Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ އެތައް "ޑިކޭޑް" އަކަށް ދެމިގެން ހިނގައިދާނެ: މެޑްވެޑޭވް

މެޑްވެޑޭވްއަކީ ވަރަށް ތަފާތު އެއްޗެތި ވިދާޅުވާކަމަށް މަޝްހޫރު ބޭފުޅެއް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 27 މެއި 2023 | ހޮނިހިރު 07:01
ރަޝިޔާގެ ކުރީގެ ރައީސް، ޑިމިޓްރީ މެޑްވެޑޭވް

ރަޝިޔާގެ ކުރީގެ ރައީސް، ޑިމިޓްރީ މެޑްވެޑޭވް

މިހާރު ކުރިޔަށްދާ ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ އެތައް ޑިކޭޑް (ދަހަރު) އަކަށް ދެމިގެން ހިނގައިދާނެކަމަށް ރައީސް ޕޫޓިންގެ ވަރަށް އަރިސް ބޭފުޅެއްކަމަށްވާ، ކުރިން ރަޝިޔާގެ ރައީސްކަންވެސް ކުރައްވާފައިވާ ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ އާރު.އައި.އޭ ނިއުސް އޭޖެންސީން ބުނިގޮތުގައި، މެޑްވެޑޭވް މިހެން ވިދާޅުވެފައިވަނީ ވިއެޓްނާމަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ. މެޑްވެޑޭވަކީ ވަރަށް ތަފާތު އެއްޗެތި ވިދާޅުވާކަމަށް މަޝްހޫރު ބޭފުޅެކެވެ. މިގޮތުން ޔޫކްރެއިންގެ ވެރިކަމުގެ ބާރުތަކަކީ "އިންފެކްޝަން" އެއް ކަމަށް މިދިޔަ މަހު ވިދާޅުވެފައި ވެއެވެ.

ޔޫކްރެއިން-ރަޝިޔާ ހަނގުރާމައާ ބެހޭގޮތުން މެޑްވެޑޭވް ވިދާޅުވިކަމަށް އާރު.އައި.އޭ ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައި ވާގޮތުގައި މިހަނގުރާމަ ވަރަށް ގިނަ ދުވަހަށް (ހީވާގޮތުން ވިއްސަކަށް އަހަރަށް، ނުވަތަ އެއަށްވުރެ ގިނަ ދުވަހަށްވެސް) ދެމިގެން ހިނގައިދާނެއެވެ. އޭނާ ވިދާޅުވިގޮތުގައި، ބައެއްގެ ގަދަ ބާރުން ދެތިން އަހަރަށް ހަނގުރާމަ މެދުކެނޑިދާނެ ކަމަށާއި، ނަމަވެސް އަނެއްކާވެސް ހަނގުރާމަ ފެށި، ދެތިން އަހަރަށް ހަމަލާތައް ދެމިގެންދާނެ ކަމަށެވެ. މިގޮތަށް މިކަން ތަކުރާރުވަމުން ގިނަ އަހަރުތަކަކަށް ދެމިގެންދާނެކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ޔޫކްރެއިނަކީ "ނާޓްޒީ" ދައުލަތެއްކަމަށް މޮސްކޯއިން ބުނަމުން އަންނަ ބުނުން މެޑްވެޑޭވް ތަކުރާރު ކުރެއްވިއެވެ.

ޖެނުއަރީ މަހު މެޑްވެޑޭވް ވިދާޅުވެފައިވާގޮތުން، މިހާރު ކުރިޔަށްދާ ޔޫކްރެއިން-ރަޝިޔާ ހަނގުރާމާގައި ރަޝިޔާ ބަލިވެއްޖެނަމަ ނިއުކްލިއަރ ހަނގުރާމައަކާ ހަމަޔަށް ދާނެއެވެ.

އަނެއްކޮޅުން ޚަބަރު ލިބޭގޮތުގައި، ޔޫކްރެއިން އޮފިޝަލުން ހުކުރު ދުވަހު ވިދާޅުވެފައިވާގޮތުގައި ރަޝިޔާއިން ފޮނުވާލި 10 މިސައިލް އަދި 20 ޑްރޯން ވައްޓާލެވިފައިވެއެވެ. ޔޫކްރެއިންގެ އިންފްރާސްޓްރަކްޗަރ ފެސިލިޓީތަކަށާއި، ލޮޖިސްޓިކް ޚިދުމަތްދޭ މުހިންމު ތަންތަނަށް އަމާޒުކޮށް، ރަޝިޔާއިން ދެމުންދާ ހަމަލާތައް މިމަހު އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. މިގޮތުން ބުރާސްފައްޗާއި ހުކުރުގައި އެކަނިވެސް ރަޝިޔާއިން 17 މިސައިލް ހަމަލާ، އަދި 31 ޑްރޯން ހަމަލާ ދީފައިވާކަމަށް ޔޫކްރެއިންގެ އެއާފޯހުން ބުނެފައިވެއެވެ.    

ރަޝިއާދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު