Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕެލޭ

ޕެލޭއަށް ހާއްސަ ދަނޑެއް ބާއްވައިދިނުމަށް ފީފާއިން އެދިއްޖެ

27 މެއި 2023 | ހޮނިހިރު 02:24

ތިން ފަހަރު ވޯލްޑްކަޕް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާ ކަމަށްވާ ޕެލޭ މަރުވީ މިދިޔަ ޑިސެމްބަރު މަހު

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 27 މެއި 2023 | ހޮނިހިރު 02:24
ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާ ޕެލޭ

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާ ޕެލޭ

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އެއްބަސްވާ ބްރެޒިލްގެ ޕްލޭގެ ޝަރަފުގައި، ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް އޭނާގެ ނަން ދީފައިވާ ދަނޑެއް ބޭއްވުމަށް ފީފާއިން ގޮވާލައިފިއެވެ.

އުމުރުން 82 އަހަރުގައި މިދިޔަ ޑިސެމްބަރު 29ގައި ޕްލޭ މަރުވުމާގުޅިގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިކަމަށް އެދުނީ، މިދިޔަ މަހު ރުވާންޑާގެ ކިގަލީގައި ބޭއްވި ފީފާގެ 73 ވަނަ އަހަރީ އާއްމު ޖަލްސާގައެވެ.

އޭގެ ކުރިން އޭނާ ވަނީ ރުވާންޑާގައި ޕެލޭއަށް ހާއްސަކުރި ކިގަލި ޕެލޭ ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވައި، ހާއްސަ މެޗެއްވެސް ކުރިއަށް ގެންދަވާފައެވެ.

ފީފާގެ 211 މެމްބަރު ގައުމުގެ ތެރެއިން، އުތުރު ކޮރެޔާއާއި ލަންކާފަދަ މަދު ގައުމުތަކެއް ފިޔަވައި، ބޭއްވި ކޮންގްރެސްގެ ތެރޭގައި އިންފަންޓީނޯ ވަނީ ކޮންމެ ގައުމެއްގައިވެސް ކޮންމެވެސް އެއް ސްޓޭޑިއަމަކަށް ޕެލޭގެ ނަން ދިނުމަށް އެދިވަޑައިގެންފައެވެ. މިގޮތުން ރާއްޖޭގެ ޕެލޭ ސްޓޭޑިއަމް ކަމަށް އެފްއޭއެމުން ހަމަޖައްސާފައިވަނީ އދ. މަހިބަދޫގައި ސަރުކާރުން ތައްޔާރުކޮށްފައިވާ ޓާފް ދަނޑެވެ. މިކަން ފާހަގަކުރުމަށް މަހިބަދޫ ޓީމާއި ގައުމީ ޓީމު މިއަދު ހަވީރު އެރަށުގައި ޕެލޭ ސްޓޭޑިއަމުގައި މެޗެއްވެސް ކުޅޭނެކަމަށް މަހިބަދޫ ކައުންސިލުން ވަނީ އިއުލާނުކޮށްފައެވެ.

ބްރެޒިލަށް ތިން ފަހަރެއްގެ މަތީން ވޯލްޑްކަޕް ކާމިޔާބުކޮށްދިން ޕެލޭ ލއަކީ މި ކާމިޔާބީ ހޯދި ހަމައެކަނި ކުޅުންތެރިޔާއެވެ. އަދި ފީފާއިން ހޮވި މިދިޔަ ގަރުނުގެ އެންމެ މޮޅު ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާއެވެ.

ޕެލޭފީފާފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

13 ޑިސެމްބަރު 2025
2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު
06 ޑިސެމްބަރު 2025

ވޯލްޑް ކަޕް ގެ ގުރު ނަގައިފި

06 ޑިސެމްބަރު 2025
ވޯލްޑް ކަޕް ގެ ގުރު ނަގައިފި
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
30 އޮކްޓޯބަރު 2025

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

ފީފާގެ ރައީސްއާ ދެކޮޅަށް އަޑު އުފުލި މީހުން ދަނޑުން ބޭރު ކުރުމުން ފާޑު ކިޔުން އަމާޒުވެއްޖެ

25 އޮކްޓޯބަރު 2025
ފީފާގެ ރައީސްއާ ދެކޮޅަށް އަޑު އުފުލި މީހުން ދަނޑުން ބޭރު ކުރުމުން ފާޑު ކިޔުން އަމާޒުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް