Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނި މެނޭޖް ކުރުން

ކުނި ބިލް: 3 ބިލަށް ފައިސާ ނުދައްކައިފިނަމަ ކުނި މެނޭޖުކުރުމުގެ ޚިދުމަތް މެދުކަނޑާލުމުގެ އިހުތިޔާރު އޮވޭ

29 މެއި 2023 | ހޯމަ 05:56

ބިލް ޓައިކުރުމުގެ އެއްބަސްވުމުގައި ސްޓެލްކޯއާއި ވެމްކޯއާ ދެމެދު ވަނީ ސޮއިކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 މެއި 2023 | ހޯމަ 05:56
މާލޭގެ މަގުތައް ސާފުކުރުމުގައި ހަރަކާތްތެރިވާ އަންހެނުން މަގުމަތި ސާފުކުރުމުގައި

މާލޭގެ މަގުތައް ސާފުކުރުމުގައި ހަރަކާތްތެރިވާ އަންހެނުން މަގުމަތި ސާފުކުރުމުގައި

ކުނި މެނޭޖްކުރުމުގެ ޚިދުމަތަށް ރަޖިސްޓްރީ ކުރުމާއި، ބިލު ކުރުމާބެހޭ ޤަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

މި ޤަވާއިދަކީ އާންމު ބޭނުންތަކުގެ ޚިދުމަތެއްގެ ގޮތުގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތަކުން ޚިދުމަތަށް ފީ ނެގުމުގައ،ި ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތުން އަމިއްލައަށް ފީ ނަގައިގެން ނުވަތަ އާންމު ބޭނުންތަކުގެ ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދޭ އެހެން ޚިދުމަތެއްގެ ބިލުގައި ހިމަނައިގެން އަގު ނެގުމުގެ އިޖުރާއަތުތަކާއ،ި އެ ޚިދުމަތަށް ރަޖިސްޓަރީކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރުމަށް ޓަކައ،ި ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

Advertisement - newsAdvertisement

ކުނި މެނޭޖުކުރުމުގެ ޚިދުމަތަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް ބިލުކުރުމުގައި ބިލުކުރެވޭ ތާރީޚުން ފެށިގެން ބިލު ދެއްކުމަށް ޓަކައި 30 ދުވަހުގެ މުއްދަތެއް ދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި ވިދިވިދިގެން 3 ބިލަށް ފައިސާ ނުދައްކައިފިނަމަ، ކުނި މެނޭޖުކުރުމުގެ ޚިދުމަތް މެދުކަނޑައިލުމުގެ އިޚުތިޔާރު ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތަށް ލިބިގެންވެއެވެ.

އަދި މެދުކަނޑާލަފައިވާ ޚިދުމަތް އަލުން ފޯރުކޮށްދިނުމުގައ،ި ނުދައްކައި ހުރި ބިލުތަކުގެ ފައިސާއާއެކު ޚިދުމަތް އަލުން ފޯރުކޮށްދޭން 50 ރުފިޔާގެ ފީއެއް ނެގުމުގެ އިޚްތިޔާރު ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތަށް ލިބިގެންވެއެވެ.

އެހެންނަމަވެސް، މި ގަވާއިދުގެ ދަށުން ދެ ޚިދުމަތެއްގެ ބިލު އެއްކޮށްލައިގެން އެއް ބިލެއްގެ ގޮތުގައި ބިލުކުރެވޭނަމަ، ބިލުކުރުމުގައްޔާއި ބިލު ނުދައްކާ ހާލަތުގައި ފިޔަވަޅުއެޅުމުގައި ޢަމަލުކުރާނ،ީ ކުނި މެނޭޖުކުރުމުގެ ބިލު އެއްކޮށްލެވުނު ޚިދުމަތަށް ބިލުކުރުމުގައި ޢަމަލުކުރާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިންކަަމަށް ބަޔާންކޮށްފައިވެއެވެ.

ކުނި މެނޭޖުކުރުމުގެ ޚިދުމަތަށް ކުރެވޭ ބިލު އާންމު ބޭނުންތަކުގެ އެހެން ޚިދުމަތެއްގެ ބިލުގައި ހިމަނާފައިވާ ޙާލަތުގައި ބިލު ދެއްކިކަމަށް ބަލާނީ އެ ބިލުގައި ހިމެނޭ ހުރިހާ ފައިސާއެއް ދައްކައި ޚަލާޞް ކުރުމުންނެވެ.

ވެމްކޯގެ ބިލް ކަރަންޓު ބިލުގެ ތެރޭގައި ހިމެނިގެންދިއުމާއެކު ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ގޭބީސީއެއް ވަނީ ކުނީގެ ޚިދުމަތަށް ރަޖިސްޓްރީވެފައެވެ. މިހާރު ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީވެފައިވަނީ 24،000 ގޭބީސީއެވެ.

ބިލް ޓައިކުރުމުގެ އެއްބަސްވުމުގައި ސްޓެލްކޯއާއި ވެމްކޯއާ ދެމެދު ސޮއިކޮށްފައިވަނީ އާދީއްތަ ދުވަހު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ބިލް ޓައިކުރުމުގެ މަޝްވަރާތައް އެންމެ ފުރަތަމަ ފެށިގެންދިޔައިރު ވެމްކޯއިން ބުނަމުންދިޔައީ 01 އޭޕްރީލް 2023ން ފެށިގެން ވެމްކޯގެ ބިލު، ސްޓެލްކޯގެ ކަރަންޓު ބިލުގެ ތެރޭގައި ހިމެނޭނެ ކަމަށެވެ. އެހެންނަމަވެސް ގިނަ މަޝްވަރާތަކަކަށްފަހުގައި ބިލު އެއްކޮށްލުމުގެ އެއްބަސްވުމަކާ ހަމައަށް އާދެވިފައިވަނީ ދެ މަސް ފަހުންނެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް