Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ130 ކިލޯ ޑްރަގް ކޭސް

130 ކިލޯ ޑްރަގް: ހެކިބަސް ނެގުން ފެށިގެން ކުރިއަށް

27 މެއި 2023 | ހޮނިހިރު 10:26

ތަހުގީގުގައި ޙަރަކާތްތެރިވި ފުލުހުންގެ ހެކިބަސް ނެގުންވެސް ކުރިއަށް ގެންގޮސްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 މެއި 2023 | ހޮނިހިރު 10:26
ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން

ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ހޮނިހިރު ދުވަހުގެ އަޑުއެހުމުގައި އޮތީ މި މައްސަލައިގެ ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން 10 ހެއްކެއްގެ ހެކިބަސް ނެގުމަށް އޮތީ ތާވަލު ކުރެވިފައެވެ.

Advertisement - newsAdvertisement

ފުރަތަމަ ހެކިވެރިޔާ މި އަޑުއެހުމަށް ހާޒިރުވެ، ހެކިވެރިޔާއާ އެއްވެސް ސުވާލެއްވެސް ކުރުމުގެ ކުރިން އޭނާ ވަނީ އެއްވެސް ކަމެއް މިހާރު ހަނދާނުގައި ނެތްކަމަށް ބުނެފައެވެ.

އޭނާ ބުނީ، އޭނާ ފުލުހުންގެ ތަހުގީގަށް ބަޔާން ދިނީވެސް އޭނާއަށް ލިބުނު އިންޒާރުތަކުގެ ސަބަބުން، ބިރުން ހުރެ ކަމަށެވެ. އެ ބަޔާން ދިންއިރު އޭނާއަށް ކިޔެނީ ކޮން އެއްޗެއްކަންވެސް ނޭނގޭކަމަށް އޭނާ ބުންޏެވެ.

ފުލުހުންނަށް ދިން ބަޔާނުގައި އޭނާ ސޮއިކުރީ އެ ބަޔާން ކިޔާފައެއްވެސް ނޫންކަމަށް އޭނާ ބުންޏެވެ.

ދެވަނައަށް ހާޒިރުކުރީ ފުރަތަމަ ހާޒިރުކުރި ހެކިވެރިޔާގެ ދަރިއެކެވެ.

ދައުލަތުން ބުނާ ގޮތުގައި ދައުވާލިބޭ ފަަރާތްތަކަށް އިންޖީނުގެ މަސައްކަތެއް ކޮށްދިނުމަށްފަހު ފުރަތަމަ ހެކިވެރިޔާއަށް ލިބެންޖެހޭ ފައިސާ ގެންގޮސްދިނީ މި ހެކިވެރިޔާއެވެ.

ހެކިވެރިޔާ ބުނީ، ދޯންޏެއްގެ އިންޖީނު ހެދުމަށް "ކައްޕި" ކިޔާ މީހަކު އެދުމުން އޭނާގެ ބައްޕަގެ ނަންބަރު ދީފައިވާނެ ކަމަށެެވެ.

މީގެ ކުރިން ދިވެހި ފުލުހުންގެ ޚިދުމަތަށް އޭނާ ދިން ބަޔާނުގައި ބުނެފައިވަނީ އިންޖީނުގެ މަސައްކަތް ކޮށްދޭން އެދި އައީ އަސީލް މާހިރު ކަމަށެވެ. އަސީލް މާހިރަކީ މި މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތެކެވެ.

ނަމަވެސް މިހާރު އެއީ ކާކުކަން ހަނދާނުގައި ނެތްކަމަށް މި އަޑުއެހުމުގައި އޭނާ ބުންޏެވެ.

މި އަޑުއެހުމުގައި އަސީލް ދެއްކުމަށްފަހު އެއީ އޭނާ ދަންނަ މީހެއްތޯ ސުވާލު ކުރުމުން އޭނާ ބުނީ، މިހާރު ކަށަވަރުކަމާއެކު ބުނަން ނޭނގޭ ކަމަށެވެ. ނަމަވެސް ބަޔާނުގައިވާނީ ސައްޙަ މައުލޫމާތުކަމަށް އޭނާ ބުންޏެވެ.

ތިންވަނައަށް ހާޒިރުކުރީ މީގެ ކުރިން ސަޕްލައި ދޯންޏެއް ގެންގުޅުނު މީހެކެވެ. އޭނާ ބުނާ ގޮތުގައި ތަކެތި ސަޕްލައި ކުރުމުގައި އެކި ފަރާތްތަކުގެ އެދުމުގެ މަތިން އެ ދޯނީގެ ބޭނުން ކޮށް އުޅެއެވެ. ނަމަވެސް ދޯނިން ދަތުރުކުރާނީ ދޯނީގެ އެ އިރެއްގެ ކެޕްޓަންކަަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ، އޭނާ އޭރު ފުލުހަށް ހާޒިރުކުރީ ދޯންޏެއް ކަފު ޖަހައިގެން ގެނައި މައްސަލައަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް މިހާރު އެކަމާ ގުޅޭ ކަންކަން މާ ބޮޑަށް ހަނދާނުގައި ނެތްކަމަށް އޭނާ ބުންޏެވެ.

ދައުލަތުން ވަނީ ހެއްކާބެހޭ ޤާނޫނުގެ ދަށުން ހަނދާން އައު ކުރުމަށްޓަކައި އެ ހެކިވެރިޔާ ދިވެހި ފުލުހުންގެ ޚިދުމަތަށް ދީފައިވާ ބަޔާން ދައްކާފައެވެ.

ބަޔާން ކިޔާލުމަށްފަހު ހެކިވެރިޔާ ބުނީ، ބަޔާނުގައި އެ ވަނީ އޭނާ ދައްކާފައިވާ ވާހަކަތައް ކަމަށެވެ.

އޭރު ދޯންޏެއް ހަލާކުވެގެން ކަފު ޖަހައިގެން ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، ނަމަވެސް އެއީ ދަންނަ ބައެއް ނޫންކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

ދަތުރު އިންތިޒާމު ކުރުމާ ގުޅޭ ވާހަކަތައް ދެއްކީ އަހުމަދު މޫސާ ކިޔާ މީހެއް ކަމަށާއި، ދަތުރުގެ ތެޔޮ އަޅަން ބޭނުންވާ ލާރި ދިނީ އަހުމަދު މޫސާކަމަށް އޭނާ ބުންޏެވެ. ހެކިވެރިޔާ ބުނި ގޮތުގައި ދަތުރުގެ އަގަކީ 80،000 ރުފިޔާއެވެ.

އޭރު ފުލުހުންގެ ތަހުގީގަށް ބަޔާން ދިންއިރު ދައުވާލިބޭ ފަރާތްތަށް އައިޑެންޓިފައި ކޮށްފައިވަނީވެސް އޭނާއަށް މުޅިން އެނގިގެން ނޫންކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

މީގެ އިތުރުން މި އަޑުއެހުމުގައި މި މައްސަލައިގެ ތަހުގީގުގައި ޙަރަކާތްތެރިވި ފުލުހުންގެ ހެކިބަސް ނެގުންވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މަސްތުވާތަކެތިކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް