Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން 665 ޒުވާނުންނަށް ފުރުސަތު ފަހިކޮށްދެވިފައިވޭ: ރައީސް ޞާލިހު

މިހާތަނަށް 15 ކުންފުންޏަކުން، ތަފާތު ދާއިރާތަކުން 1370 ޖާގަ ހަމަޖެހިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 31 މެއި 2023 | ބުދަ 16:52
މަތީއަރުތަވެރިންގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވާހަކަފުޅު ދައްކަވަނީ

މަތީއަރުތަވެރިންގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވާހަކަފުޅު ދައްކަވަނީ

ހުނަރުވެރި މަސައްކަތްތަކަށް ޒުވާނުން އަހުލުވެރިކުރުމަށް ކުރިއަށް ގެންދާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން 665 ޒުވާނުންނަށް ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ ކުރިއަށް ގެންދިޔަ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކުފުޅުދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ހުނަރުވެރި މަސައްކަތްތަކަށް ޒުވާނުން އަހުލުވެރިކުރުމަށް ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ސަރުކާރުން ހިންގަމުންދާ ކަމަށާއި، އެއީ ތަފާތު ހުނަރުތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމަށް ގައުމީ ފެންވަރުގައި ހިންގާ ޚާއްސަ ޕްރޮގްރާމެއް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޞާލިހު ވިދާޅުވީ މިހާތަނަށް 15 ކުންފުންޏަކުން، ތަފާތު ދާއިރާތަކުން 1370 ޖާގަ ހަމަޖެހިފައިވާ ކަމަށާއި، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ފުރުސަތު ޖުމްލަ 665 ޒުވާނަކަށް މިހާތަނަށް ފަހިކޮށްދެވިފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމް ހިންގުމަށް އިތުރު 8 ކުންފުންޏަކާއެކު އެމް.އޯ.ޔޫގައި ސޮއި ކުރުމަށް ތައްޔާރުވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ އެއާޕޯޓެއް އެޅިޔަސް އެއީ ކުދިންނަށް ހުރި ވަޒީފާ ކަމަށާއި، ސިއްހީ މަރުކަޒެއްގެ ފެންވަރު މަތިކުރިޔަސް އެއީ އުފެދޭ އިތުރު ވަޒީފާ ކަމަށެވެ. ޓާޝަރީ ފެންވަރަށް ތަރައްގީކުރާ ފަސް ހޮސްޕިޓަލަކީވެސް، ޑޮކްޓަރުންނާއި ނަރުހުންނާއި ލެބް ޓެކްނީޝަނުންނަށްޓަކައި ރަށްރަށުގައި އުފެދޭ ވަޒީފާތައް ކަމަށާއި، ފެނާއި ނަރުދަމާ ގާއިމުކުރިޔަސް، އެއީ ވެސް ހަމަ ކުދިންނަށްޓަކައި އުފެދޭ ވަޒީފާތައް ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާވެ، އިތުރު ރިސޯޓްތަކާއި ގެސްޓް ހައުސްތައް ހުޅުވެމުންދާ ކަމަށާއި، އެއީ ވެސް ޒުވާނުންނަށް އުފެދޭ އިތުރު ވަޒީފާތައް ކަމަށެވެ. އައިސް ޕްލާންޓްތަކާއި މަސްކިރާ ބޯޓުތައް އިތުރުވާ ކަމަށާއި، އެއީ ވެސް ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އުފެދޭ ވަޒީފާ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އަދި މި ވަޒީފާތަކަށް ދިވެހި ޒުވާނުން އުފައްދަންޖެހޭނީ ތައުލީމާއި ތަމްރީން ދީގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިހު ވަނީ ބެލެނިވެރިންނަށް ވެސް ޚާއްސަ އިލްތިމާއްސެއް ކުރައްވާފައެވެ. އަދި ވިދާޅުވީ ލޯބިވާ ދަރިންގެ ކިބައިގައި ހުރި ހުނަރާއި ގާބިލުކަން އިތުރަށް ތަރައްގީ ކުރުމުގައި އެކުދިންނަށް ރަނގަޅު މަގު ދައްކައި ފުރުސަތު ދިނުމަށާއި، އެ ކުދިން ޝައުގުވެރިވާ ދާއިރާތަކުން ކުރިއަށް ދިއުމަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރައީސް ޞާލިހު ވިދާޅުވީ ޒަމާނީ ފެންވަރަށް ގައުމު ތަރައްގީ ކުރުމަށް ދިވެހި ޒުވާނުންގެ އެހީތެރިކަމާއި ބައިވެރިވުމަށް ދިވެހި ގައުމު މިއަދު އޮތީ އެދިއެދި ކަމަށާއި، ކުރިމަގުގެ ޖީލުތަކަށް ގައުމު ގެންގޮސްދޭން މިއަދު ތިބީ ޒުވާނުން ކަމަށެވެ. ތަހުޒީބީ އަދި ތަރައްގީ ގައުމެއްގެ ގޮތުގައި، ކުރިމަގުގެ ޖީލުތަކާ ހަމައަށް ރާއްޖެ ގެންގޮސްދިނުމަކީ ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ގައުމީ ވާޖިބެއް ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އަދި ވިދާޅުވީ މަތީ ތައުލީމުގެ މަރުހަލާއަށް ދަރިވަރުން ފަށާ ދަތުރަކީ، އެ ވާޖިބު އަދާކުރުމަށް އަޅާ ފުރަތަމަ ފިޔަވަޅު ކަމަށާއި، އެ ފިޔަވަޅުމަތީގައި ސާބިތުވެ ތިބެންޖެހޭ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަރިސްތާ އަށް ކޯޓުއަމުރެއްގެ ދަށުން ފުލުހުން ވަތް، ބަޔަކު ހައްޔަރެއް ނުކުރޭ: ބަރިސްތާ

ބަރިސްތާ އަށް ކޯޓުއަމުރެއްގެ ދަށުން ފުލުހުން ވަތް، ބަޔަކު ހައްޔަރެއް ނުކުރޭ: ބަރިސްތާ

22 އެޕްރީލު 2017
ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގާސިމްގެ ފޯނު އަތުލައިފި

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގާސިމްގެ ފޯނު އަތުލައިފި

16 އެޕްރީލު 2017
ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު

ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު

08 އެޕްރީލު 2017
ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި

ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި

06 އެޕްރީލު 2017
އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

08 މާރިޗު 2017

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު