Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީ

މެސީ، ބާސެލޯނާ އަށް 10 ދުވަހުގެ މުހުލަތެއް ދީފި!

1 ޖޫން 2023 | ބުރާސްފަތި 02:19

ކުޅޭނެ ކުލަބެއް ޖޫން މަހު ނިންމަން މެސީ ބޭނުންވޭ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 1 ޖޫން 2023 | ބުރާސްފަތި 02:19
ޕީއެސްޖީގެ ފަރިތަކުރުމުގައި މެސީ

ޕީއެސްޖީގެ ފަރިތަކުރުމުގައި މެސީ

އަލުން ބާސެލޯނާ އަށް އޭނާ ގެންދަން ބޭނުންނަމަ އެކަން ކުރުމަށް 10 ދުވަހުގެ މުހުލަތެއް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީ ދީފި އެވެ.

މީގެ ދެ އަހަރު ކުރިން މެސީ ޕީއެސްޖީ އަށް ބަދަލުވާ ކަމާއި އޭގެ އެއް އަހަރު ކުރިން ބާސެލޯނާ ދޫކޮށްލުމަށް އެދި ރަސްމީ ފެކްސްއެއް ކުލަބަށް ފޮނުވިކަން އިއުލާނުކުރި ނޫސްވެރިޔާ ބުނެފައިވަނީ ބާސެލޯނާ އަށް މެސީ ބަދަލުވުން ގާތްނޫން ކަމަށެވެ. ސަބަބަކީ ޔޫއޭފާގެ ފައިނޭންޝަލް ފެއާޕްލޭ އަށް އެކުލަބުގެ މާލީ ކަންކަން ނުފެތުމެވެ. އަދި ލަލީގާގެ މާލީ ގަވާއިދުތަކަށް ފެތިގެން ޓީމު ވަރުގަދަ ކުރުމަށް ބާސެލޯނާއިން ހުށަހަޅާފައިވާ ޕްލޭން އެ ލީގުން އަދި ގަބޫލުކޮށްފައިނުވާތީ އެވެ.

ފްރާންސްގެ ޕީއެސްޖީއާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް މި ހަފުތާގައި ހަމަވާނެ އެވެ. އަލުން އެނބުރި ބާސެލޯނާ އަށް ބަދަލުވުމަކީ މެސީގެ އެންމެ އިސް އަމާޒެވެ. އޭނާގެ އާއިލާ ވެސް އެދެނީ އެގޮތަށެވެ. ނަމަވެސް ބާސެލޯނާއިން އޭނާގެ ދަރިފުޅު ލައްވައި ސޮއިކުރުވަން ދައްކާ ވާހަކަތަކުގެ ތެދުދޮގު އޮޅުންފިލުވުމަށް މެސީގެ އެޖެންޓް އަދި ބައްޕަ ޖޯޖް މެސީ ވަނީ އެލީގާއެކު މަޝްވަރާކޮށްފަ އެވެ.

މެސީ އަލުން ބާސެލޯނާ އަށް ގެނެވެން އޮތީ ދެ ގޮތަކަށެވެ. އެއީ ބާސެލޯނާގެ މާލީ ޕްލޭން ލަލީގާއިން ގަބޫލު ކުރުމާއެކު އެޕްލޭނާއެއްގޮތަށް ބައެއް ކުޅުންތެރިން ވިއްކާލައިގެންނެވެ. މިކަމަށް ގިނަ ވަގުތުތަކެއް ހޭދަވާނެ ކަމަށް ބެލެވޭއިރު މެސީ ބޭނުންވަނީ ވީހާ އަވަހަކަށް އޭނާ ދެންކުޅޭނެ ކުލަބެއް ނިންމުމަށެވެ. ބާސެލޯނާ އަށް 10 ދުވަހުގެ މުހުލަތެއް ދިނީ 2020 ވަނަ އަހަރު ކަންތައްވީގޮތް ތަކުރާރުވިޔަ ނުދިނުމަށެވެ. މެސީ ފަހު ވަގުތު ޕީއެސްޖީ އަށް ބަދަލުވާން ޖެހުނީ ބާސެލޯނާގެ ކޮންޓްރެކްޓް ލަލީގާއިން ރަޖިސްޓަރީނުކޮށްދިނުމުންނެވެ.

އަލުން އެނބުރި މެސީ ގެނައުމަކީ ކޯޗު ޒަވީ ހަނާންޑޭޒް އާއި ރައީސް ޖޯން ލަޕޯޓާ ވެސް ބޭނުންވާ ގޮތެވެ. ލަލީގާގެ ނިންމުން ލަސްވާނަމަ ލޯނު އެއްބަސްވުމެއްގެ ދަށުން މެސީ ގެނައުމަށް ބާސެލޯނާ މަސައްކަތް ކުރާނެ ވާހަކަ ވެސް މިހާރު ދަނީ ދެކެވެމުންނެވެ.

އޭނާ އަށް އެމެރިކާގެ އިންޓަމިއާމީ އާއި ސައުދީ އަރަބިއާގެ ހުށަހެޅުންތައް ލިބިފައިވެ އެވެ. ނަމަވެސް 2024ގެ ކޮޕާ އެމެރިކާ ކުޅެން ޔޫރަޕުގައި ކުޅުމަކީ މެސީގެ ބޭނުންވާ ގޮތެވެ. ނަމަވެސް ޕީއެސްޖީގައި ހުރުމަށް އޭނާ ބޭނުމެއްނުވެ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
22 މާރިޗު 2017

ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި

22 މާރިޗު 2017
ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި
16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް