Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދަތިކުރުމުގެ ފިޔަވަޅުތައް

"ޗައިނާއާ ވާހަކަދައްކައިފީވިއްޔާ ނުކުންނާނީ ހޮސްޕިޓަލެއް ހިފައިގެން، އެމެރިކާއިން ދޭނީ ލެކްޗަރެއް"

ދުނިޔޭގައި ތިބި އެންމެ މުއްސަނދި 8 މީހުންގެ މިލްކިއްޔާތުގެ އަގު، އެންމެ ފަޤީރު 4 ބިލިއަން މީހުންގެ މިލްކިއްޔާތަށް ވުރެ ބޮޑު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 25 މެއި 2023 | ބުރާސްފަތި 02:11
އެމެރިކަން ޔުނިވަރސިޓީގެ ޕްރޮފެސަރ ޕީޓަރ ކުޒްނިކް

އެމެރިކަން ޔުނިވަރސިޓީގެ ޕްރޮފެސަރ ޕީޓަރ ކުޒްނިކް

އެމެރިކާއިން ބުނާ ބަހާއި އަމަލާ ދިމުގާނުވުމުގެ އަމަލުތައް ތަކުރާރުވަމުން ދިއުމުގެ ސަބަބުން، މުޅި ދުނިޔެ މިހާރު ވަނީ އެ ނިފާޤުކަން ފޫ އަޅުވާލާފައި ކަމަށް، އެމެރިކަން ޔުނިވަރސިޓީގެ ހިސްޓްރީ ޕްރޮފެސަރ، ޕީޓަރ ކުޒްނިކް ވިދާޅުވެއްޖެއެވެ. ޕްރޮފެސަރ ކުޒްނިކް މިހެން ވިދާޅުވެފައި ވަނީ، ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައި އެމެރިކާއިން ގެންގުޅޭ ދެފުށް ދެގޮތް އުސޫލުތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުންނެވެ.

ސީޖީޓީއެންއާ ވާހަކަދައްކަވަމުން ޕްރޮފެސަރ ކުޒްނިކް ވަނީ، ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައި ހުޅަނގުން އެއް ހަމައެއް ގެންގުޅެމުން ނުދާކަމަށް އެއްބަސްވެވަޑައިގެންފައެވެ. ހުޅަނގުން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ޙައްޤުން އަޅާ ފިޔަވަޅުތަކެއް ކަމަށް ބުނެ ދިފާޢަށް ކުޅޭ އިރު، ހަމަ އެ ފިޔަވަޅުތައް ހުޅަނގަށް އަމާޒުވާ ހިސާބުން އެއީ އިޤްތިޞާދީ ފިއްތުންތައް ކުރިމަތި ކުރުން ކަމުގައި ބުނެ އަޑޫ އުފުލާ ކަން، ޕްރޮފެސަރ ކުޒްނިކް ފާހަގަ ކުރެއްވިއެވެ. އެފަދަ އަމަލުތަކުގެ ސަބަބުން، މުޅި ދުނިޔޭގައި ހަމަހަމަކަން ގެއްލިދާދިއުން، ހައްދު ފަހަނައަޅާފައި ވާ ކަމަށްވެސް ޕްރޮފެސަރ ކުޒްނިކް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ޕްރޮފެސަރ ކުޒްނިކް ވިދާޅުވީ ދުނިޔޭގައި ތިބި އެންމެ މުއްސަނދި 8 މީހުންގެ މިލްކިއްޔާތުގެ އަގު، އެންމެ ފަޤީރު 4 ބިލިއަން މީހުންގެ މިލްކިއްޔާތަށް ވުރެ ބޮޑުވުމުގެ ފަހަތުގައި ސަބަބެއް އެބަ އޮތް ކަމަށެވެ. އެއީ އެތައް ޒަމާނަކަށް ދަންމާލި މިފަދަ ސިޔާސަތުތަކުގެ އުފެއްދުމެއް ކަމަށް ޕްރޮފެސަރ ކުޒްނިކް ސިފަ ކުރެއްވިއެވެ. ނަމަވެސް މި ފަހަކަށް އައިސް، ޗައިނާގެ އަމަލުތަކާ މެދު ހުޅަނގުން ނުރުހިފައި އޮތް ކަމަށާ، ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއާއި، ޗައިނާގެ އިޤްތިޞާދީ އިޞްލާހީ މަޝްރޫޢުތަކާއެކު ހުޅަނގުގެ ދިފާޢަށް ޕްރެޝަރު ބޮޑުވެފައި ވާ ކަން، ޕްރޮފެސަރ ކުޒްނިކް ފާހަގަ ކުރެއްވިއެވެ.

އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ނަމުގައި ޗައިނާއިން ޤައުމުތައް، ދަރަނި ދަންތުރާގައި ޖައްސަމުން ދާކަމަށް ބުނެ ޗައިނާއަށް އަމާޒު ކުރާ އިލްޒާމްތަކާ ބެހޭ ގޮތުންވެސް ޕްރޮފެސަރ ކުޒްނިކް ވަނީ ވާހަކަ ދައްކަވާފައެވެ. ޗައިނާއާ މެދު ދުނިޔެ ދެކެނީ ތަފާތު ނަޒަރަކުން ކަމަށާ، އެކަން އެހެން ދިމާވަނީ، އެއް ފަހަރު އެއް ގޮތަކަށް ވާހަކަދެއްކުމަށްފަހު، އަނެއް ފަހަރު އެހެން ގޮތަކަށް އަމަލު ކުރުމުގެ ނިފާޤުގައި ހުޅަނގުގައި ފެތުރިފައި އޮތްކަން ޗައިނާއިން ޤަބޫލު ކުރާތީ ކަމަށް ޕްރޮފެސަރ ކުޒްނިކް ވަނީ ވިދާޅުވެފައެވެ.

ޗައިނާއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު