Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަންޑާރަ ނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ

ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމާމެދު ލަފައެއް ބޭނުންވޭ، އެދެނީ ސުޕްރީމް ކޯޓުން ގޮތެއް ނިންމުން: ނަޝީދު

އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ މި ހިނގާ މެއި މަހުގެ ތެރޭގައި 13 މެންބަރުންގެ ސޮޔާއެކު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 31 މެއި 2023 | ބުދަ 06:08
މަޖިލީހުގެ ރައީސް ނަޝީދާއި، ބަންޑާރަ ނާއިބު ރިފްޢަތު

މަޖިލީހުގެ ރައީސް ނަޝީދާއި، ބަންޑާރަ ނާއިބު ރިފްޢަތު

ބަންޑާރަ ނާއިބު އިބްރާޙީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދިއުމާމެދު އިސްތިރާކީ ލަފައެއް ބޭނުންވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަަލައިގައި މަޖިލީހުގެ ޢާއްމު ކޮމިޓީން ނިންމާފައި ވަނީ ވަޒީރު ޖަވާބުދާރީވެވަޑައިގަތުމަށް ބަހުސްގެ ވަގުތުގެ ކުރިން 10 މިނެޓް، ބަހުސްގެ މެދުތެރެއިން 10 މިނެޓް އަދި ބަހުސްއަށް ފަހު ދިހަ މިނެޓް ދިނުމަށެވެ. ނަމަވެސް ރިފްޢަތު ނިންމެވީ ލިޔުމުން މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާށެވެ. އެއީ އިދާރީ މައްސަލަ އެއް ދިމާވެދާނެ ކަމެއް ކަމަށް މި މައްސަލަ ހުށަހަޅުއްވަން ފުރުސަތު ދެއްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވެސް ވަނީ މި މައްސަލަ ކުރިއަށް ގެންދެވޭނީ މަޖިލީހަށް ރިފްޢަތު ހާޒިރުވެވަޑައިނުގަންނަވާނަމަ، ނުވަތަ ލިޔުމުން ޖަވާބުދާރީވެވަޑައިގަންނަވާނަމަ އަމަލުކުރާނެ ގޮތެއް އާއްމު ކޮމިޓީން ނިންމައިގެން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އާއްމު ކޮމިޓީގައި ކުރިން މަސައްކަތް ކުރެއްވި މެންބަރެއް ކަމަށްވާ  ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވިއެވެ.

އެއާއެކު މި މައްސަލަ ކުރިއަށް ގެންދިއުމާ މެދު ޚިޔާލުތަފާތުވެ މަޖިލިސް ވަނީ މެދުކަނޑާލާފައެވެ. އެއީ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާ އެކު މި މައްސަލަައިގައި މަޝްވަރާކުރުމަށްޓަކައެވެ. އެ މަޝްވަރާ އަށް ފަހު އެކަމާއި ގުޅޭގޮތުން ނަޝީދު ވިދާޅުވީ އެމަނިކުފާނު އެދިވަޑައިގަންނަވަނީ އެ މައްސަލައިގައި އަމަލުކުރަންވީ ގޮތަކާ މެދު ސުޕްރީމްކޯޓުން ގޮތެއް ނިންމުން ކަަމަށެވެ. މަޖިލީހުގެ މެޖޯރިޓީ ނޫން ޕާޓީތަކުން ބަންޑާރަ ނާއިބު މަޖިލީހަށް ހާޒިރުވެވަޑައިގަންނަވަން ޖެހޭ ކަމަށް ޤަބޫލުކުރާ ކަމަށާއި، ޢާއްމު ކޮމިޓީން ވަޒީރަށް މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވެވަޑައިގަތުމަށް ފުރުސަތު ދިނީ އެ ނޫން ގޮތަކަށް ޤާނޫނު އަސާސީން ފުރުސަތު ނުދޭތީ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ޤާނޫނު އަަސާސީ އަށް އަަމަލުކުރަން ފެށި ފަހުން މިހާތަނަށް ވަޒީރުންނާއި ނާއިބު ރައީސުންގެ އިތުބާރު ނެތްކަމަށް ހުށަހެޅުމުން އަމަލުކުރައްވާފައިވާ ގޮތަށް ނަޝީދު އަލިއަޅުއްވާލެއްވިއެވެ. އެގޮތަށް ބަލާ އިރު ލިޔުމުން ޖަވާބުދާރީވެވަޑައިގެންނެވި ބޭފުޅެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ޕީޕީއެމް، ޕީއެންސީ އަދި އެމްއެންޕީން ބުނާގޮތުން ކިތާބީ ހެތްކާއި އެކުގައި ބަންޑާރަ ނާއިބު ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭ ކަަމަށް ނަޝީދު ވިދާޅުވިއެވެ.

ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ފާސްކޮށްފައެވެ.

13 މެންބަރުންގެ ސޮޔާއެކު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ މި ހިނގާ މެއި މަހުގެ ތެރޭގައި 13 މެމްބަރުންގެ ސޮޔާއި އެކުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު