Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރްއީއައިސީ 2023

އާރްއީއައިސީ 2023ގެ ނަމުގައި ހަކަތައިގެ ދާއިރާއަށް ޚާއްސަކޮށްގެން އިންވެސްޓަރ ކޮންފަރެންސެއް ބާއްވަނީ

ކޮންފަރެންސްގައި 10 މެގަވޮޓް ފްލޯޓިންގ ސޯލަރ ޕީވީގެ ނިޒާމުގެ މައުލޫމާތު އިންވެސްޓަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 29 މެއި 2023 | ހޯމަ 09:19
ޑީސަލް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ މަސައްކަތުގައި ރާއްޖެ

ޑީސަލް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ މަސައްކަތުގައި ރާއްޖެ

އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ޚާއްސަކޮށްގެން އިންވެސްޓަރ ކޮންފަރެންސެއް ބާއްވަން ނިންމައިފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ އެ ކޮންފަރެންސް ބާއްވަން ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި ވާރލްޑް ބޭންކާއި ގުޅިގެންނެވެ. ރިނިއުވަބަލް އެނަރޖީ އިންވެސްޓަރ ކޮންފަރެންސް (އާރްއީއައިސީ 2023) ނަމުގައި ބާއްވާ މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ 7 – 8 އަށް ބަނޑޮސް މޯލްޑިވްސް ރިސޯޓުގައެވެ.

Advertisement - newsAdvertisement

މި ކޮންފަރެންސަކީ މަގްސަދަކީ ވާރލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހިންގުމަށް ރާވައިފައިވާ އިއާދާކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް ޕްރައިވެޓް އިންވެސްޓްމަންޓް ހޯދުމާއި އަދި ޖުމްލަކޮށް ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ހުރި ފުރުސަތްތަކުގެ މައުލޫމާތު އިންވެސްޓަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ބާއްވާ ކޮންފަރެންސެކެވެ. އޭގެއިތުރުން ރާއްޖެއިން ނެޓްޒީރޯ އެމިޝަން ޤައުމަކަށްވުމަށް ގެންގުޅޭ ތަސައްވަރުގެ މައުލޫމާތު މި ކޮންފަރެންސް މެދުވރިކޮށް ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން ޖުމުލަކޮށް ހަކަތައިގެ ދާއިރާ ތަރައްޤީކުރުމަށްޓަކައި މިހާރު މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ކުރުމަށްރާވާފައިވާ ކަންކަމުގެ މަޢުލޫމާތު މި ކޮންފަރެންސްގައި އިންވެސްޓަރުންނަށް ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސްގައި މިނިސްޓްރީން ހިންގާ އެރައިސް މަޝްރޫޢުގެ ދަށުން އިއުލާންކޮށްފައިވާ 16 މެގަވޮޓް އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއާއި އަދި އައްޑޫ ސިޓީގެ މޫދުގައި ގާއިމުކުރާ 10 މެގަވޮޓް ފްލޯޓިންގ ސޯލަރ ޕީވީގެ ނިޒާމުގެ މައުލޫމާތު އިންވެސްޓަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދެ ދުވަހަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި ދުނިޔޭގެ އެހެން ޤައުމުތަކާއި އަދި ރާއްޖޭގައިވެސް ފުޅާދައިރާގައި ފްލޯޓިންގ ސޯލަރ ނިޒާމުތަށް ޤާއިމުކޮށްފައިވާ ބައެއް ކުންފުނިތަކުގެ ތަޖްރިބާ އިންވެސްޓަރުންނާއި ހިއްސާކުރުމުގެ ސެޝަންއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދިވެހިރާއްޖެ، ސިންގަޕޫރު، ނޯވޭ ފަދަ ގައުމުތަކުގައި ފްލޯޓިންގ ސޯލަރ ޕީވީ ނިޒާމު ގާއިމުކޮށްފައިވާ ކުންފުނިތަކުން އެކުންފުނިތަކުން ހިންގާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު މި ސެޝަންގައި އިންވެސްޓަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ އޮންލައިންކޮށް ކުރިއަށް ގެންސާ ކޮންފަރެންސެއްކަމަށް ވާއިރު މި ކޮންފަރެންސްގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ، މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު އަދި މިނިސްޓަރ އޮފް އިކޮނޯމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް ކީނޯޓް ސްޕީކަރުންގެ ގޮތުގައި ތަޤްރީރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވާރލްޑް ބޭންކްގެ ފަރާތުން ސްރީލަންކާ، ނޭޕާލް އަދި ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދާދް ޒަރްވޯސް ކީނޯޓެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

29 އެޕްރީލު 2017

ގަލޮޅު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޝާހީން ހޮވައިދިނުމަށް މަޚްލޫފް އެދިވަޑައިގެންފި

29 އެޕްރީލު 2017
ގަލޮޅު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޝާހީން ހޮވައިދިނުމަށް މަޚްލޫފް އެދިވަޑައިގެންފި
17 އެޕްރީލު 2017

ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު

17 އެޕްރީލު 2017
ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު
20 މާރިޗު 2017

"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި

20 މާރިޗު 2017
"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި
27 ފެބުރުއަރީ 2017

"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި

27 ފެބުރުއަރީ 2017
"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި
26 ފެބުރުއަރީ 2017

އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި

26 ފެބުރުއަރީ 2017
އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު