Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަރުގެ މައްސަލަތައް

މާމިގިލީގައި ކުޑަ ކުއްޖަކު މަރާލި މައްސަލަ: އަޑުއެހުމަށް ހާޒިރުނުވާނަމަ ޝަރީއަތް ނިމެންދެން ބަންދުކުރާނެ ކަމުގެ އިންޒާރު

ދައުވާލިބޭ އެކަކު ހާޒިރު ނުވެގެން އަބަދުވެސް މައްސަލަ ލަސްވާކަމަށް ގާޒީ ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 މެއި 2023 | ބުދަ 05:55
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

މާމިގިލީގައި ކުޑަ ކުއްޖަކު ވިހެއުމަށްފަހު މަރާލި މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުލަތުން 3 މީހެއްގެ މައްޗަށް ދައުވާކުރެއެވެ. އޭގެ ތެރޭގައި ކުއްޖާގެ މަންމައާއި އެކަމުގައި ބައިވެރިވިކަމުގެ ތުހުމަތު ދައުލަތުން ކުރާ އިތުރު 2 މީހަކު ހިމެނެއެވެ.

މި މައްސަލަ ކުރިއަށް ގެންދަވަނީ ގާޒީ މުޙައްމަދު މިސްބާޙުއެވެ.

ބުދަ ދުވަހު އޮތީ މި މައްސަލައިގައި އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ތ މަޑިފުށީ ސޯސަންވިލާ މުހައްމަދު އިމްތިޔާޒުގެ މައްސަލައާ ގުޅޭ އަޑުއެހުމެކެވެ.

މިއީ 3 މީހެއްގެ މައްޗަށް ދައުވާކުރާ މައްސަލައަކަށްވާއިރު، ދައުވާލިބޭ އެކަކު ހާޒިރު ނުވެގެން އަބަދުވެސް މައްސަލަ ލަސްވާކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ، ޗިޓް ރައްދު ކުރުމުންވެސް ތަކުރާރުކޮށް އޭނާ ހާޒިރު ނުވެ އެބަހުރި ކަމަށާއި، އޭނާ ބަންދުގައި ބަހައްޓައިގެން ހާޒިރު ކުުރުމަށްވެސް މަސައްކަތް ކުރެވިފައިވާ ކަމަށެވެ.

ގާޒީ ވިދާޅުވީ، އޭނާ ހާޒިރު ނުވެގެން ކުރިއަށް އޮތް އެއްވެސް އަޑުއެހުމެއް ކެންސަލް ކުރަން ޖެހިއްޖެނަމަ ޝަރީއަތް ނިމެންދެން ބަންދު ކުރައްވާނެ ކަމަށެވެ. މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވާ ފަރާތްތަކަށްވެސް އެކަން އަންގާފައިވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

މިއީ 2017  ވަނަ އަހަރު މާމިގިލީގައި ކުޑަ ކުއްޖަކު ވިހެއުމަށްފަހު މަރާލާފައިވާ އޮއްވައި ފެނުނު މައްސަލައެކެވެ. މި މައްސަލައިގެ އިމްތިޔާޒުގެ އިތުރުން އިތުރު 2 މީހެއްގެ މައްޗަށް ދައުވާ ކުރެއެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު