Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކަރުނާޓަކާގެ ކެބިނެޓު

ކަރުނާޓަކާގެ ކެބިނެޓުގައި ކުށުގެ މައްސަލަތައް ހުރި ހުސް މިލިއަނަރުން

29 މެއި 2023 | ހޯމަ 14:04

ކެބިނެޓްގެ 97 އިންސައްތައަކީ މިލިއަނަރުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 29 މެއި 2023 | ހޯމަ 14:04
އިންޑިޔާގެ ކަރުނާޓަކާގެ ކެބިނެޓު

އިންޑިޔާގެ ކަރުނާޓަކާގެ ކެބިނެޓު

ދެކުނު އިންޑިޔާގެ ސްޓޭޓް އެއް ކަމަށްވާ ކަރުނާޓަކާގައި އަލަށް އެކުލަވާލެވުނު ކެބިނެޓްގެ 97 އިންސައްތައަކީ މިލިއަނަރުންކަން، އަލަށް ނެރުނު ރިޕޯޓަކުން ހާމަވެއްޖެއެވެ. އަދި ހަމައެއާއެކު 75 އިންސައްތަ މިނިސްޓަރުންނާބެހޭ ކުށުގެ މައްސަލަތައް ދަނީ ބަލަމުން ކަމަށް ރިޕޯޓް ބުނެއެވެ.

ކަރްނާޓަކާގައި ދާދި ފަހުން ބޭއްވި އިންތިޚާބް ބޮޑު އަޣުލަބިއްޔަތަކުން  ކާމިޔާބުކޮށްފައިވަނީ އިދިކޮޅު ކޮންގްރެސް ޕާޓީއެވެ.

އައު ކެބިނެޓަށް އައްޔަންކުރެވުނު 34 މިނިސްޓަރުންގެ ތެރެއިން 24 މެމްބަރެއްގެ ކްރިމިނަލް މައްސަލަތައް ކުރިޔަށް އެބަދެއެވެ. މީގެ ތެރެއިން 7 މެމްބަރުންނާ ބެހޭގޮތުން ކުރިޔަށްދަނީ ސީރިއަސް މައްސަލަތައް ކަމަށްވެއެވެ. އެހެން މެމްބަރުން ޝާމިލުވާ ޖަރީމާތަކުގެ ތެރޭގައި؛ ހަޅުތާލުތަކުގައި ބައިވެރިވުން، އާންމު ތަންތަނުގައި ތޫނު ހަތިޔާރު ގެންގުޅުން، މީހުންނަށް ބިރުދެއްކުން، ހެކީގެ ގޮތުގައި ބަލާ ޑޮކިއުމަންޓާއި އިލެކްޓްރޯނިކް ރިކޯޑްތައް ނައްތާލުން، އަދި އެހެން މީހުންގެ ފުރާނަޔާއި މުދަލަށް ގެއްލުންވާފަދަ ހަރަކާތްތައް ހިންގުން ހިމެނެއެވެ.

މިނިސްޓަރުން އަމިއްލައަށް ދީފައިވާ އެސެޓްތަކުގެ ލިސްޓަށް ބަލާއިރު، 97 އިންސައްތަޔަކީ މިލިއަނަރުންނެވެ. 32 މިނިސްޓަރުންގެ އެސެޓްގެ އެވްރެޖަކީ 1.19 ބިލިއަން ރުޕީސްއެވެ. ނުވަތަ 14.4 މިލިއަން ޑޮލަރެވެ. މިނިސްޓަރުން ޑިކްލެއަރކޮށްފައިވާ އެސެޓަށް ބަލާއިރު؛ އެންމެ މުއްސަދިކަމަށް ދައްކަނީ ޑެޕިއުޓީ ޗީފް މިނިސްޓަރު، ޝިވާ ކުމާރެވެ. އޭނާގެ އެސެޓްގެ ޖުމްލައަކީ 14.13 ބިލިއަން ރުޕީސް ނުވަތަ 171 މިލިއަން އެމެރިކާ ޑޮލަރެވެ.

އެންމެ ކުޑަ އެސެޓެއް ޑިކްލެއަރ ކޮށްފައިވަނީ ރާމައްޕާ ބަލައްޕާ ކިޔާ މިނިސްޓަރެކެވެ. އެއީ 5.8 މިލިއަން ރުޕީސް ނުވަތަ 70،880 ޔޫއެސްޑޮލަރެވެ.

މިނިސްޓަރުންގެ ތައުލީމީ ފެންވަރަށްވެސް ރިޕޯޓްގައި ބަލައިލާފައި ވެއެވެ. މިގޮތުން 6 މިނިސްޓަރުންގެ އަންޑަރ ގްރެޖުއޭޓް ޑިގްރީއެއް ނެތްއިރު އެމީހުންގެ ތައުލީމީ ފެންވަރުކަމަށް ޖަހާފައިވަނީ ގްރޭޑް އަށަކާ ބާރަޔާ ދެމެދެވެ.

24 މިނިސްޓަރުންގެ ގްރެޖުއޭޓް ޑިގްރީ ނުވަތަ އެއަށްވުރެމަތީ ފާހެއް އޮތްކަމަށް ބުނެފައި ވެއެވެ. ދެމިނިސްޓަރުންނަކީ ޑިޕްލޮމާ ހޯލްޑަރުންނެވެ.

ތަފާތު ކަމެއްގެ ގޮތުގައި ބެލެވޭ އެހެން ކަމެއްވެސް ކަރްނާޓަކާގެ ކެބިނެޓުން ފާހަގަވެއެވެ. އެކެބިނެޓްގައި ހިމެނެނީ އެންމެ އަންހެން މިނިސްޓަރެކެވެ. އެއީ ބެލްގައުމް ކޮންސްޓިޓުއެންސީ އަށް ނިސްބަތްވާ ލަކްޝްމީ ހެބަލްކަރެވެ. އޭނާވެސް ވަނީ 130 މިލިއަން ރުޕީސްގެ އަގުހުރި އެސެޓް، އަދި 50 މިލިއަން ރުޕީސްގެ ލަޔަބިލިޓީސް ޑިކްލެއަރކޮށްފައެވެ.

ކަރްނާޓަކާ ކެބިނެޓްގެ މިނިސްޓަރުންގެ އުމުރަށް ބަލާއިރު؛ 14 މިނިސްޓަރުން 61 އަހަރާ 80 އަހަރާދެމެދެވެ. އަދި 18 މިނިސްޓަރުން 41 އެއްއަހަރާ 60 އަހަރާ ދެމެދެވެ.

އިންޑިޔާގެ އާބާދީގެ 65 އިންސަތަޔަކީ 35 އަހަރުން ދަށުގެ މީހުން ކަމަށް ވީނަމަވެސް، ފާއިތުވި 20 އަހަރުވެސް ލޮކްސަބާ އެމްޕީންގެ އެވްރެޖް އުމުރަކީ 50 އަހަރެވެ.         

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 ޖުލައި 2017

ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި

09 ޖުލައި 2017
ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި
08 ޖުލައި 2017

ޖީ 20 ސަމިޓް:ޕެރިސް އެއްބަސްވުން ދެމެހެއްުޓުމަށް އެމެރިކާ ފިޔަވާ ހުރިހާ ގައުމުން އެއްބަސްވެއްޖެ

08 ޖުލައި 2017
ޖީ 20 ސަމިޓް:ޕެރިސް އެއްބަސްވުން ދެމެހެއްުޓުމަށް އެމެރިކާ ފިޔަވާ ހުރިހާ ގައުމުން އެއްބަސްވެއްޖެ
25 ޖޫން 2017

ހުރިހާ މުސްލިމުންނަށް ޓްރަމްޕް އީދު ތަހުނިޔާ ފޮނުއްވައިފި

25 ޖޫން 2017
ހުރިހާ މުސްލިމުންނަށް ޓްރަމްޕް އީދު ތަހުނިޔާ ފޮނުއްވައިފި
24 ޖޫން 2017

ފަޔަރ ސޭފްޓީ ހުރި ގޮތުން ލަންޑަންގެ ހަތަރު އިމާރާތަކުން މީހުން ހުސްކޮށްފި

24 ޖޫން 2017
ފަޔަރ ސޭފްޓީ ހުރި ގޮތުން ލަންޑަންގެ ހަތަރު އިމާރާތަކުން މީހުން ހުސްކޮށްފި
17 ޖޫން 2017

ގަތަރާ މެދު ހުރި "ކަންބޮޑުވުންތައް" ވަރަށް އަވަހަށް އެކުލަވާލުމަށް ފަހު އެގައުމާ ހިއްސާ ކުރާނެ: ސައުދީ ފޮރިން މިނިސްޓަރު

17 ޖޫން 2017
ގަތަރާ މެދު ހުރި "ކަންބޮޑުވުންތައް" ވަރަށް އަވަހަށް އެކުލަވާލުމަށް ފަހު އެގައުމާ ހިއްސާ ކުރާނެ: ސައުދީ ފޮރިން މިނިސްޓަރު
08 ޖޫން 2017

ގަތަރުން އީރާނާ އެކު ބާއްވާ ހުރިހާ ގުޅުމެއް ކަނޑާލާން ޖެހޭ: ބަހުރެއިން

08 ޖޫން 2017
ގަތަރުން އީރާނާ އެކު ބާއްވާ ހުރިހާ ގުޅުމެއް ކަނޑާލާން ޖެހޭ: ބަހުރެއިން
23 މެއި 2017

ޕާކް ގުން-ހައިގެ މައްޗަށް އުފުލުނު ހުރިހާ ދައުވާތަކަށް އިންކާރު ކުރައްވައިފި

23 މެއި 2017
ޕާކް ގުން-ހައިގެ މައްޗަށް އުފުލުނު ހުރިހާ ދައުވާތަކަށް އިންކާރު ކުރައްވައިފި
21 އެޕްރީލު 2017

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި

21 އެޕްރީލު 2017
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި
10 އެޕްރީލު 2017

ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން

10 އެޕްރީލު 2017
ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް