Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޓޯރީޓެލަރސް ކޮންފަރެންސް

ސްޓޯރީޓެލަރސް ކޮންފަރެންސް 2023 ނިންމާލާ، ބައިވެރިން ތަޖުރިބާ ދަތުރުތައް ފަށައިފި

1 ޖޫން 2023 | ބުރާސްފަތި 03:43

ކޮންފަރެންސްގެ ބައިވެރިން ވަނީ ވަނީ ރާއްޖޭގެ 8 ސަރަޙައްދަކަށް ދަތުރު ފަށާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 ޖޫން 2023 | ބުރާސްފަތި 03:43
ސްޓޯރީޓެލަރސް ކޮންފަރެންސް 2023ގެ ތެރެއިން

ސްޓޯރީޓެލަރސް ކޮންފަރެންސް 2023ގެ ތެރެއިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން 'ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް '2023 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

23 މެއި 2023 ގައި ކްރޮސްރޯޑްސްގެ ހިތްގައިމު މާހައުލުގައި ބޭއްވި މި ކޮންފަރަންސް ގައި، ދުނިޔޭގެ މަޝްޙޫރު ވާހަކަދެއްކުންތެރިންނާ އެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ކޮންފަރަންސްގައި ބައިވެރިވި ކޮންޓެންޓް ކްރިއޭޓަރުން، ރާއްޖޭގެ ރީތިކަމުގެ ވާހަކަތަކާއި ކޮންޓެންޓް އުފެއްދުމާ ބެހޭގޮތުން މަޝްވަރާކުރިއެވެ.

Advertisement - newsAdvertisement

ދުނިޔޭގައި އިޙްތިރާމް ލިބިފައިވާ ވާހަކަދެއްކުންތެރިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 70ށް ވުރެ ގިނަ ކޮންޓެންޓް ކްރިއޭޓަރުންނާއި ނޫސްވެރިންނާއި ބްލޮގަރުންނާއި އިންޑަސްޓްރީގެ ޕްރޮފެޝަނަލުން އެއްތަންވެ، ރާއްޖޭގެ ހައިރާންކުރުވަނިވި ޤުދުރަތީ ރީތިކަން އަމިއްލައަށް ތަޖުރިބާކޮށް، އެ ތަޖުރިބާތައް އެކަކު އަނެކަކާ ހިއްސާކޮށް މަޝްވަރާކުރުމަށް ބޭއްވުނު ވިޒިޓް މޯލްޑިވްސް ސްޓޯރީ ޓެލަރސް ކޮންފަރަންސަކީ، މިހާތަނަށް ބާއްވާފައިނުވާ ފަދަ ތަފާތު އިވެންޓެކެވެ. މި ކޮންފަރަންސްގެ ތެރޭގައި ރާއްޖޭގެ ސަގާފަތް ތަޖުރިބާކޮށް، ރީތި މަންޒަރުތައް ބަލާލާ، މަންޒިލްގެ ހަގީގީ ކުލަތަކާއި މަލަމަތި ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ އަދި ކިއުންތެރިންނާއި ބެލުންތެރިން ޝައުޤުވެރި ވާފަދަ ނެރެޓިވް، އުފައްދާނެ ގޮތްތައް ދަސްކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބުނެވެ.

މި އިވެންޓުގައި ބައިވެރިން ވަނީ، ދާއިރާގެ ތަޖުރިބާކާރުން އިސްކޮށް ތިބެ، ރާއްޖެއާ ގުޅޭ ތަފާތު މަޢުލޫޢުތަކާ ބެހޭގޮތުން ފުންކޮށް މަޝްވަރާކުރެވުނު ޕެނަލް ޑިސްކަޝަންތަކުގަ އާއި އިންޓަރެކްޓިވް ވޯކްޝޮޕްތަކުގައި އަދި ނެޓްވޯކިންގ ސެޝަންތަކުގައި ބައިވެރިވެފައެވެ. މި ސެޝަންތަކުގައި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ޒިންމާދާރު ދަތުރުފަތުރާއި، ސަގާފަތް ރައްކާތެރިކުރުމާއި، ޑެސްޓިނޭޝަންތައް ޕްރޮމޯޓްކުރުމުގައި ވާަހަކަ އާއި ކޮންޓެންޓް ބޭނުންކުރެވިދާނެ ގޮތްތަކާއި، އެ ފަދަ ވާހަކަތަކުން ބެލުންތެރިންނާއި ކިއުންތެރިން ޑެސްޓިނޭޝަންތަކާ މެދު ޝައުގުވެރިކުރުވޭ މިންވަރާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

ކޮންފަރެންސް ނިމުމުން ބައިވެރިން، ކެމެރާތަކާއި ގަލަންތަކާއި އެމީހުންގެ އުފެއްދުންތެރި ހިޔާލުތަކާއެކު މިހާރު ވަނީ ރާއްޖޭގެ 8 ސަރަޙައްދަކަށް ދަތުރު ފަށާފައެވެ. މި ކޮންފަރަންސްގެ ސައިޑްލައިން ހަރަކާތްތައް ހިންގުމަށް ހޮވާފައިވާ ސަރަޙައްދުތަކަކީ ރ. އަތޮޅު، ލ. އަތޮޅު، އަރި އަތޮޅު، ވ. އަތޮޅު، ކ. އަތޮޅު، އައްޑޫ އަތޮޅު، ފުވައްމުލައް، އަދި ހއ.އަތޮޅާއި ހދ. އަތޮޅެވެ. މި ދަތުރުތަކުގައި ރާއްޖޭގެ ގުދުރަތީ އަޖައިބުތައް ދެނެގަނު، ތަޖުރިބާކޮށް، އެ ސަރަހައްދުތަކުގައި ހުރި ތަފާތު ހަރަކާތްތަކުގައި 3 ދުވަސް މަތިން ބައިވެރިވެ، އެ ތަޖުރިބާތައް ދުނިޔެއާ ހިއްސާ ކުރުމަށް، ހަނދާން ނައްތާނުލެވޭ އަދި ޝައުގުވެރިވާ ފަދަ ތަފާތު ވާހަކަތަކެއް އުފެއްދުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.

ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 އަކީ ދިވެހިރާއްޖެ ޕްރިމިއަރ ޓޫރިސްޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރޮމޯޓްކޮށް، ރާއްޖޭ ސާފު ގޮނޑުދޮށްތަކާއި މޫދާއި، ކަނޑުގެ ދިރުންތަކާއި މުއްސަނދި ސަގާފީ ތަރިކަ މުޅި ދުނިޔެއަށް ދައްކާލުމަށް އިންތިޒާމްކުރެވުނު މުހިންމު ޕްލެޓްފޯމެކެވެ. މި ކޮންފަރެންސްގެ އެއް މަގުސަދަކީ ސްޓޯރީޓެލިންގ ބޭނުންކޮށްގެން ދުނިޔޭގެ ހުރިހާ ހިސާބަކުން ފަތުރުވެރިން ރާއްޖެއާ މެދު ޝައުގުވެރިކުރުވާ، ރާއްޖޭގެ ރީތިކަމާއި ރިވެތި މެހެމާންދާރީ ތަޖުރިބާ ކުރުމަށް ދައުވަތު ދިނުމެވެ. މީގެ އިތުރުން، އިންފްލުއެންސަރުންނާއި ބްލޮގަރުންނާއި ޓްރެވަލް ރައިޓަރުންގެ މެދުގައި ރާއްޖޭގެ މައިސް ފަތުރުވެރިކަމާއި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ސެގްމަންޓްތަކަށް ހޭލުންތެރިކުރުވުން ވެސް މި ކޮންފަރެންސްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2018

ވަކި މީޑިޔާތަކަކާ އެކު ޕީޕީއެމުން ފުލުފުލުން ޕްރެސްކޮންފަރެންސްތައް ބާއްވަނީ!

02 ފެބުރުއަރީ 2018
ވަކި މީޑިޔާތަކަކާ އެކު ޕީޕީއެމުން ފުލުފުލުން ޕްރެސްކޮންފަރެންސްތައް ބާއްވަނީ!
09 ނޮވެމްބަރު 2017

ދިރާގުން ބޭއްވި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދީފި

09 ނޮވެމްބަރު 2017
ދިރާގުން ބޭއްވި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދީފި
27 އޮކްޓޯބަރު 2017

އިދިކޮޅު ފަރާތްތަކުން "އިންތިގާލީ މީހާ" ހޯދަން ތިއްބާ ރައީސް ޔާމީން މިކަން ނިންމާލާނެ: އާޒިމާ

27 އޮކްޓޯބަރު 2017
އިދިކޮޅު ފަރާތްތަކުން "އިންތިގާލީ މީހާ" ހޯދަން ތިއްބާ ރައީސް ޔާމީން މިކަން ނިންމާލާނެ: އާޒިމާ
04 އޮކްޓޯބަރު 2017

ލަންކާގައި ކުރިއަށްދާ ކޮންފަރެންސްގައި މަސީހާ ދެކޮޅަށް ފްލަޔާތަކެއް ބަހައިފި

04 އޮކްޓޯބަރު 2017
ލަންކާގައި ކުރިއަށްދާ ކޮންފަރެންސްގައި މަސީހާ ދެކޮޅަށް ފްލަޔާތަކެއް ބަހައިފި
18 އޯގަސްޓު 2017

ކަމަދޫ ބައި-އިލެކްޝަން: ފޯރިޔާއި އެކު ކެމްޕޭން ހަރަކާތަށް ނިންމާލާއިފި

18 އޯގަސްޓު 2017
ކަމަދޫ ބައި-އިލެކްޝަން: ފޯރިޔާއި އެކު ކެމްޕޭން ހަރަކާތަށް ނިންމާލާއިފި
02 ޖުލައި 2017

ޕޮލިސް އޮފިސަރސް ކޮންފަރެންސް ފަށައިފި

02 ޖުލައި 2017
 ޕޮލިސް އޮފިސަރސް ކޮންފަރެންސް ފަށައިފި
08 ޖޫން 2017

އޯޝަން ކޮންފަރެންސް 2017 ހުކުރު ދުވަހު ނިމޭނެ: އެންވާރަމެންޓް މިނިސްޓްރީ

08 ޖޫން 2017
އޯޝަން ކޮންފަރެންސް 2017 ހުކުރު ދުވަހު ނިމޭނެ: އެންވާރަމެންޓް މިނިސްޓްރީ
15 އެޕްރީލު 2017

އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި

15 އެޕްރީލު 2017
އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި
13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް