Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލީސް

މަސީހު މަޖިލީހުގައި ހުންނަވަނީ ގޯތި ވަކިކޮށްގެން: މޫސަ

ކޮށިގަނޑުގެ ތެރެއަށް ވަނަން މެމްބަރުން ވަންނަނީ ޓެރަރިޒަމްގެ ހަމަލާއެއް ދޭން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2017 | ބުދަ 08:09
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަކީ ފުވައްމަލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހުގެ ގޯތިކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ސިފަކުރައްވައިފިއެވެ.

މަޖިލީހަށް ހުށަހަޅަފައިވާ 493 މިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސް ކުރައްމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވީ އިސްލާމް ދީނުގައި ގޯތި ގެދޮރަކީ ހުރަމަތްތެރިވެގެންވާ ތަނެން ކަމަށާއި، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަޖިލީހުގެ އިންނަވަނީ ގޯތި ވަކިކޮށްގެން ކަމަށެވެ.

"ގޯތި ގެދޮރަށް ވަދެއުޅުމަކީ، އަޅުގަނޑުއަށް ހިވާ ގޮތުން، ގޯތި ގެދޮރަކީ ހުރުމަތްތެރިވެގެންވާ ތަނެން ކަމަށް، މަނިކުފާނު ތި އިންނަވަނީ ގޯތި ވަކިކޮށްގެން" މޫސަ ވިދާޅުވިއެވެ.

މަޖިލީހުގެ މެމްބަރުންގެ މެޖޯރިޓީއަށް ވުރެ ވެސް އިތުރަށް މެމްބަރު ސޮއި ކުރައްވައި މަޖިލީހުގެ ރައީސަކީ މަސީހު ނޫން ކަމަށް ބުނެ، މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅުމުން، މަސީހު ވަނީ މިލިޓަރީ ބޭނުން ކުރައްވައިގެން މަޖިލިސް "ހިސޯރު" ކުރައްވާފައި ކަމަށް އިދިކޮޅު ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި ވަނީ "ކޮށިގަނޑެއް" ޖަހާފައެވެ.

މޫސަ ވިދާޅުވީ މަޖިލީހުގެ ރައީސް ގޯތި ވަކިކޮށްގެން އިންނަވަނިކޮށް، އެ ގޯތީގެ ތެރެއަށް މެމްބަރަކު ވަދެއްޖެ ނަމަ ވަނީ ހުރުމަށް ކަނޑާލި ކަމަށެވެ. އަދި މަޖިލީސް ކުރާ މާލަމްގެ ތެރޭގައި ޖަހާފައިވާ ކޮށިގަނޑުގެ ތެރެއަށް ވަންނަން މެމްބަރުން ވަންނަނީ ޓެރަރިޒަމްގެ ހަމަލާއެއް ދޭންކަން ފާހަގަކޮށް މޫސަ ވިދާޅުވީ އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެޅެން ހުރި ފިޔަވަޅެއް އަޅަންވާނެ ކަމަށެވެ.

" މަނިކުފާން ތި އިންނަވަނީ ގޯތި ވަކިކޮށްގެން ، އެތެރެއަށް ވެދެއްޖިއްޔާ ހުރުމަތް އެ ކެނޑެނީ، އެ ވަންނަނީ ޓެރަރިޒަމްގެ ހަމަލާއެއް ދޭން ކަމަށް ވިސްނާވަޑައިގެން އިންނަވާތި އެކަމާއި ގުޅިގެން އެޅެން ހުރި ފިޔަވަޅުވެސް ވާނެ އަޅާލަން" މޫސަ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ހޮވަނީ މަޖިލީހުގެ މެމްބަރުން މެޖޯރިޓީންނެވެ. އަދި މަޖިލީހުގެ ކަންކަން ނިންމުމުގެ ބާރު އޮންނަނީ ވެސް މަޖިލީހުގެ މެޖޯރިޓީއަށެވެ.

މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލި މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމާ އެކު މަޖިލީހުގެ އިދާރާއަށް ގިނަ އަދަދެއްގެ ސިފައިން ވައްދާ ފޯރިމަރަމުން ގެންދާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

މަޖިލިސް ހިސޯރު ކުރައްވައިގެން މަސީހު އިންނެވި ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވާއިރު، މިހާރު މަޖިލީހުގެ ރިޔާސަތުގައި މަސީހު އިންނަވައިގެން ބާއްވަމުން ގެއްދަވާކަމަށް ބުނާ ޖަލްސާތަކަކީ ސައްހަ ޖަލްސާތަކެއް ނޫން ކަމަށް ވެސް އިދިކޮޅު މެމްބަރުން ވިދާޅުވެއެވެ. އަދި މިޖަލްސާތަކުގައި ފާސްކުރާ ކަންކަން ފަހުން ބާތިލް ކުރާނެ ކަމަށް ވެސް އިދިކޮޅު މެމްބަރުން ގެންދަވަނީ ވިދާޅުވަމުން ނެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވަނީ މަޖިލީހުގެ ރައީސަކީ މަސީހު ކަމަށް ގަބޫލުކުރާނެ ހަމައެކަނި ގޮތަކީ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަށް ވޯޓަށް އައްސަވައި، އެވޯޓް މަސީހު ކާމިޔާބު ކުރައްވައިފި ނަމަ އެކަނި ކަމަށެވެ.

މީގެ އިތުރުން އިދިކޮޅު މެމްބަރުން ވިދާޅުވަނީ މަޖިލީހުގެ ޖަލްސާތަކާއި އަދި މަޖިލީހުގެ ކަންކަން ހިންގަމުން ދަނީ މަޖިލީހުގެ ގަވާއިދާއި އުސޫލްތަކާ ހިލާފަށް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް

މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް

11 މާރިޗު 2017
މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު

މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު

09 މާރިޗު 2017
މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން

މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން

08 މާރިޗު 2017
މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް

މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް

08 މާރިޗު 2017
މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

08 މާރިޗު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު