Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތަސްލީމާއި އަލިމަނިކަށް ކުރާ ދައުވާ

ދިފާއީ ހެކިންގެ ހެކިބަސް ނަގަން ތަސްލީމާއި އަލިމަނިކުވެސް ބޭނުމެއް ނުވޭ

29 މެއި 2023 | ހޯމަ 08:30

ދެން އޮންނާނީ މި މައްސަލައިގެ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން އިއްވުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 މެއި 2023 | ހޯމަ 08:30
އަބްދުﷲ އަލީ މަނިކާއި، މުޙައްމަދު ތަސްލީމް

އަބްދުﷲ އަލީ މަނިކާއި، މުޙައްމަދު ތަސްލީމް

ޓެރަރިޒަމާއި ގުޅޭ ދައުވާތަކެއް އުފުލާފައިވާ ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީމަނިކާއި ހއ.ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ތާވަލު ކުރެވިފައި އޮތީ ދައުވާލިބޭ އަބްދުﷲ އަލީމަނިކުގެ ފަރާތުން ހުށައަޅާފައިވާ ދިފާއީ ހެއްކެއްގެ ހެކިބަސް ނެގުމެވެ.

އެހެންނަމަވެސް، އެ ހެކިވެރިޔާއާއި، ދިފާއުން ހުށައަޅާފައިވާ އެހެން ހެކިންގެ ހެކިބަސްވެސް މިހާރު ނަގަން ބޭނުން ނުވާކަމަށް މި އަޑުއެހުމުގައި އޭނާގެ ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، ތަސްލީމުގެ ފަރާތުން ހުށައަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސްވެސް މިހާރު ނަގަން ބޭނުންނުވާކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

ވުމާއެކު، މައްސަލަ ބައްލަވާ ގާޒީ ވަނީ އެ ހެކިންގެ ހެކިބަސް ނުނެންގެވުމަށް ނިންމަވާފައެވެ.

މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލުންވެސް ވަނީ ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ތެރެއިން މިހާރު ހެކިބަސް ނުނެގި ތިބި ފަރާތްތަކުގެ ހެކިބަސް ނަގަން ދައުލަތުން އިތުރަށް ބޭނުންނުވާކަމަށް ބުނެފައެވެ. އެއީ މި މައްސަލައިގައި ހުށައެޅިފައިވާ ސިއްރު ހެކިން ތަކެކެވެ.

ދައުލަތުން ވަނީ މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ކާފީ ހެކިބަސް ލިބިފައިވާކަން ބަޔާންކޮށްފައެވެ.

ވުމާއެކު، ގާޒީ އަލީ އާދަމް ވަނީ މި މައްސަލައިގެ ހެކިބަސް ނެގުން ނިމުނީކަން އިއުލާނު ކުރައްވާފައެވެ. ދެން އޮންނާނީ މި މައްސަލައިގެ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމެވެ.

މި މައްސަލައިގައި 6 ނޮވެމްބަރު 2022 ގައި ބޭއްވި އަޑުއެހުމެއްގައި ދައުލަތުގެ ސިއްރު ހެއްކަކު ވަނީ އޭނާގެ ނަން ހާމަކޮށް، މައްސަލައާ ގުޅޭ ވާހަކަތަކެއް ދައްކާފައެވެ.

އަޑުބަދަލުކޮށްގެން ކާކުކަން ނޭނގޭ ގޮތަށް އެ ހެކިވެރިޔާގެ ހެކިބަސް ނަގަން ފެށުމާ އެކު، ހެކިވެރިޔާ ވަނީ ތަކުރާރުކޮށް އޭނާގެ ނަން ބުނެ، ދައުވާ ލިބޭ ފަރާތްތަކާއި ދެކޮޅަށް ހެކިބަސް ދިނުމަށް އޭނާ އަށް މަޖުބޫރު ކުރަމުންދާކަމަށް ބުނެފައެވެ. އެގޮތުން ހެކިބަސް ދިނުމަށް މަޖުބޫރުކޮށް އޭނާ އަށް އަނިޔާކޮށްފައިވާކަމުގެ ތުހުމަތު އޭނާ ވަނީ ކޮށްފައެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

23 މާރިޗު 2017
މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް