Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކާވާ ނޭޝަންސް ލީގު

އިންޑިއާ އަތުން ބަލިވުން މައްސަލައެއް ނޫން، ކުޅުން ރަނގަޅު - ސޮފްވާން

ރާއްޖެއަށް ދެން އޮތީ އިރާން މެޗެވެ.

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 3 އޯގަސްޓު 2024 | ހޮނިހިރު 07:45
ރާއްޖެއާ އިންޑިއާ ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-ހަމްރޯ ކެލްކުދް

ރާއްޖެއާ އިންޑިއާ ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-ހަމްރޯ ކެލްކުދް

ކާވާ ނޭޝަންސް ލީގުގައި ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމް އިންޑިޔާ އަތުން ބަލިވުމަކީ މައްސަލައެއް ނޫން ކަމަށާއި, ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށް ކޯޗު ސޮފްވާން އަހުމަދު ބުނެފިއެވެ.

ނޭޕާލްގައި ކުރިއަށްދާ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އިންޑިޔާ އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް އިންޑިޔާއިން ގެންދިޔައީ 25-05, 25-11 އަދި 25-10 ނެވެ. މުބާރާތަށް ރާއްޖެއިން ދިޔައީވެސް މޮޅެއް ހޯދޭނެކަމަށް ދެކިގެން ނޫނެވެ. އޭގެ ބަދަލުގައި މިއަހަރު އޮންނަ ކާވާ ޗެލެންޖް ކަޕަށް ތައްޔާރުވާން ބޭނުންކުރާ މުބާރާތެއްގެ ގޮތުގައެވެ. ފުރަތަމަ މެޗުގައި އިންޑިޔާއާ ދެކޮޅަށް ރާއްޖޭގެ ޓީމް ނިކުތީ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ހައްވާ ރާޝިދާއާއި އައިޝަތު މާޖިދާ ނުލައެވެ. އެއީ ފަށާ ހައެއްގައި ގަވާއިދުން ހިމެނޭ ރާއްޖޭގެ އެޓޭކްގެ މުހިއްމު ދެ ކުޅުންތެރިންނެވެ. އެކަމަކު އެދެކުޅުންތެރިން މިވަގުތު ތިބީ ކާވާ ބީޗް ވޮލީބޯޅަ މުބާރާތުގައި ވާދަކުރަން ބޫޓާންގައެވެ. ރާއްޖޭގެ ދެވަނަ މެޗަށް އެދެކުޅުންތެރިންގެ އިތުރުން އަރީޝާވެސް ޓީމާ ގުޅޭނެއެވެ.

އިންޑިޔާ އަތުން ބަލިވި މެޗަށްފަހު ކޯޗު ސޮފްވާން އެންމެ ބޮޑަށް ފާހަގަކުރީވެސް އެދެކުޅުންތެރިން ނެތުމުގެ އުނިކަމެވެ. އޭނާ ބުނީ ސްކޯ އިތުރުކުރަން ޓީމަށް ބޭނުންވާ ދެކުޅުންތެރިން މިއަދު މަދުކަމަށެވެ. އޭގެއިތުރުން ކޯޗު ފާހަގަކުރީ ޓީމްގެ ގިނަ ޕޮއިންޓްތައް ހޯދީ އެންމެ ކުޅުންތެރިއެއް ކަމެވެ. އެއީ މިދިޔަ މަހު ނިމުނު ކާވާ 20 އަހަރުން ދަށުގެ މުބާރާތުގައި މޮޅަށް ކުޅުނު މާޔާ އެވެ. ޓީމްގައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅު އެއް ކުޅުންތެރިޔާ ޝަހާ ޝާމިންގެ ނިންމުންތައް އިންޑިޔާ މެޗުގައި އެހާ ރަނގަޅު ނޫންކަމަށާއި, އިތުބާރުގެ މައްސަލަ ފާހަގަ ކުރެވުނު ކަމަށް ސޮފްވާން ބުންޏެވެ. އެކަން ރަނގަޅުކުރަން ޝަހާ އަށް އެހީތެރިވެދީ, ކުރިއަށްހުރި މެޗުތައް އިތުރަށް ރަނގަޅު ކުރާނެ ކަމަށް ކޯޗު ބުންޏެވެ. ޕީއެސްއެމް ސްޕޯރޓްއާ ވާހަކަދައްކަމުން ކޯޗު ސޮފްވާން ބުނީ އިސްކޮޅުން ދިގު ކުޅުންތެރިން ތިބި, ވަރުގަދަ އިންޑިޔާއާ ދެކޮޅަށް ރާއްޖޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ކަމަށެވެ. ކުޅުންތެރިންނަށް އިތުބާރު ހޯދައިދީގެން ކުރިއަށް އޮތް މެޗު ރަނގަޅު ކުރެވޭނެ ކަމަށް ޒުވާން ކުޅުންތެރިންތަކެއް އުފެއްދި ކޯޗު ބުންޏެވެ.

ރާއްޖެ ދެން މުބާރާތުގައި ވާދަކުރާނީ އިރާނާއެވެ. މީގެއިތުރުން ހިމެނެނީ ސްރީލަންކާއާއި ނޭޕާލެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
05 ފެބުރުއަރީ 2017

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު