Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސްގެ ފ އަތޮޅު ދަތުރުފުޅު

މި ފަށާފައިވާ ދަތުރު އިތުރު ފަސް އަހަރަށް ގެންދެވޭނެކަމުގެ ޔަގީންކަން ދަނީ ފެންނަމުން: ރައީސް

ފީއަލީ ބިންހިއްކުމުގެ މަޝްރޫއަށް ގެންނަންޖެހޭ ބަދަލުތަކާގުޅޭ މަޝްވަރާތައް ކުރައްވާނެކަމަށް ރައީސް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 28 މެއި 2023 | އާދީއްތަ 12:24
ރައީސް ފީއަލީގެ ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަނީ

ރައީސް ފީއަލީގެ ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަނީ

މި ސަރުކާރުން ރަށްތައް ތަރައްގީ ކުރުމަށް ފަށާފައިވާ ދަތުރު އިތުރު ފަސް އަހަރަށް ގެންދެވޭނެ ކަމުގެ ޔަގީންކަން މިހާރު ރާއްޖޭގެ ރަށްތަކުން ފެނިވަޑައިގަންނަވާކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އާދީއްތަ ދުވަހު ފ. ފީއައްޔަށް ވަޑައިގެން، އެ ރަށުގައި މި ސަރުކާރުން ހިންގާފައިވާ މަޝްރޫއުތަކުގެ ނިންމުން ފާހަގަކުރައްވައި ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ ފީއަލީގެ ރައްޔިތުންނަކީ އަބަދުވެސް ތަރައްގީއަށް އެދިއެދި ތިބޭ ބައެއް ކަމަށާއި، މިހާރު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާކަމަކީ އެ ރަށުގެ ބިން ހިއްކުން ކަމަށެވެ. އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އެމްޓީސީސީން ކުރަމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްދާއިރު އެ މަޝްރޫއުގެ ޕްލޭނަށް ބަދަލުތަކެއް ގެންނަންޖެހޭކަން ރައްޔިތުންގެ ފަރާތުން އަޑުއިވިފައިވާ ކަމަށެވެ. އެހެންވެ, ރައްޔިތުން އެދޭގޮތަށް އެ މަޝްރޫއު ހިންގުމަށްޓަކައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާ މަޝްވަރާ ކުރައްވާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

ރައީސް ވިދާޅުވީ ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ފީއަލީގައި އައު އިންޖީނުގެއަކާއި އޮފީސް އިމާރާތެއްގެ އިތުރުން މަސްވެރިންނަށް ބޭނުންވާ އައިސްޕްލާންޓެއް ގާއިމް ކުރެވިފައިވާއިރު، މިހާރުވެސް އެ ރަށުގައި ގިނަ މަޝްރޫއުތައް ކުރިއަށްގެންދާކަމަށެވެ. އަދި މިއަހަރުގެ ރިޔާސީ އިންތިހާބަށް އިޝާރާތް ކުރައްވައި، އެފަދަ ހުރިހާ ކަމަކާމެދު ވިސްނުމަށްވެސް ފީއަލީގެ ރައްޔިތުންގެ ފަރާތުން ރައީސް އެދިވަޑައިގެންނެވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އަދިވެސް ފީއައްޔަށް ވަޑައިގަންނަވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ރަށަށް ދެން ވަޑައިގަންނަވާނީ، ރައްޔިތުންނާ މަޝްވަރާކުރައްވައި ރައްޔިތުން ރަށުގައި ކުރިއަށްގެންދަން ބޭނުންވާ މަޝްރޫއުތައް ބެއްލެވުމަށްފަހު މި ސަރުކާރުން ދެވަނަ ދައުރެއްގައި ފީއައްޔަށް ކޮށްދެއްވާނެ ކަންކަމާއެކުގައި ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު