Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން-ރަޝިއާ ހަނގުރާމަ

ރަޝިއާގެ ހަމަލާތައް ޔޫކްރެއިންގެ އަސްކަރީ ފެސިލިޓީތަކަށް

29 މެއި 2023 | ހޯމަ 17:21

އެގައުމުގެ އުމްރާނީ ބިނާތަކަށާއި އާންމުން ދިރިއުޅޭ އިމާރާތްތަކަށްވެސް ރަޝިއާގެ ހަމަލާތައް އަމާޒުވަމުންދާ ކަމަށް ޔޫކްރެއިނުން ބުނޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 29 މެއި 2023 | ހޯމަ 17:21
ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް އިތުރުވެފައިވާ މިދަނޑިވަޅުގައި، އެގައުމުގެ ހަމަލާތައް ޔޫކްރެއިންގެ އަސްކަރީ ފެސިލިޓީތަކަށް އަމާޒުކޮށްފި

ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް އިތުރުވެފައިވާ މިދަނޑިވަޅުގައި، އެގައުމުގެ ހަމަލާތައް ޔޫކްރެއިންގެ އަސްކަރީ ފެސިލިޓީތަކަށް އަމާޒުކޮށްފި

ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް އިތުރުވެފައިވާ މިދަނޑިވަޅުގައި، އެގައުމުގެ ހަމަލާތައް ޔޫކްރެއިންގެ އަސްކަރީ ފެސިލިޓީތަކަށް އަމާޒުކޮށްފިއެވެ.

ރަޝިއާއިން ޔޫކްރެއިނަށް ސިލްސިލާކޮށް ދެމުން އަންނަ ބޮމުގެ ހަމަލާތައް ވަރުގަދަ ކުރަމުންދާއިރު، މިމަހު އެކަނިވެސް މިފަދަ 16 ހަމަލާއެއް މިވަނީ ދީފައެވެ. މިއިން ކޮންމެ ހަމަލާއެއްގައި ގިނަ އަދަދެއްގެ ބޮން އަދި ޑްރޯންގެ ހަމަލާތައް ހިމެނެއެވެ.

ޔޫކްރެއިނުން މައުލޫމާތުދޭ ގޮތުގައި މިފަހުން ރަޝިއާއިން ދެމުންދާ ހަމަލާތައް މިވަނީ އެގައުމުގެ އަސްކަރީ އަދި ސިނާއި ބިނާތަކަށް އަމާޒުކުރަން ފަށައިފައެވެ. އަދި އެގައުމުގެ އުމްރާނީ ބިނާތަކަށާއި އާންމުން ދިރިއުޅޭ އިމާރާތްތަކަށްވެސް ރަޝިއާގެ ހަމަލާތައް އަމާޒުވަމުންދާ ކަމަށް ޔޫކްރެއިނުން ބުނެއެވެ.

މިފަހުން ރަޝިއާއިން ވަނީ ޔޫކްރެއިން-ރަޝިއާ ހަނގުރާމަ ފެށުނުފަހުން، ރަޝިއާއިން ޔޫކްރެއިނަށް ދިން އެންމެ ބޮޑު ޑްރޯން ހަމަލާ ކަމަށް އޮފިޝަލުން ބުނާ ހަމަލާ، ޔޫކްރެއިންގެ ވެރިރަށް ކިއެވް އެއް ދީފައެވެ.

މިހަމާލާތައް ދީފައި ވަނީ މެއި 28 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ. ޔޫކްރޭންގެ ވައިގެ ސިފައިންނާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާގޮތުން ރަޝިއާއިން ކިއެވްއަށް ފޮނުވާލި 54 ޑްރޯންހަމަލާގެ ތެރެއިން 52 ޑްރޯން ވަނީ ވައްޓާލާފައެވެ.

މިއީ މިއަހަރުގެ މެއި މަހު ރަޝިއާއިން ޔޫކްރެއިނަށް އަމާޒުކުރި މިފަދަ އެންމެ ނުރައްކާތެރި ހަމަލާތަކެވެ. އަދި މިއީ މިމަހުގެ ތެރޭގައި ޔޫކްރެއިނަށް އަމާޒުވެގެންދިޔަ މިފަދަ 14 ވަނަ ހަމަލާއެވެ.

ރަޝިއާގެ މިވަރުގަދަ ހަމަލާތައް ކިއެވްއަށް އަމާޒުވެގެންގޮސްފައި މިވަނީ މީގެ 1،541 އަހަރު ކުރިން ކިއެވް ރަސްމީކޮށް އުފެދުނު ދުވަހުގެ މުނާސަބަތުގައި ޔޫކްރެއިނުން އަބަދުވެސް ފާހަގަކުރަމުން އަންނަ މެއި މަހުގެ އެންމެ ފަހު ހުކުރު ދުވަހާ ދިމާކޮށެވެ.

ޔޫކްރޭންގެ ވައިގެ ސިފައިން ބުނާގޮތުން ޔޫކްރޭންގެ މެދުތެރޭގެ ސަރަހައްދުތަކާއި، ޚާއްސަކޮށް ކިއެވް ސަރަހައްދުގައި ހުރި އަސްކަރީ އަދި މުހިންމު އުމްރާނީ ބިނާތަކާއި ފެސިލިޓީތަކަށް ރަޝިޔާއިން ވަނީ ހަމަލާތައް އަމާޒުކޮށްފައެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައަށް 15 މަސް ދުވަސްވެގެން ދިޔައިރު، ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް ވަނީ ވަރުގަދަ ކޮށްފައެވެ. އަދި ޔޫކްރެއިނުން ބަދަލުގައި ރައްދު ހަމަލާތައް ދޭންވެސް ވަނީ ފަށާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
11 މާރިޗު 2017

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން
08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް