Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާގެ މަޖިލީސްކުރާ އައު އިމާރާތް

އިންޑިޔާގައި މަޖިލީސްކުރާ އައު އިމާރާތެއް ހުޅުވައިފި

28 މެއި 2023 | އާދީއްތަ 13:46

އައު އިމާރާތެއް ހުޅުވިނަމަވެސް ބައު އިމާރާތްވެސް އަދި އެކި ކަންކަމަށް ބޭނުންކުރާނެ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 28 މެއި 2023 | އާދީއްތަ 13:46
އިންޑިޔާގެ އައު މަޖިލީސްކުރާ ގެ

އިންޑިޔާގެ އައު މަޖިލީސްކުރާ ގެ

އިންޑިޔާގައި ރައްޔިތުންގެ މަޖިލީހުގެ އައު އިމާރާތެއް ހުޅުވައިފިއެވެ. އިދިކޮޅު ފަރާތްތަކުގެ އިހުތިޖާޖްތަކާއި ބޯއިކޮޓްތަކާއެކު, އާދީއްތަ ދުވަހު ހެނދުނު އިމާރާތް ހުޅުވާދެއްވާފައިވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. ރަސްމިއްޔާތު ކުރިޔަށްދިއައިރު, ދެކޮޅުހެދުމާއި އިހުތިޖާޖުގައި ބައިވެރިވި ބައެއް ފަރާތްތައް ވަނީ ހައްޔަރުކޮށްފައެވެ. މީގެތެރޭގައި އިދިކޮޅު ކޮންގްރެސް ޕާޓީގެ ބައެއް އިސް މެމްބަރުންނާއި ބައެއް އަންހެން ރެސްލަރުންވެސް ހިމެނެއެވެ.

އިންޑިޔާގައި އަލަށް ހުޅުވުނު ރައްޔިތުންގެ މަޖިލީސްކުރާ ގެއަކީ އިނގިރޭސީންގެ ދަށުގައި އެގައުމު އޮތްއިރު އަޅާފައިވާ މަޖިލީސް އިމާރާތް ބާވެ، ވަސީލަތުގެގެ ގޮތުންވެސް ޒަމާނީ ކަންކަން ތައާރަފްކުރުމަށްޓަކައި އެޅި އައު އިމާރާތެކެވެ.

އައު މަޖިލީސްކުރާގެ ހުޅުވުމުގެ ރަސްމިއްޔާތު ފަށާފައިވަނީ ހެދުނު ހަތެއްޖެހިއިރުއެވެ. އިމާރާތް ހުޅުއްވައިދެއްވުމުގެ ގޮތުން ބޮޑުވަޒީރު މޯދީ ވަނީ ޚާއްސަ ޕްލާކެއް ކަޝްފުކޮށްދެއްވާފައެވެ. އެއަށްފަހު މެމްބަރުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވާފައި ވެއެވެ. މޯދީގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، މިއަދު ހުޅުވިގެން މިދިޔައީ ހަމައެކަނި އިމާރާތެއް ނޫންކަމަށާއި، އެއީ އިންޑިޔާގެ 1.4 ބިލިއަން މީހުންގެ އުންމީދުތަކާއި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަގު ކޮށައިދޭ މަރުކަޒު ކަމުގައެވެ. އަދި އެއީ އިންޑިޔާ ރައްޔިތުންގެ ވަރުގަދަ އަޒުމް ދުނިޔެއަށް ހާމަކޮށްދޭނެ ބިނާއެއްކަމަށް ވިދާޅުވެފައިވެއެވެ.

އިދިކޮޅު މައި ޕާޓީކަމަށްވާ ކޮންގްރެސްޕާޓީގެ ލީޑަރު ރާހުލް ގާންދީ ވަނީ މޯދީ މިރަސްމިއްޔާތު ބޭނުންކުރެއްވީ "ކޮރޮނޭޝަން ސެރެމަނީ" ނުވަތަ ތަޚުތަށް ވެޑުވުމުގެ ރަސްމިއްޔާތެއްގެ ގޮތަށް ކަމަށް ވިދާޅުވެ ޓްވީޓްކުރައްވާފައެވެ.

މިދިޔަ ހަފުތާގައި (ކޮންގްރެސް ހިމެނޭ ގޮތުން) 19 ޕާޓީއަކުން ވަނީ މަޖިލީހުގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބޯއިކޮޓް ކުރާނެކަން އިއުލާންކޮށްފައެވެ. އެފަރާތްތަކުން ބޭނުންވަނީ ދައުލަތުގެ އެންމެ އިސްވެރިޔާ ރައީސް މުރްމޫ އިމާރާތް ހުޅުއްވައިދެއްވުމަށެވެ. އަދި ހުޅުވަން ނިންމި ތާރީޚާމެދުވެސް އިދިކޮޅު ފަރާތްތަކުން ހިތްހަމަނުޖެހެއެވެ.

އޮލިމްޕިކް މެޑަލިސްޓުން ހިމެނޭގޮތުން އިންޑިޔާގެ އެންމެ މޮޅު ރެސްލަރުން ދަނީ، ރެސްލިންގ ފެޑަރޭޝަންގެ ރައީސް ބްރިޖްބޫޝަން ސިންގަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށް، އޭނާމަގާމުން ވަކިކުރުމަށްގޮވާލައި މުޒާހަރާތަކެއް ކުރަމުންނެވެ. ސިންގަކީ ބީޖޭޕީއަށް ނިސްބަތްވާ ނުފޫޒުގަދަ، މަޖިލީސް މެމްބަރަކަށް ވާއިރު، އޭނާއާ ދެކޮޅަށް, މިއަދުގެ ރަސްމިއްޔާތާ ދިމާކޮށްވެސް ރެސްލަރުން އަޑުއުފުލާފައިވެއެވެ.

އިންޑިޔާގައި ރައްޔިތުންގެ މަޖިލީސްކުރާ އައު އިމާރާތެއް ހުޅުވިނަމަވެސް ބައު އިމާރާތްވެސް އަދި އެކި ކަންކަމަށް ބޭނުންކުރާނެ ކަމަށް ވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

މެސީގެ ބައްޕަ މަރުވެއްޖެ

5

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

އިތުރަށް ކިޔާލަން

29 ޖުލައި 2017

އަގްސާ މިސްކިތް ހުޅުވައިފި

29 ޖުލައި 2017
އަގްސާ މިސްކިތް ހުޅުވައިފި
22 ޖޫން 2017

ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވުން: ކެންސިންގޓަން ކައުންސިލްގެ ޗީފް އިސްތިއުފާ ދެއްވައިފި

22 ޖޫން 2017
ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވުން: ކެންސިންގޓަން ކައުންސިލްގެ ޗީފް އިސްތިއުފާ ދެއްވައިފި
19 ޖޫން 2017

ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވުން:"މިއީ އެތައް އަހަރެއްގެ އިހުމާލު" ކަމަށް މޭޔަރ ވިދާޅުވެއްޖެ

19 ޖޫން 2017
ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވުން:"މިއީ އެތައް އަހަރެއްގެ އިހުމާލު" ކަމަށް މޭޔަރ ވިދާޅުވެއްޖެ
14 ޖޫން 2017

ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވުން: މަރުވި މީހުންގެ އަދަދު 12 އަށް އަރައިފި

14 ޖޫން 2017
ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވުން: މަރުވި މީހުންގެ އަދަދު 12 އަށް އަރައިފި
14 ޖޫން 2017

ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

14 ޖޫން 2017
ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
18 މެއި 2017

ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި

18 މެއި 2017
ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި
13 މެއި 2017

ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި

13 މެއި 2017
ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
03 މާރިޗު 2017

ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި

03 މާރިޗު 2017
 ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް