Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤައިދީން ކައިވެނިކުރުން

ޖަލުގައި ބަންދުކޮށްފައިވާ ދެ މީހުންނަށް ކައިވެނި ކުރެވޭނީ އޭގެ ތެރެއިން އެކަކު ޖަލުން މިނިވަންވުމުން

31 މެއި 2023 | ބުދަ 06:46

ކައިވެނި ކުރުމުގެ ފުރުޞަތު ދެވޭނ،ީ ބަންދުކޮށްފައިވާތާ 6 މަސްދުވަސް ވެފައިވާ ޤައިދީންނަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 މެއި 2023 | ބުދަ 06:46
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

ޙުކުމް ތަންފީޛުކުރާ މީހުން ކައިވެނިކުރުމާބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

މި ގަވާއިދަކީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ޙުކުމް ތަންފީޛުކުރާ މީހުން ކައިވެނިކުރުމާބެހޭ ގަވާއިދެވެ. އެގޮތުން މި ގަވާއިދުގެ މަގުސަދަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއ،ި ބަންދުކޮށްފައިވާ މީހުން ކައިވެނިކުރުމުގެ ފުރުޞަތު ދިނުމަށް ޓަކައި ކައިވެނިކުރުމުގެ އިންތިޒާމުތައް ހަމަޖައްސާނެ އުސޫލުތައް ބަޔާންކުރުމެވެ.

Advertisement - newsAdvertisement

މި ގަވާއިދުގެ ދަށުން ކައިވެނި ކުރުމުގެ ފުރުޞަތު ދެވޭނ،ީ އެ ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކުގައި ބަންދުކޮށްފައިވާތާ 6 މަސްދުވަސް ވެފައިވާ ޤައިދީންނަށާއ،ި ބަންދުކޮށްފައިވާ މީހުންނަށެވެ. ނަމަވެސް އެއީ ޖަލުގައި ބަންދުކޮށްފައިވާ ދެ މީހުން ކަމުގައިވާނަމަ، އެ ދެ މީހުންނަށް ކައިވެނިކުރުމުގެ ފުރުޞަތު ދެވޭނ،ީ އޭގެ ތެރެއިން އެކަކު ޖަލުން މިނިވަން ވުމުންނެވެ.

އޭގެ އިތުރުން، ގޭގައި ބަންދުކޮށްފައި ހުންނަ ޤައިދީއެއްނަމަ، އޭނާގެ މައްޗަށް ޙުކުމެއް ކަނޑައެޅި ތާރީޚުން ފެށިގެނ،ް މި ގަވާއިދުގެ ދަށުން ކައިވެނިކުރުމުގެ ފުރުޞަތު ދެވޭނެއެވެ.

ޤައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާއާ ކައިވެނިކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ސިޓީއެއް ހުށަހަޅަން ޖެހެއެވެ. އަދ،ި ކައިވެނިކުރާ އަންހެނާ މި ސިޓީ ހުށަހަޅާނަމަ، ސިޓީއާއެކު ވަލީވެރިޔާގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުން ހުށަހަޅަން ޖެހެއެވެ.

ކައިވެނިކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ޤައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ސިޓީ ހުށަހެޅުމުނ،ް 7 ދުވަހުގެ ތެރޭގައި އެ ޤައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާ ކައިވެނިކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ދޭންވާނެކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ކައިވެނިކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ހުއްދަ ދިނުމުނ،ް ކައިވެނިކުރުމަށް ހަމަޖައްސައިފައިވާ ދެ މީހުންގެ ކައިވެނިކުރެވޭނީ ފެމެލީ ކޯޓުގައި ނުވަތަ އެ ޤައިދީ ނުވަތަ ބަންދުކޮށްފައިވާ އެ މީހާ ހުރި ޖަލެއް ޤާއިމުކޮށްފައިވާ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައެވެ. އަދި ޤައިދީއަކު ނުވަތަ ބަންދުކޮށްފައިވާ މީހަކު ކައިވެނިކުރުމަށް ހިނގާ ޚަރަދު ހަމަޖައްސާނ،ީ އެ ޤައިދީއަކު ނުވަތަ ބަންދުކޮށްފައިވާ މީހަކު އަމިއްލައަށްކަމަށް ވެސް ޤަވާއިދުގައި ބުނެއެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް