Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެކްސިޑެންޓު

އެކްސިޑެންޓުގައި އަނިޔާވާ މީހާއަށް އާންމުން އެހީވާން އުޅުމުގެ ތެރޭގައި އިތުރު އަނިޔާތައް ލިބޭ

އެންމެ ފުރަތަމަ ސަމާލުކަމެއް ދޭންވީ އެމްބިއުލާންސަކަށް ގުޅައި ސިއްހީ އެހީ ދިނުމަށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 28 މެއި 2023 | އާދީއްތަ 17:20
ޑރ. އިބްރާހީމް އިޔާޒު

ޑރ. އިބްރާހީމް އިޔާޒު

އެކްސިޑެންޓުތަކުގައި އަނިޔާވާ މީހާއަށް އާންމުން އެހީތެރިކަން ފޯރުކޮށްދޭން އުޅުމުގެ ތެރޭގައި ބައެއް ފަހަރު އެމީހާއަށް އިތުރު އަނިޔާތަކެއް ލިބިގެންދާކަމަށް، ޑރ. އިބްރާހީމް އިޔާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޑރ. އިޔާޒު ވިދާޅުވީ، އެކްސިޑެންޓުތަކުގައި އަނިޔާވާ މީހުންނަށް ކައިރީގައި ތިބޭ މީހުން އެހީވުމަކީ ދިވެހިންގެ ތެރެއިން އަބަދުވެސް ފާހަގަވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް މިގޮތަށް އަނިޔާވާ މީހާއަށް އެހީވާން އުޅުމުގެ ތެރޭގައި އެމީހާއަށް އިތުރު އަނިޔާތަކެއް ލިބޭތަން އަންނަކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިގޮތުން ހެލްމެޓު އަޅައިގެން ދުއްވަމުންދިޔަ މީހެއްގެ ބޮލަށް ލިބޭ ގެއްލުން ކުޑަކޮށްދިންނަމަވެސް، އެކްސިޑެންޓުވާ ހާލަތުގައި އެމީހާގެ ގައިގެ އެހެން ގުނަވަންތަކަށް ސީރިއަސް އަނިޔާތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.

ޑރ. އިޔާޒު ވިދާޅުވީ މިފަދަ ހާލަތްތަކުގައި އަބަދުވެސް ބާރުއަޅުއްވަނީ އެންމެ ފުރަތަމަ އެމްބިއުލާންސަކަށް ގުޅައި އެމީހާއަށް ދޭންޖެހޭ ސިއްހީ ފަރުވާ ދިނުމަށް ކަމަށެވެ.

މިފަހަކަށް އައިސް މާލޭ ސަރަހައްދުގައި ގިނަ އަދަދަކަށް އެކްސިޑެންޓުތައް ހިނގާފައިވާއިރު އެކްސިޑެންޓުތަކުގައި އެކި ވަރުވަރުގެ އަނިޔާވެސް ލިބިފައިވެއެވެ.

އިތުރަށް ކިޔާލަން

05 އޯގަސްޓު 2017

ފުލުސް މީހާއަށް ހަމަލާދިނީ ވައަތު ކޮނޑާ މެއާ ދޭތެރެއަށް : ފުލުހުން

05 އޯގަސްޓު 2017
ފުލުސް މީހާއަށް ހަމަލާދިނީ ވައަތު ކޮނޑާ މެއާ ދޭތެރެއަށް : ފުލުހުން
23 ޖޫން 2017

އައްޑޫގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެނެސްފި

23 ޖޫން 2017
އައްޑޫގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެނެސްފި
18 ޖޫން 2017

ފުވައްމުލަކު އެކްސިޑެންޓުގައި ހާލުބޮޑުވި މީހާ މާލެ ގެނެސްފި

18 ޖޫން 2017
ފުވައްމުލަކު އެކްސިޑެންޓުގައި ހާލުބޮޑުވި މީހާ މާލެ ގެނެސްފި
17 ޖޫން 2017

ފުވައްމުލަކު އެކްސިޑެންޓުގައި ހާލުބޮޑުވި މީހާ މާލެ ނުގެނެވި އައްޑޫ އަށް

17 ޖޫން 2017
ފުވައްމުލަކު އެކްސިޑެންޓުގައި ހާލުބޮޑުވި މީހާ މާލެ ނުގެނެވި އައްޑޫ އަށް
02 ޖޫން 2017

 ރޯދަވީއްލުމެއް ދިނުމަކީ ތިމާއަށް އެރޯދަ ހިފި މީހާއަށް ލިބޭ ފަދަ ދަރުމަ ލިބިގެންދާކަމެއް: ހުކުރު ޚުތުބާ

02 ޖޫން 2017
 ރޯދަވީއްލުމެއް ދިނުމަކީ ތިމާއަށް އެރޯދަ ހިފި މީހާއަށް ލިބޭ ފަދަ ދަރުމަ ލިބިގެންދާކަމެއް: ހުކުރު ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު