Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ލޯފާން ކުދިން

ލޯފާން ކުދިންގެ ޙައްޤުގައި ހިލޭ ސާބަހަށް ޚިދުމަތް ކުރާ ލޯފާން މުދައްރިސަކީ 'ކުޅެދޭ' މީހުންނަށް ހުރި މިސާލެއް!

ޓިކް-ޓެކް-ޓޯއާއި، ރޫބިކްސް ކިއުބްސް ރޭވުމާއި، ރާޒުވާ ކުޅުން ފަދަ ހުނަރުތައް، ކަނަޤިރީގެ ދަރިވަރުންނަށް ދަސްކޮށްދޭއިރު، މި ޚިދުމަތްތަކަކީ އެއްވެސް އަގަކާ ނުލާ، ކަނަޤިރީ ދޭ ޚިދުމަތެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 25 މެއި 2023 | ބުރާސްފަތި 08:16
އައި ރީޑް ވިތު މައި އައީޒް" ނުވަތަ "އަހަރެން ކިޔަނީ އަހަރެންގެ ލޮލުން" ގެ ނަމުގައި، ކަނަޤިރީގެ މޭސްތިރިކަމުގެ ދަށުން ހާއްސަ ޓީމެއް ވަނީ އެކުލަވާލާފައި

އައި ރީޑް ވިތު މައި އައީޒް" ނުވަތަ "އަހަރެން ކިޔަނީ އަހަރެންގެ ލޮލުން" ގެ ނަމުގައި، ކަނަޤިރީގެ މޭސްތިރިކަމުގެ ދަށުން ހާއްސަ ޓީމެއް ވަނީ އެކުލަވާލާފައި

އަނެކާއަށް ހެވެއް އެދިގެން ކަމެއް ކޮށްދިނުމަށްޓަކާ، ތިބާގެ އަތުގައި ހުރިހާ ކަމެއް ފުރިހަމަ ވެފައި އޮންނާކަށް ނުޖެހެއެވެ. ގިނަ ފަހަރަށް، އަނެކާއަށް އެންމެ ދީލަތި މީހަކީވެސް، ދިރިއުޅުމުގައި ތަކުލީފުތަކެއް އުފުލަން ޖެހިފައި ވާ ނުވަތަ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި އެފަދަ ޙާލެއްގައި އުޅުނު މީހާއަށް އޮންނަނީ ވެފައެވެ.

ސޫރިޔާއަށް އުފަން، ވަސީމް ކަނަޤިރީއަށް، އޭނާގެ ލޮލުގެ ފެނުން މުޅިން ގެއްލުނު އިރު ޢުމުރަން އެންމެ އަދި އޭރު ވީ އެންމެ 12 އަހަރެވެ. ޖެހުނު ބައްޔެއްގެ ސަބަބުން ލޮލުގެ ނާރުތައް ހަލާކުވެ، ލޯ އަނދިރިވީއެވެ. އޭނާގެ ދިރިއުޅުންވެސް އެކީ އެކައްޗަކަށް ބަދަލުވީ އެހާ ހިސާބުންނެވެ.

ޅަ ޢުމުރުގައި އެންމެ ގަދައަށް ސަކަރާތް ޖަހާ، އެންމެ ޖޯޝުގައި ތަޢުލީމު ހާސިލު ކުރަން ވީ ދުވަހު، ކަނަޤިރީގެ ކަރުގައި އަޅުވާފައި އޮތީ ނުކުޅެދޭ ކުއްޖެއްގެ ޓެގެވެ. ނަމަވެސް، އޭނާ ޢުއްމީދު ނަގައެއް ނުލައެވެ. ތަޢުލީމު ހާސިލު ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރިއެވެ. އިނގިރޭސި ޢަދަބިއްޔާތުގެ ރޮނގުން ތަޢުލީމު ފުރިހަމަކޮށް، ޓީޗަރަކަށް ވިއެވެ. ކަނަޤިރީއަކީ، އޭނާ ފަދަ، ލޯފާން ކުދިންނަށް، ދިރިއުޅުމުގެ ހުނަރުތަކާއި އުކުޅުތައް ދަސްކޮށްދޭ ޓީޗަރެކެވެ.

މީގެ 3 އަހަރު ކުރިއެވެ. "އައި ރީޑް ވިތު މައި އައީޒް" ނުވަތަ "އަހަރެން ކިޔަނީ އަހަރެންގެ ލޮލުން" ގެ ނަމުގައި، ކަނަޤިރީގެ މޭސްތިރިކަމުގެ ދަށުން ހާއްސަ ޓީމެއް އެކުލަވާލިއެވެ. އެ ޓީމު ހާއްސަ ވަނީ، ލޮލުގެ ފެނުމުން މަހްރޫމުވެފައި ވާ ކުދިންނަށް ހިންގާ "ސްކޫލް އޮފް ހޯޕް"ގައި، ބްރެއިލް ބޭނުންކޯށްގެން ލިޔެކިޔަން ދަސްކޮށްދިނުމަށެވެ.

ޢުމުރުން 41 އަހަރުގެ ކަނަޤިރީ ބުނި ގޮތުގައި އޭނާގެ ވިސްނުން އަމާޒު ކޮށްފައި ވަނީ ކުޑަކުދިންނަށެވެ. އެއީ މުނިފޫހިފިލުވާލާ ހަދާނެ މަގުތައް، އެފަދަ ކުދިންނަށް ނެތްކަން، ޚުދު އޭނާގެ އަމިއްލަ ނަފުސުވެސް ތަޖުރީބާ ކޮށްފައި ވީތީ ކަމަށް ކަނަޤިރީ ބުނެއެވެ.

ޓިކް-ޓެކް-ޓޯއާއި، ރޫބިކްސް ކިއުބްސް ރޭވުމާއި، ރާޒުވާ ކުޅުން ފަދަ ހުނަރުތައް، ކަނަޤިރީގެ ދަރިވަރުންނަށް ދަސްކޮށްދެއެވެ. މި ޚިދުމަތްތަކަކީ އެއްވެސް އަގަކާ ނުލާ، ކަނަޤިރީ ދޭ ޚިދުމަތެކެވެ.

ޢިލްމީ މަންހަޖުގެ ސެޝަންތަކުގެ އިތުރުން ކަނަޤިރީއާއި އޭނާގެ ޓީމުން ދަނީ ބްރެއިލް ނިޒާމު ބޭނުން ކޮށްގެންވެސް ލިޔެކިޔާ ހަދަން ދަތިވާ ކުދިންނާއި މީހުންނަށް ހާއްސަކޮށްގެން، ފޮތްފޮތާއި ޔުނިވަރސިޓީ ލެކްޗަރުތަކުގެ އޯޑިއޯ ރެކޯޑިންގްތައް ހަދާ، އޮންލައިން ޕްލެޓްފޯމްގައި އެ ޝާޢިއު ކުރަމުންނެވެ.

ސީރިޔާލޯފަން ކުދިން

ކޮމެންޓް

އިތުރަށް ކިޔާލަން

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025
ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

05 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު