Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ފުލަމް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ތިން ވަނައިގައި ނިންމާލައިފި

މެންޗެސްޓާ ޔުނައިޓެޑު ވަނީ މި ސީޒަނުގައި އެފްއޭ ކަޕުގެ ފައިނަލަށްވެސް ދަތުރުކޮށްފަ

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 29 މެއި 2023 | ހޯމަ 05:48
މެންޗެސްޓާ ޔުނައިޓެޑުގެ ސަންޗޯ

މެންޗެސްޓާ ޔުނައިޓެޑުގެ ސަންޗޯ

އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ފަހު މެޗުގައި ފުލަމް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ތާވަލުގެ ތިން ވަނައިގައި ސީޒަން ނިންމާލައިފިއެވެ.

އާދިއްތަ ދުވަހު މެންޗެސްޓާގެ އޯލްޑް ޓްރޮފޯޑްގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ކުރީކޮޅު ފުލަމް އިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 19 ވަނަ މިނެޓުގައި އެ ލަނޑު ފުލަމްއަށް ޖަހާދިނީ ކެނީ ޓެޓޭއެވެ. އޭގެ ހަ މިނެޓުފަހުން ފުލަމް އަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް ފުލަމްގެ އެލެކްޒާންޑާ މިޓްރޮވިޗު ފޮނުވާލި ޕެނެލްޓީ، ޔުނައިޓެޑުގެ ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖޭޑަން ސަންޗޯއެވެ. އަދި ޔުނައިޓެޑު މޮޅުކޮށްދިން ލަނޑު މެޗުގެ 55 ވަނަ މިނެޓުގައި ޖަހާފައިވަނީ ބްރޫނޯ ފެނާންޑެޒްއެވެ.

ޔުނައިޓެޑުން ލީގު ނިންމާލީ 75 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. މެޗުން ބަލިވި ފުލަމް އޮތީ ތާވަލުގެ 10 ވަނައިގައެވެ. އެއީ މި ސީޒަނުގައި ޕްރިމިއަރ ލީގާ ގުޅުނު ފުލަމްއަށް ބޮޑު ކާމިޔާބެކެވެ.

މެންޗެސްޓާ ޔުނައިޓެޑު ވަނީ މި ސީޒަނުގައި އެފްއޭ ކަޕުގެ ފައިނަލަށްވެސް ދަތުރުކޮށްފައެވެ. ސިޓީ އާ ބައްދަލުކުރާ މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ތިންވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް