Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫގެ އެއްހާސް ގޯތި

އައްޑޫގެ އެއްހާސް ގޯތި: މިވަގުތު ކުރިއަށްދަނީ ފޯމް އިވެލުއޭޓް ކުރުމުގެ މަސައްކަތް

30 މެއި 2023 | އަންގާރަ 07:48

ހިތަދޫން 500 ގޯތި ދޫކުރާއިރު، އައްޑޫގެ އިތުރު ތިން ރަށަކުން 500 ގޯތި ދޫކުރަން ވަނީ ނިންމާފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 30 މެއި 2023 | އަންގާރަ 07:48
އައްޑޫ ސިޓީ

އައްޑޫ ސިޓީ

ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް އައްޑޫ ސިޓީގައި ދިރިއުޅެމުންދާއިރު، އައްޑޫން ދޫކުރުމަށް އިއުލާންކޮށްފައިވާ 1000 ގޯއްޗަށް ކުރިމަތިލި ފަރާތްތަކުގެ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް އަންނަ މަހު ނިންމާލެވެނޭ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން މައުލޫމާތުދިން ގޮތުގައި މިއަހަރުގެ ކުރީކޮޅު އައްޑޫއިން 1000 ގޯތި ދޫކުރުމަށް ހުޅުވާލުމުން 4000 ވުރެ ގިނަ މީހުން މި ގޯތިތަކަށް އެދި ފޯމް ހުށަހަޅާފައިވެއެވެ. މިމަސައްކަތް އަވަހަށް ނިންމުމަށްޓަކައި މިވަގުތު ކުރިއަށްދަނީ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށާއި ހުޅުދޫ އަދި މީދޫގެ ގޯތި ފޯމް އިވެލުއޭޝަންގެ ބޮޑުބައި ނިމިފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. އަދި ދެން ހުރި ރަށްތަކުގެ ފޯމް އިވެލުއޭޝަންގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމުމަށް ބާރު ސްޕީޑުގައި މަސައްކަތް ކުރަމުންދާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

Advertisement - newsAdvertisement

އިވެލުއޭޝަންގެ މަސައްކަތް ނިމި އިޢުލާން ކުރެވޭނެ ވަކި ދުވަހެއް އަދި ނޭނގޭއިރު ލިސްޓު އިއުލާން ކުރެވޭލެއް ލަސްވުމާއި ގުޅިގެން ބައެއް ފަރާތްތަކުން މިހާރުވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ގޯތި ނުލިބުމުގެ މައްސަލައަކީ އައްޑޫގެ އާއްމުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައެއް ކަމަށެވެ. ނަމަވެސް 22 އަހަރު ފަހުން ހިތަދޫއިން ގޯތި ދޫކުރުމަކީ އާއްމުންނަށް ލިބޭ އުފަލެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ. އައްޑޫއިން ގޯތި ދޫކުރަން ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، ހިތަދޫން 500 ގޯތި ދޫކުރާއިރު، އައްޑޫގެ އިތުރު ތިން ރަށަކުން 500 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ. އޭގެތެރޭގައި ފޭދޫއިން ދޫކުރާ 1،500 އަކަފޫޓުގެ 300 ގޯއްޗާއި، ހުޅުދުއާއި މީދޫއިން، ކޮންމެ ރަށަކުން 2،000 އަކަފޫޓުގެ 100 ގޯތި ހިމެނެއެވެ.

އައްޑޫސިޓީގައި ބޯހިޔާވަހިކަން ބޭނުންވާ ގިނަ ބަޔަކު ތިބިއިރު، ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ވެސް ވަނީ ބިޔަ މަޝްރޫއެއް ފަށާފައެވެ. އެގޮތުން އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، ހިތަދޫއިން ހިތަދޫން 90 ހެކްޓަރުގެ ބިން، މަރަދޫ / މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން އަދި ހުޅުދޫމީދޫން 3 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. މިކަމުގެ ސަބަބުން އައްޑޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ބޮޑެތި ހައްލުތަކެއް ލިބިގެންދާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2017

މަސީހު މަޖިލީހުގައި ހުންނަވަނީ ގޯތި ވަކިކޮށްގެން: މޫސަ

25 އޮކްޓޯބަރު 2017
މަސީހު މަޖިލީހުގައި ހުންނަވަނީ ގޯތި ވަކިކޮށްގެން: މޫސަ
23 އޮކްޓޯބަރު 2017

އެއާޕޯޓް އަޅާއިރު، ކުޅުދުއްފުށިން 18 ގޯތި ސަރުކާރަށް ނަގަންޖެހޭ : ކައުންސިލް

23 އޮކްޓޯބަރު 2017
އެއާޕޯޓް އަޅާއިރު، ކުޅުދުއްފުށިން 18 ގޯތި ސަރުކާރަށް ނަގަންޖެހޭ : ކައުންސިލް
12 އޮކްޓޯބަރު 2017

ބްރޯޑްކޮމްގެ ރައީސް ޝަހީބު ފުލުހަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލާގައި މިވަގުތު އެއްޗެއް ހާމަކުރެވެން ނެތް: ޕޮލިސް

12 އޮކްޓޯބަރު 2017
ބްރޯޑްކޮމްގެ ރައީސް ޝަހީބު ފުލުހަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލާގައި މިވަގުތު އެއްޗެއް ހާމަކުރެވެން ނެތް: ޕޮލިސް
05 އޮކްޓޯބަރު 2017

މިވަގުތުވެސް 1.6 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް: ސްޓެލްކޯ

05 އޮކްޓޯބަރު 2017
މިވަގުތުވެސް 1.6 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް: ސްޓެލްކޯ
27 ސެޕްޓެމްބަރު 2017

ޑިސެމްބަރު މަހު ގަމުން ގޯތި ދޫކުރަން ހުއްދަ ލިބޭނެ: ގަމު ކައުންސިލް

27 ސެޕްޓެމްބަރު 2017
ޑިސެމްބަރު މަހު ގަމުން ގޯތި ދޫކުރަން ހުއްދަ ލިބޭނެ: ގަމު ކައުންސިލް
11 ޖުލައި 2017

ގޯތި ގެދޮރު އަގުހެޔޮ ކުރުމުގެ ލޯނު ސްކީމެއް ތައާރަފް ކުރަނީ

11 ޖުލައި 2017
ގޯތި ގެދޮރު އަގުހެޔޮ ކުރުމުގެ ލޯނު ސްކީމެއް ތައާރަފް ކުރަނީ
29 ޖޫން 2017

ގެއެއްގެ ގޯތި ތެރޭގައި އޮތް ކާރެއްގައި ރޯވެ އަނދައިފި

29 ޖޫން 2017
ގެއެއްގެ ގޯތި ތެރޭގައި އޮތް ކާރެއްގައި ރޯވެ އަނދައިފި
29 ޖޫން 2017

އައްޑޫގެ 100 އެނދުގެ ހޮސްޕިޓަލް އަންނަ އަހަރު ހުޅުވޭނެބާ؟

29 ޖޫން 2017
 އައްޑޫގެ 100 އެނދުގެ ހޮސްޕިޓަލް އަންނަ އަހަރު ހުޅުވޭނެބާ؟
22 އެޕްރީލު 2017

އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

22 އެޕްރީލު 2017
އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
20 އެޕްރީލު 2017

ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި

20 އެޕްރީލު 2017
ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް