Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖެމްސް ވަރކްސްޕޭސް

ސަރުކާރުގެ އިދާރާތަކުގައި ޖެމްސް ވަރކްސްޕޭސް ބޭނުންކުރަން ފަށައިފި

ޖެމްސް ރަސްމީކޮށް ލޯންޗުކުރާނީ އަންނަ އޮގަސްޓު މަހު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 30 މެއި 2023 | އަންގާރަ 12:35
ޖެމްސް ވަރކްސްޕޭސް ތަޖުރިބާކުރަން ފެށުން އިފްތިތާހު ކޮށްދެއްވުން

ޖެމްސް ވަރކްސްޕޭސް ތަޖުރިބާކުރަން ފެށުން އިފްތިތާހު ކޮށްދެއްވުން

ސަރުކާރުގެ އިދާރާތަކުގައި "ޖެމްސް ވަރކްސްޕޭސް" ބޭނުންކުރަން ފަށައިފިއެވެ.

ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގައި އަންގާރަ ދުވަހު ބޭއްވި ހަފުލާއެއްގައި ޖެމްސް ވަރކްސްޕޭސް ތަޖުރިބާކުރަން ފެށުން އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމުހުރިއްޔާގެ ނައިބް، ފައިސަލް ނަސީމްއެވެ.

ޖެމްސް ވަރކްސްޕޭސްއަކީ ސަރުކާރުގެ ލިޔެކިއުންތައް ޑިޖިޓަލްކޮށް ބަދަލުކުރުމަށް 2010 ގައި ބޭނުންކުރަން ފެށި "ގަވަރންމަންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމް" ގެ ބަދަލުގައި ބޭނުންކުރުމަށް ތައްޔާރުކުރަމުންދާ އައު ނިޒާމެކެވެ.

އަލަށް ތަޖުރިބާކުރަންފަށާ ޖެމްސް ވަރކްސްޕޭސްއަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ސަރުކާރުގެ ހިންގުން ހަރުދަނާކޮށް ހަލުވިކުރުމުގެ މަޤުސަދުގައި ތައާރަފުކުރެވޭ ނިޒާމެކެވެ. މި ނިޒާމުގައި ޑިޖިޓަލްކޮށް މަސައްކަތްތައް ކުރެވޭނެ އިންތިޒާމް ފަހިކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވެއެވެ. މިގޮތުން އިތުރު ސޮފްޓްވެއަރ އެއް ބޭނުންނުކޮށް ޖެމްސް ވަރކްސްޕޭސް ގެ ތެރެއިން ޓެމްޕްލޭޓްތަކެއް އިޚްތިޔާރުކޮށްގެން ލިޔެކިޔުންތަކުގެ  ދެލިކޮޕީ ތައްޔާރުކުރުމާއި، ދެލިކޮޕީއަށް ގެންނަންޖެހޭ އިޞްލާޙްތައް ގެނައުމާއި، ލިޔުންތަކުގައި އިލެކްޓްރޯނިކް ސޮއިކުރެވޭނެ ގޮތް ހަމަޖެހިފައިވެއެވެ. އަދި މިކަމުގެ ސަބަބުން ކަރުދާސް ބޭނުންކުރަންޖެހޭ މިންވަރާއި ޕްރިންޓްކުރުމާއި ސްކޭންކޮށް އެޓޭޗްކުރުން ވަރަށް ބޮޑުތަނުން މަދުވެގެންދާނެއެވެ. އަދި މައްސަލަތަކަށް ފިޔަވަޅު އަޅަންވީ ގޮތުގެ އިރުޝާދު "ޖެމްސް ވަރކްސްޕޭސް"ގެ ތެރެއިން މުވައްޒަފުންނަށް ދިނުމާއި، އަޅަމުންދާ ފިޔަވަޅުތަކާއި، މި މަސައްކަތްކުރަމުންދާ މުވައްޒަފުންނާއި، ކުރަމުންދާ މިންވަރު އެނގެން އޮތުމުން މަސައްކަތް ފަސޭހަވެ ހަލުވިވެގެންދާނެއެވެ. މިގޮތަށް އިދާރީ ހިންގުން ޓްރާންސްފޯމް ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ރަސްމީ ލިޔެކިއުންތައް ބެލެހެއްޓުމާއި ކޭސް އަދި ޓާސްކް މެނޭޖްމަންޓުގެ ނިޒާމާއި ސީމްލެސްކޮށް ގުޅާލައި އަދި ކައިރި މުސްތަޤްބަލުގައި މުވައްޒަފުންގެ ހާޒިރީ، ޗުއްޓީ، މުސާރަދިނުން ފަދަ ކަންކަން މި ނިޒާމުގެ ތެރެއަށް ގެނެވޭނެއެވެ. އަދި މީގެ އިތުރުން މިނިޒާމަކީ ހައިބްރިޑްކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަގުފަހިކޮށްދޭނެ ނިޒާމެކެވެ.

މި ނިޒާމު ރޯލްއައުޓް ކުރުމަށް ހަމަޖެހިފައިވަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ.

މިނިޒާމް ތަޖުރިބާކުރުން މިއަދު ފަށާފައިވަނީ ރައީސް އޮފީހާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް ހަޔާރ އެޑިއުކޭޝަން އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ބައިވެރިވުމާއި އެކުގައެވެ. އަދި ފިޔަވަހި 1 ގައި ސަރުކާރުގެ ހުރިހާ އިދާރާއެއް މި ނިޒާމުގެ ތެރެއަށް މައިގްރޭޓްކޮށް މި ނިޒާމް ބޭނުންކުރަން ފެށުމަށް ވަނީ ރާވާފައެވެ.

ޖެމްސް ވަރކްސްޕޭސް ރަސްމީކޮށް ލޯންޗުކުރުމަށް ރާވާފައިވަނީ ސަރުކާރުގެ އިދާރާތައް މި ނިޒާމުގެ ތެރެއަށް މައިގްރޭޓްކޮށް ނިންމައި މިއަންނަ އޯގަސްޓް މަހުގެ ތެރޭގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު