Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުން

ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުން ތަންފީޒްކުރުމަށް 1.3 ބިލިއަން ރުފިޔާ ބަޖެޓްކޮށް މަސައްކަތް ދަނީ ކުރިއަށް - މިނިސްޓަރު

މަދަރުސާތަކަށް ޢުމްރާނީގޮތުން ބޭނުންވާ ކުރިއެރުން ހޯދައި ދިނުމަށް ޖުމްލަ 247 މަޝްރޫޢު ހިންގާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 28 މެއި 2023 | އާދީއްތަ 09:56
އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ

އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ

ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ކަންކަން ތަންފީޒްކުރުމަށް 1.3 ބިލިއަން ރުފިޔާ ބަޖެޓްކޮށް، ޢިމާރާތްތައް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރު މިހެން ވިދާޅުވީ ފ. ބިލެއްދޫ ސްކޫލުގައި ސަރުކާރުން ތަރައްޤީކުރެއްވި މަލްޓިޕަރޕަސް ހޯލް ހުޅުއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން އެއް ދަންފަޅި އަށް ކިޔެވުން ބަދަލުކުރުމުގެ ކުރިން ދިރާސާއެއް ކޮށްފައިވާ ކަަމަށާއި އިމާރާތްތައް ކުރަން ފެށީ އެ ދިރާސާއަށް ފަހުގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 1700 އަށްވުރެ ގިނަ ކްލާސްރޫމްގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ޒުވާނުންނަކީ ބޭނުންތެރި ބަޔަކަށް ހެދުމަށް ޒުވާނުންނަށް ތައުލީމާއި ތަމްރީންފޯރުކޮށްދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދަރިވަރުން ތަރުބިއްޔަތުކުރުމުގައި ދަރިވަރުންނަކީ ކެރޭ ހުނަރުވެރި ބަޔަކަށް ހެދުމަށް އިސްކަން ދެއްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ދަރިވަރުންނަކީ އުނގެނުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށާއި ދަރިވަރުންގެ ކިބައިގައި ރަނގަޅު އަޚުލާގެއް އަށަގެންނެވުމަށް ވެސް ސަރުކާރުން އިސްކަން ދެއްވާ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާތަނަށް މި ވެރިކަމުގައި ތައުލީމީ ދާއިރާއަށާއި މަދަރުސާތަކަށް ޢުމްރާނީގޮތުން ބޭނުންވާ ކުރިއެރުން ހޯދައި ދިނުމަށް ޖުމްލަ 247 މަޝްރޫޢު ހިންގާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެތެރޭގައި 1716 ކްލާސްރޫމާއި، 92 މަލްޓިޕާޕޮސް ހޯލް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

ސްކޫލްތައް ބަންދު ކުރުމަށް ފަހު ޑާންސް ޕްރެކްސްޓިސް ކުރިއަށް ގެންދާ ކަމެއް ހެލްތަކަށް ނޭނގޭ!

16 މާރިޗު 2017
ސްކޫލްތައް ބަންދު ކުރުމަށް ފަހު ޑާންސް ޕްރެކްސްޓިސް ކުރިއަށް ގެންދާ ކަމެއް ހެލްތަކަށް ނޭނގޭ!
14 މާރިޗު 2017

ސްކޫލްތައް ބަންދު، އެކަމަކު ސައުދީ ރަސްގެފާނަށް ދެއްކުމަށް ނެށުން ކުރިއަށް!

14 މާރިޗު 2017
ސްކޫލްތައް ބަންދު، އެކަމަކު ސައުދީ ރަސްގެފާނަށް ދެއްކުމަށް ނެށުން ކުރިއަށް!
14 މާރިޗު 2017

ސްވައިން ފްލޫގައި އެކަކު މަރުވެ، ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދު

14 މާރިޗު 2017
ސްވައިން ފްލޫގައި އެކަކު މަރުވެ، ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދު
01 މާރިޗު 2017

ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް

01 މާރިޗު 2017
ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު