Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްެރިޑު

އަސެންސިއޯ ހޯދުމުގެ ރޭހުގެ ކުރީގައި އޮތީ ޕީއެސްޖީ!

ޕީއެސްޖީން އަންނަނީ އަސެންސިއޯގެ އެޖެންޓް ޖޯޖް މެންޑޭސްއާއެކު މަޝްވަރާތައް ކުރިއަށް ގެންދަމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖޫން 2023 | ބުރާސްފަތި 06:39
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ މާކޯ އަސެންސިއޯ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ މާކޯ އަސެންސިއޯ

މި ސީޒަނަށް ފަހު ރެއާލް މެޑްރިޑު ދޫކޮށްލަން ނިންމާފައިވާ މާކޯ އަސެންސިއޯ ހޯދުމުގެ ރޭހުގައި ކުރީގައި އޮތީ ފްރާންސްގެ ގަދަ ބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ކަމަށް މީޑިއާތަކުން ބުނެފި އެވެ.

މި ސީޒަނުގެ ނިޔަލަށް އަސެންސިއޯ ރެއާލާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު، މިހާރު އޭނާ ވަނީ އެ ކުލަބު ދޫކޮށްލަން ނިންމައިފަ އެވެ. އެކަން އަސެންސިއޯ ވަނީ ކުލަބަށް ވެސް އަންގާފަ އެވެ. އެކަން އޭނާ އެންގީ ކުލަބުން އައު އެއްބަސްވުމެއް ހުށަހެޅުމުން ކަަމަށް ސްޕެއިންގެ މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. ރެއާލް ދޫކޮށްލަން އަސެންސިއޯ ނިންމުމާއެކު އޭނާ ހޯދުމަށް ކުލަބުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާ އާއި ޕީއެސްޖީ ހިމެނެ އެވެ. ނަމަވެސް އަސެންސިއޯ ހޯދުމުގެ ރޭހުގައި އެސްޓަން ވިލާ އަށްވުރެ ކުރީގައި އޮތީ ޕީއެސްޖީ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެގޮތުން ޕީއެސްޖީން އަންނަނީ އަސެންސިއޯގެ އެޖެންޓް ޖޯޖް މެންޑޭސްއާއެކު މަޝްވަރާތައް ކުރިއަށް ގެންދަމުން ކަމަށާއި، އެހެންކަމުން އެސްޓަން ވިލާ އަށް އެއްވެސް ފެހި ސިގްނަލެއް ލިބިފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ.

މަޔޯކާ ދޫކޮށް އަސެންސިއޯ ރެއާލަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ. ހަ އަހަރު ދުވަހަށް އެކުލަވާލި އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2019 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ ކުރިން 2017 ވަނަ އަހަރު ރެއާލުން ވަނީ އޭނާގެ އެއްބަސްވުން އައުކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަސެންސިއޯ ވަނީ މިހާތަނަށް ރެއާލަށް ކުޅެދިން 285 މެޗުގައި 61 ލަނޑު ޖަހައިފަ އެވެ. އެ ޓީމާއެކު އޭނާ ވަނީ 16 ތައްޓެއްވެސް ކާމިޔާބުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
08 މާރިޗު 2017

އިސްކޯ ހޯދުމުގެ ރޭހުގައި ސިޓީ ބައިވެރިވެއްޖެ

08 މާރިޗު 2017
އިސްކޯ ހޯދުމުގެ ރޭހުގައި ސިޓީ ބައިވެރިވެއްޖެ
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
25 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އުންމީދުގައި ވެލެންސިއާ ކަލްކަތާއަށް ފުރައިފި

25 ފެބުރުއަރީ 2017
 އޭއެފްސީ ކަޕް: ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އުންމީދުގައި ވެލެންސިއާ ކަލްކަތާއަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު