Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ދަނޑުވެރިކަން ކުރުން

ސަރުކާރު ވަޒީފާއިން ލިބޭ މުސާރާއިން ނުފުދިގެން ޝަކުވާކޮށްލަކޮށްލާ ހުންނާނީތަ، ނޫނީ...؟

ވަޒީފާއިން ލިބޭ އާމްދަނީއަކީ، އަދުގެ ހާލަތަށް ބަލާއިރު، އެންމެ އެކަށީގެންވާ މިންވަރެއް ނޫން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 29 މެއި 2023 | ހޯމަ 02:30
ސަރުކާރު ވަޒީފާ ދޫކޮށް ދަނޑުވެރިކަމަށް ނުކުތް ލީބިޔާގެ ޒުވާނާ އަލް-ތާމީ

ސަރުކާރު ވަޒީފާ ދޫކޮށް ދަނޑުވެރިކަމަށް ނުކުތް ލީބިޔާގެ ޒުވާނާ އަލް-ތާމީ

ޒަމާނުއްސުރެ މުޖުތަމަޢެއްގެ ތެރޭގައި ދައުރުވާ ޚިޔާލުތަކުގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުންވެސް ފާހަގަވާ އެއް ފިކުރަކީ، ސަރުކާރު ވަޒީފާއެއް އޮތުމުގެ މުހިންމު ކަމުގެ ފިކުރެވެ. އަމިއްލަ މަސައްކަތެއް ކޮށްގެން، އަމިއްލަ ފައިމައްޗަށް ތެދުވެ، ދިރިއުޅުން އާރާސްތު ކުރުމަކީ އެކަމުގައި ނުރައްކާތަކެއް އޮތް ކަމެއް ކަމުގައި ދެކެވި، ވީ ހާލަކައިގެން ސަރުކާރު ވަޒީފާއެއް އަދާ ކުރެވޭތޯ ބަލާ މީހުން މަދެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިކަން އޮތީ ހަމަ މިހެންނެވެ. ނަމަވެސް، ޒަމާނަށް އައިސްފައިވާ އެދެވޭ، އަދި ނޭދެވޭ ބަދަލުތަކާއެކު، ކޮންމެހެންވެސް ސަރުކާރު ވަޒީފާއެއްގައި އުޅެން ޖެހޭ ކަމުގެ ފިކުރު ދަނީ ފަނޑުވަމުންނެވެ. ދިރިއުޅުމުގެ ޙަޤީޤީ މައިދާނަށް ލޯހުޅުވޭ ހިސާބުން، އެ ފިކުރަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށައެވެ.

ލީބިޔާއަށް އުފަން މަރްވާން އަލް-ޠާމީއަކީ، އޭނާއަށް ލިބެމުން ދިޔަ ސަރުކާރު ވަޒީފާގެ މުސާރައަކަށް ބަރޯސާ ވުމުގެ ބަދަލުގައި، އަމިއްލަ މަސައްކަތުން ދިރިއުޅުން އާރާސްތު ކުރުމުގެ ވަރުގަދަ ޢަޒުމުގައި ތެދުވި މީހެކެވެ. ސަރުކާރުގައި އަދާ ކުރަމުން ދިޔަ ވަޒީފާއިން ލިބޭ އާމްދަނީއަކީ، އަދުގެ ހާލަތަށް ބަލާއިރު، އެންމެ އެކަށީގެންވާ މިންވަރެއް ނޫން ކަން ޤަބޫލުކޮށް، މަރްވާންގެ މިޞްރު، ދަނޑުވެރިކަމުން ނަފާ ހޯދުމާ ދިމާއަށް ބެހެއްޓިއެވެ. އޭނާގެ ޢާއިލާގެ މިލްކިއްޔާތުގައި އޮތް ބިމެއްގައި ދަނޑުވެރިކަމުގެ މަސައްކަތް ފަށާ، ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ޖައްސަން ފެށިއެވެ.

ދެ ދަރިންގެ ބައްޕައެއްގެ މަޤާމުގައި ހުރި މަރްވާން ކިޔައިދިން ގޮތުގައި ސަރުކާރުގައި ވަޒީފާ އަދާކޮށްގެން ލިބޭ އާމްދަނީއިން ދިރިއުޅުމަކީ އިންތިހާއަށް ދަތި ކަމެކެވެ. އަތްމަތި ދަތިވެ، އިޖުތިމާޢީ ބައެއް ހަރަކާތްތަކުންވެސް ދަރިން މަޚްރޫމު ކުރަން ޖެހޭ ފަހަރު އަންނަ ކަމަށް މަރްވާން ބުންޏެވެ.

ވެރިރަށް ތުރާބުލުސްއާ ދާދި ކައިރީގައި އޮންނަ ޤަސްރް އަލް-އަޚްޔާރްގައި މަރްވާން ގެންގުޅޭ ދަނޑުގައި، އެކި ކަހަލަ ތަރުކާރީއާއި ފަތްޕިލާވެލީގެ ބާވަތްތައް ހައްދައެވެ. ފިޔާ، ލޭޑީޒް ފިންގަރޒްއާއި ޓޮމާޓޯއަކީ މަރްވާންގެ ދަނޑަށް ތިޔާގި ބާވަތްތަކެކެވެ. މަޤްޞަދަކީ، ވީހާވެސް އާދައިގެ ބާވަތްތައް ހައްދައިގެން އަތްމަތި ތަނަވަސް ކުރުން ކަމަށް މަރްވާން ކިޔައިދިނެވެ.

ލީބިޔާގައި ޚުދުމުޚުތާރު ވެރިކަމެއް ކުރަމުން ދިޔަ މުޢަމަރު އަލް-ގައްޛާފީގެ ވެރިކަން ވައްޓާލުމަށް، ހުޅަނގުގެ އަސްކަރީ އިއްތިހާދު (ނޭޓޯ) އިސްވެ އޮވެގެން 2011 ވަނަ އަހަރު އެ ޤައުމުގައި ހިންގި ގެންދިޔަ ހަރަކާތްތަކަށް ފަހު، ލީބިޔާއަށް އަދިވެސް ފުރިހަމަ ހަމަޖެހުމެއް ލިބިފައެއް ނުވެއެވެ. ޤައުމުގެ އެކި ހިސާބުތަކުގެ ކޮންޓްރޯލް އޮންނަނީ އެކި މީހުންނަށެވެ. ސިޔާސީ އަދި އަސްކަރީ ބާރުތަކުގައި މެދުގައި ޤައުމު އޮތީ ބައިބައިވެފައެވެ.

މި ހަމަނުޖެހުންތަކުގެ ސީދާ އަސަރު، ލީބިޔާގެ އިޤްތިޞާދަށްވެސް ދަނީ ކުރަމުންނެވެ. ނަމަވެސް، ބުރަ މަސައްކަތުން ލިބޭ އެއްޗަކުން، އޭނާގެ ޢާއިލާއަށް ތަނަވަސް ދިރިއުޅުމެއް ހޯދާ ދެވިދާނެ ކަމަށް މަރްވާން ޢުއްމީދު ކުރެއެވެ.

ޤަސްރް އަލް-އަޚްޔާރްއަކީ ތުރާބުލުސްގެ އިރުން، 75 ކިލޯމީޓަރު ދުރުގައި އޮންނަ، ރަށްފުށު ސިޓީއެކެވެ. އާމްދަނީއަށް ލިބޭ އެއްޗަކާއި ދިރިއުޅުމުގެ ޚަރަދުތައް ނުބައްދަލު ކަމަށް ބުނެ ޝަކުވާ ކުރަން ހުރުމުގެ ބަދަލުގައި، މަރްވާން އިސް ކުރީ، އަމިއްލަ މަސައްކަތުން އޭނާގެ ދިރިއުޅުން އުޖާލާ ކުރުމަށެވެ. އެއްޗެއް ހާސިލު ކުރުމަށްޓަކާ، އެއްޗެއް ޤުރުބާން ކުރަން ޖެހެއެވެ. އެއީ ޒަމާނުއްސުރެ މުޖުތަމަޢުގައި ހަރުލާފައި އޮންނަ ބޯދާ ފިކުރަކާ ދެކޮޅަށް ތެދުވުން ކަމުގައި ވީ ނަމަވެސްއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ނިއުޓަން" އަށް ލިބޭ ތަރުހީބު އިތުރުވަނީ

"ނިއުޓަން" އަށް ލިބޭ ތަރުހީބު އިތުރުވަނީ

27 ސެޕްޓެމްބަރު 2017
ކައިވެނި ކޮށްފިނަމަ އަހަރެން ބޭނުންވާ އެކަނިވެރިކަމެއް ނުލިބޭނެ: އަކްޝޭ ކަންނާ

ކައިވެނި ކޮށްފިނަމަ އަހަރެން ބޭނުންވާ އެކަނިވެރިކަމެއް ނުލިބޭނެ: އަކްޝޭ ކަންނާ

10 ޖުލައި 2017
ދުވަސް ވީ ވަރަކަށް ފިލްމުކުޅުމަށް ލިބޭ ފުރުސަތުތައް މަދުވޭ: ހެމާ

ދުވަސް ވީ ވަރަކަށް ފިލްމުކުޅުމަށް ލިބޭ ފުރުސަތުތައް މަދުވޭ: ހެމާ

19 މެއި 2017
ހެޕަޓައިޓިސް މުޅިން ނައްތާލުމަށް ސަރުކާރުގެ އެހީ ބޭނުންވޭ: އަމީތާބު

ހެޕަޓައިޓިސް މުޅިން ނައްތާލުމަށް ސަރުކާރުގެ އެހީ ބޭނުންވޭ: އަމީތާބު

13 މެއި 2017
"ބާހްބަލީ 2" ނުބެލުމުން ވަޒީފާއިން ވަކިކޮށްފި

"ބާހްބަލީ 2" ނުބެލުމުން ވަޒީފާއިން ވަކިކޮށްފި

11 މެއި 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު