Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީ ފޭދޫ

އައްޑޫ ސިޓީ ފޭދޫ ބަނދަރުގައި ހިޔާއެއް ތަރައްޤީކުރަނީ

30 މެއި 2023 | އަންގާރަ 06:35

13 ހަފްތާގެ ތެރޭގައި މަސައްކަތް ނިންމަން އަމާޒުކޮށްފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 30 މެއި 2023 | އަންގާރަ 06:35
އައްޑޫ ސިޓީީ ފޭދޫ ބަނދަރު ސަރަހައްދު

އައްޑޫ ސިޓީީ ފޭދޫ ބަނދަރު ސަރަހައްދު

އައްޑޫ ސިޓީ ފޭދޫ ބަނދަރުގައި ހިޔާއެއް ތަރައްޤީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އައްޑޫ އިކޯ ކްލަބްއިން ބުނެފިއެވެ.

ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން އައްޑޫ އިކޯ ކްލަބުގެ ސްޕޯރކްސްޕާރސަން އަދި ނާއިބް ރައީސް ފާތިމަތު އަލްމާ އަލީ ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެހީ ލިބޭ ޕްރޮޖެކްޓްތަކުގެ ތެރޭގައި އައްޑޫ ސިޓީ ފޭދޫ ބަނދަރުގައި ހިޔާއެއް ތައްޔާރުކުރުމުގެ މަސައްކަތުގެ ޕްރޮޖެކްޓް ހޮވުނުކަމީ އެޖަމިއްޔާއިން ވަރަށް އުފާ ކުރާ ކަމެއް ކަމަށާއި ފަންޑުގެ މިއެހީއާ އެކު މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

މިޕްރޮޖެކްޓް ހުށަހެޅުމުގެ މައިގަނޑު މަޤްޞަދާއި ބެހޭގޮތުން ވާހަކަދައްކަވަމުން އަލްމާ ވިދާޅުވީ ފޭދޫ ބަނދަރަކީ ކާރޫބާރޫ ބޮޑު ބަނދަރެއް ކަމަށާއި ލަފާ ފުރާ ދޯނި ފަހަރުތަކާއި ފަތުރުވެރިކަމުގެ އެކި ބޭނުންތަކުގައި މިބަނދަރު ބޭނުންކުރަމުންދާއިރު ގިނަ އަދަދެއްގެ މީހުން ކޮންމެ ދުވަހަކުވެސް އެއްތަނަކަށް ޖަމާވެ ގިނަ ވަގުތު ހޭދަކުރަން ޖެހޭ ތަނަކަށްވާއިރު، މިސަރަޙައްދުގައި މީހުން މަޑުކޮށްލާނެ ރަނގަޅު ފެންވަރުގެ ތަނެއް ހުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކިގެން މިމަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަން ނިންމި ކަމަށެވެ.

އެގޮތުން 35 މީހުންގެ ޖާގައިގެ މިތަން ޑިޒައިންކޮށް ކުރިއަށްގެންދާނީ ކޮންޓްރެކްޓަރަކާއި ހަވާލުކޮށްގެން ކަމަށާއި 13 ހަފްތާގެ ތެރޭގައި މަސައްކަތް ނިންމަން އަމާޒުކޮށްފައިވާ ކަމަށެވެ. މިއިމާރާތާ އެކު ފާހާނާއެއް ވެސް މި ތަނުގައި ޤާއިމްކުރާގޮތަށް ޕްލޭންކޮށްފައިވާއިރު، ހިޔާ އެޅުމަށް ކަނޑައަޅާ ސަރަޙައްދު ކައުންސިލްއާއި މަޝްވަރާކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އަލްމާ ވިދާޅުވިއެވެ.

އައްޑޫ އިކޯ ކްލަބްއިން ބުނީ މި ޖަމިއްޔާއަކީ ވަރަށް ޅަފަތުގައި އޮތް ޖަމިއްޔާއަކަށްވާއިރު، ބީއެމްއެލްގެ މިފަންޑުގެ އެހީއާ އެކު އިތުރު އެހީތައް ވެސް މިކަމަށް ބޭނުންވާނެ ކަމަށެވެ.

އައްޑޫ އިކޯ ކްލަބަކީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރަޖިސްޓްރީވި އެންޖީއޯއެކެވެ. އެގޮތުން މި އެންޖީއޯގެ މައިގަނޑު މަޤްޞަދަކީ ތިމާވެއްޓާއި ގުޅޭ އެކި ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމެވެ. ވަކިން ޚާއްސަކޮށް ޕްލާސްޓިކް މަދު ކުރުމަށް ހިންގޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް އިތުރުކޮށް ސްކޫލު ކުދިންނާއި މުޖުތަޢުގެ އެންމެހާ ފަރުދުން މިކަމަށް ހޭލުންތެރިކުރުވުމެވެ. އަދި ފަތުރުވެރިކަމަށް ހާއްސަކޮށްގެން އައްޑޫ ސިޓީއަކީ ޕްލާސްޓިކް ފްރީ ސިޓީއަކަށް ހެދުމަށް ކުރާ މަސައްކަތަކީ މި އެންޖީއޯގެ ވަރަށް ބޮޑު އަމާޒެކެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް