުސްތަކަށް 15 ދާއިރާއިން އެވޯޑަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ. ޓޫރިސްޓް އުޅަނދުތަކަށް ޖުމްލަ 13 ދާއިރައަކުން ހުޅުވާލާފައިވާއިރު، ޓްރެވަލް އެޖެންސީތަކާއި ޑައިވް ސެންޓަރުގެ އިތުރުން ވޯޓަރ ސްޕޯޓްސް ސެންޓަރުތަކަށް 5 ދާއިރާއިން އެވޯޑަށް ކުރިމަތިލެވޭނެއެވެ.

މީގެއިތުރުން ޓޫރިޒަމް ޕްރޮފެޝަނަލުންނަށް 10 ދާއިރާއަކުން ވަނީ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ވަނީ އެވޯޑަށް ކުރިމަތިލުމުގެ ގައިޑްލައިން އާންމުކޮށްފައެވެ. އަދި އެވޯޑަށް ކުރިމަތިލުމަށް އޮންލައިންކޮށް ވަނީ ހުޅުވާލާފައެވެ.

މި އެވޯޑް ޓޫރިޒަމް މިނިސްޓްރީން އަލަށް ދޭން ފެށީ މިދިޔަ އަހަރުގައެވެ. މިއަހަރުގެ އެވޯޑް ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 3 ވަނަ ދުވަހުއެވެ.

މޯލްޑިވްސް ޓޫރިޒަމް އެވޯޑްސްޓޫރިޒަމް މިނިސްޓްރީ

އިތުރަށް ކިޔާލަން

04 އޯގަސްޓު 2025

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި
22 އޮކްޓޯބަރު 2024

ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

22 އޮކްޓޯބަރު 2024
ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
20 ނޮވެމްބަރު 2023

އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު

20 ނޮވެމްބަރު 2023
އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު
15 ނޮވެމްބަރު 2023

ކޮވިޑުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވި ގޮތުގެ ޑޮކިއުމަންޓްރީއެއް މިރޭ ނެރެނީ

15 ނޮވެމްބަރު 2023
ކޮވިޑުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވި ގޮތުގެ ޑޮކިއުމަންޓްރީއެއް މިރޭ ނެރެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު