Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

25 މެޗަށްފަހު މެންޗެސްޓަރ ސިޓީ ބަލި

29 މެއި 2023 | ހޯމަ 02:27

ލީގު ޗެމްޕިއަން ބަލިވީ ލީގުގެ ފަހު މެޗުން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 29 މެއި 2023 | ހޯމަ 02:27
ސިޓީ ކޮޅަށް ލަނޑު ޖެހުމަށްފަހު ބްރެންޓްފޯޑްގެ ޕިނޮކް

ސިޓީ ކޮޅަށް ލަނޑު ޖެހުމަށްފަހު ބްރެންޓްފޯޑްގެ ޕިނޮކް

އިނގިރޭސި ޗެމްޕިއަން މެންޗެސްޓަރ ސިޓީ 25 މެޗަށްފަހު ބަލިވެއްޖެއެވެ.

މި ސީޒަންގެ ލީގު ޗެމްޕިއަންކަން ހޯދާ, ތަށި ވެސް އުފުލާލާފައިވާ މެންޗެސްޓަރ ސިޓީ ބަލިވީ ލީގުގައި ކުޅުނު ފަހު މެޗުގައި ބްރެންޓްފޯޑް އަތުންނެވެ. މެޗުން ބްރެންޓްފޯޑް މޮޅުވީ 1-0 ނެވެ. މުހިއްމު ކުޅުންތެރިން ނުހިމަނާ ގިނަ ބަދަލުތަކަކާއެކު ނުކުތް ސިޓީ ކޮޅަށް ބްރެންޓްފޯޑުން ލަނޑު ޖެހީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށެވެ. ލަނޑު ޖެހީ ޕިނޮކްއެވެ. ސިޓީ ބަލިވިއިރު ސީޒަންގައި އެޓީމަށް އަދި ދެ ފައިނަލް އެބައޮތެވެ. އޭގެތެރޭގައި މިހާތަނަށް ލިބިފައިނުވާ ތަށި ހޯދަން އޮތް ރަނުގެ ފުރުޞަތު ހިމެނެއެވެ. އެއީ ޗެމްޕިއަންސް ލީގު ފައިނަލެވެ. އޭގެއިތުރުން އެފްއޭކަޕް ފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނީ ވެސް މެންޗެސްޓަރ ސިޓީއެވެ.

މެޗުން މޮޅުވެ ބްރެންޓްފޯޑުން އުއްމީދުކުރީ ޔޫރޮޕްގެ މުބާރާތަކުން ޖާގަ ލިބޭނެކަމަށެވެ. އެކަމަކު އެކަން ވާންއޮތީ އެސްޓަންވިލާއާއި ޓޮޓެންހަމް އިން ޕޮއިންޓު ގެއްލުވާލައިގެންނެވެ. އެއް ވަގުތެއްގައި ކުޅުނު މެޗުތަކުން އެސްޓަން ވިލާއާއި ޓޮޓެންހަމް ވެސް މޮޅުވިއެވެ. އެހެންކަމުން ހަތްވަނަ ޖާގަ ލިބުނީ އެސްޓަން ވިލާއަށެވެ. ބްރެންޓްފޯޑް ލީގު ނިންމާލީ ޓޮޓެންހަމްގެ ފަހަތުން ނުވަވަނާގައެވެ. ފަސްވަނަ ހޯދީ ލިވަޕޫލް އަދި ހަވަނާގައި ނިންމީ ބްރައިޓަންއެވެ. ނަތީޖާތަކާއެކު ކްލަބްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔޫރަޕިއަން ކްލަބް މުބާރާތެއްގައި ކުޅުމުގެ އުއްމީދު ބްރެންޓްފޯޑަށް ގެއްލުނެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް