Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ ކޮލިފިކޭޝަން

ޔޫރޯ ކޮލިފިކޭޝަން މެޗުތަކަށް ފްރާންސްގެ ޓީމު އެކުލަވާލައިފި

ފްރާންސް އޮތީ ދެ މެޗުން މޮޅުވެ އެއްވަނައިގަ

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 31 މެއި 2023 | ބުދަ 13:24
ޕޮލެންޑް އަދި ފްރާންސް ކުޅުނު މެޗުގެ ތެރެއިން

ޕޮލެންޑް އަދި ފްރާންސް ކުޅުނު މެޗުގެ ތެރެއިން

ކުރިޔަށް އޮތް ޔޫރޯ ކޮލިފިކޭޝަން މެޗުތަކަށް ފްރާންސް ޓީމުގެ ސްކޮޑް އެކުލަވާލައިފިއެވެ.

އެމްބާޕޭ އާއި ޑެމްބެލޭއަށް ޓީމުން އިސް ދައުރެއް ދީފައިވާއިރު، އަނިޔާގެ ސަބަބުން ފާހަގަ ކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް ޓީމުގައި ނުހިމެނެއެވެ. އަދި އަނިޔާގެ ސަބަބުން ކުރިން ޖާގަ ގެއްލުނު ބައެއް ކުޅުންތެރިންނަށްވެސް މިފަހަރު ވަނީ ޖާގަ ލިބިފައެވެ.

2022 ވަނަ އަހަރު ވޯލްޑް ކަޕު ފައިނަލުން ބަލިވި ފްރާންސް އިން އެކުލަވާލި ޓީމުގައި އަނިޔާގެ ސަބަބުން ކާންޓޭ އަދި ޕޮގްބާގެ އިތުރުން ތުރަމް ނުހިމެނެއެވެ. އަނިޔާގެ ސަބަބުން ވޯލްޑް ކަޕު ނުކުޅެވުނު ރެޑްބުލް ލައިޕްޒިގްގެ ކްރިސްޓޮފާ އެންކޫކޫއަށް މިފަހަރު ވަނީ ޓީމުން ޖާގަލިބިފައެވެ.

ޓީމު ފަރިތަކުރުންތަކަށް ދިއުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ނުވަވަނަ ދުވަހުއެވެ. ފްރާންސް ޓީމުން ޔޫރަޕުގެ ފައިނަލެއްގައި ކުޅޭ ހަމައެކަނި ކުޅުންތެރިޔަކީ ވެސްޓް ހޭމްގެ ކީޕަރު އަލްފަންސޯ އަރިއޯލާއެވެ. ފިއޮރެންޓީނާ އާ ބައްދަލުކުރާ ކޮންފަރެންސް ލީގު ފައިނަލް މެޗު އޮންނާނީ ޖޫން މަހު ހަތް ވަނަ ދުވަހުއެވެ.

ޔޫރޯ ކޮލިފިކޭޝަންގައި މިހާތަނަށް ދެ މެޗު ކުޅެވުނު އިރު ފްރާންސް އޮތީ ދެ މެޗުންވެސް މޮޅުވެ އެއްވަނައިގައެވެ. ނެދަލަންޑްސް އާ ބައްދަލްކޮށް 4-0 ން މޮޅުވި އިރު އަޔަލެންޑް އާ ބައްދަލްކޮށް ވަނީ 1-0 ން މޮޅުވެފައެވެ. އެ ގުރޫޕުގައި ދެން އޮތީ ގިބްރޯލްޓަރ އާއި ގްރީސްއެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު