Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފޯނު އަތުލުމުން ސްކޫލުގައި ރޯކޮށްލުން

ސްކޫލުގައި ރޯކޮށްލީ ފޯނު އަތުލުމުން، 19 ކުދިން މަރުވި

30 ކުދިންނަށް ލިބިފައިވާ އަނިޔާތަކަށް ދަނީ ހޮސްޕިޓްލަގައި ފަރުވާދެމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 24 މެއި 2023 | ބުދަ 06:58
ގުޔާނާގެ ސްކޫލެއްގެ ޑޯމްގެ ކެއަރޓޭކަރ ފޯނު އަތުލުމުން، ދަރިވަރު ނިންމީ ޑޯމިޓަރީގައި ރޯކޮށްލުމަށް، މިހާދިސާގައި 19 ދަރިވަރުން ވަނީ މަރުވެފައި

ގުޔާނާގެ ސްކޫލެއްގެ ޑޯމްގެ ކެއަރޓޭކަރ ފޯނު އަތުލުމުން، ދަރިވަރު ނިންމީ ޑޯމިޓަރީގައި ރޯކޮށްލުމަށް، މިހާދިސާގައި 19 ދަރިވަރުން ވަނީ މަރުވެފައި

ފޯނަކީ އެއާ ނުލައި ދިރިނޫޅެވޭނެ އެއްޗެއްގެ ގޮތުގައި އެންމެންވެސް ސިފަކުރަމުން އަންނަ އެއްޗެކެވެ. ހެނދުނު ނިދިން ހޭލާ ހިސާބުން ފެށިގެން ރޭގަނޑު ނިދުމާ ހިސާބަށް ފޯނުގެ ބޭނުން ކުރެއެވެ. ނިދާއިރުވެސް އަތް ނުފޯރާފަށުގައި، މާދުރުގައި ފޯނު ބޭއްވުމަކީ މަދު ބަޔަކު ނޫނީ ކުރާ ކަމެއް ނޫނެވެ. އަދި މިއީ ވަކި އުމުރުފުރާއެއްގެ ބަޔަކަށް ހާއްސަ އުޅުމެއްވެސް ނޫނެވެ. ނަމަވެސް ފުރާވަރުގެ ކުދިންނާއި ޒުވާނުން އެމީހުންގެ ފޯނަށް ހުންނަ ފޯރީގެ ވާހަކަ އަކީ ސަމާސާއަށްވެސް މީހުން ދައްކާއުޅޭ ވާހަކައެކެވެ. މީހެއްގެ ފޯނު އޭނާގެ ހުއްދައާ ނުލައި ނަގައި ބޭނުންކުރަމީ އެކަކުވެސް ރުހޭނެ ކަމެއް ނޫނެވެ. ފޯނު ގެއްލުމުން ފޯނު ހޯދުމަށް ކޮންމެކަމެއްވެސް ކުރަން ގިނަ މީހުން ތިބެނީ ތައްޔާރަށެވެ. އެއީ ފޯނަކީ ހަމަ އެހާ މުހިންމު އެއްޗަކަށް ވީމައެވެ.

މީހެއްގެ ފޯނު ގަދަކަމުން އަތުލައިފި ނަމަ ރުޅި އާދެވެއެވެ. އެމީހަކާ ދިމާލަށް އެއްޗެހިވެސް ގޮވެއެވެ. ބައެއްފަހަރު އަތްވެސް އިސްކުރެވެއެެވެ. ނަމަވެސް ސްކޫލުގައި، ކްލާސްރޫމުގައި ނުވަތަ ފޯނު ބޭނުން މަނާކަމަށް ބުނެފައިވާ ތަނެއްގައި ފޯނު ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން، ޓީޗަރަކު ނުވަތަ އެތަނެއްގެ މުވައްޒަފަކު ފޯނު އެމީހެއްގެ އަތަށް ދޭން ބުނުމުން، ކިތަންމެ ހިތް ނުރުހުނަސް ފޯނު އަތުން ދޫކޮށްލައެވެ. ފަހުން ފޯނު އަނބުރާހޯދުމުގެ ނިޔަތުގައެވެ.

އާންމުކޮށް ކްލާސްރޫމްތަކުގައި ފޯނު ބޭނުންކުރުމަކީ މަނާ ކަމެކެވެ. އެއީ ސްކޫލު ނުވަތަ ޔުނިވަސިޓީގެ ކްލާސްރޫމެއްކަމަށް ވިޔަސްމެއެވެ. އަދި ބައެއްފަަހަރު ބޯޑިން ސްކޫލްތަކުގައު، ޑޯމިޓަރީތަކުގައި އުޅޭއިރު، އެތަނެއްގައި އުޅޭ ކުދިން، ހެދިފައިވާ ގަވައިދުތަކާ ހިލާފުވާނަމަ، އެކުދިންނާ ހަވާލުވެގެން ހުންނަ 'ކެއަރޓޭކަރ' ނުވަތަ ޓީޗަރު، އަދަބެއްގެ ގޮތުން ފޯނު އަތުލުމަކީވެސް އަޑު އިވޭ ވާހަކަތަކެކެވެ. މިފަހަރުވެސް އެފަދަ ވާހަކައެކެވެ. ނަމަވެސް ތަފާތަކީ ކެއަރޓޭކަރ ފޯނު އަތުލުމުން ރުޅި އައިސްގެން އޭނާ ކުރި ކަންތަކެވެ. އަދި އެ އަމަލުގެ ނަތީޖާއެވެ.

ގުޔާނާ އަކީ ދެކުނު އެމެރިކާގެ ގައުމެކެވެ. އެގައުމުގެ ސްކޫލެއްގެ، ޑޯމިޓަރީގައި އުޅެމުންދިޔަ ކުއްޖެއްގެ ފޯނު، އެކުދިން ބެލެހެއްޓުމާ ހަވާލުވެފައި ހުރި، ޑޯމްގެ ކެއަރޓޭކަރ އަތުލިއެވެ. މިއީ އެދަރިވަރު މާހިތްހަމަ ޖެހުނު ކަމަކަށް ނުވިއެވެ. އަދި ރުޅިގަނދަވެ، އެކަމުގެ ބަދަލު ހިފަން ބޭނުންވިއެވެ. އޭނާ ކުރަން ނިންމި ކަމަކީ އެތައް ބަޔެއްގެ ލޮލުން ކަރުނަ އޮހޮރުވާލި އަމަލެކެވެ.

ފޯނު އަތުލުމުން އައިސްފަ ހުރި ރުޅީގައި، އެނާ ދިރިއުޅެމުންދިޔަ ޑޯމިޓަރީގައި ބޮޑު އަލިފާންގަނޑެއް ރޯކޮށްލިއެވެ. މެއި 22 ވަނަ ދުވަހުގެ ރޭ، ދަންވަރުގެ ވަގުތުގައި އެދަރިވަރު ރޯކޮށްލި އަލިފާންގަނޑުގެ ސަބަބުން، މުޅި ޑޯމިޓަރީ ވަނީ އެއްކޮށް އަޅިއަށްވެގެން ގޮސްފައެވެ. އަދި ޑޯމިޓަރީގައި އެވަގުތު ތިބި ކުދިންގެ ތެރެއިން 19 ކުދިން ވަނީ މަރުވެފައެވެ. މީގެ ގިނަކުދިން މަރުވީ ހާދިސާ ހިނގި ތަނުގައެވެ. އަދި މަދު ކުއްޖަކު ވަނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން މަރުވެފައެވެ.

ބައެއް ހަށިގަނޑުތަކަށް ލިބިފަ ހުރި ގެއްލުމުގެ ސަބަބުން، އެއީ ކާކުގެ ހަށިގަނޑެއްކަން ދެނެގަތުމަށް ޑީއެންއޭ ޓެސްޓު ހަދަން ވަނީ މަޖުބޫރުވެފައެވެ. 30 ކުދިންނަށް ލިބިފައިވާ އަނިޔާތަކަށް ހޮސްޕިޓްލަގައި ފަރުވާދެމުންދާއިރު، ރޭގަނޑު ނިދާފަތް ތިއްބާ، އެކުގައި އުޅޭ ކުދިންގެ ހަޅޭކުގެ އަޑަށް ކުއްލިއަކަށް ހޭލެވުންވީ އެއިން އެއްވެސް ދަރިވަރަކަށް ފަސޭހަކަމަކަށް ނޫނެވެ. އަދި ގިނަ ކުދިންނަށް އެވަގުތު ކަންތައް ކުރާނެ ގޮތެއް ނޭގުނެވެ. މިއީ އެކުދިން ދުވަހަކުވެސް ކުރިމަތިލާން ޖެހޭނެ ކަމެއްކަމަށް އެކުދިން ހިތަކަށް ނާރައެވެ.

އަލިފާން ރޯކޮށްލި ކުއްޖާއަށް ހާދިސާގައި އެއްވެސް އަނިޔާއެއް ލިބިފައި ނުވާއިރު، އޭނާ ހައްޔަރުކޮށްފައިވާ ކަމެއް، ނުވަތަ ނުވާކަމެއްވެސް ގުޔާނާގެ ފުލުހުން އާންމުކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ދަނީ އަދިވެސް މިމައްސަލަ އިތުރައް ތަހިގީގު ކުރަމުންނެވެ.

މިހިތާމަވެރި ހާދިސާއާ ގުޅިގެން ގުޔާނާގެ ރައީސް އިރުފާން އަލީ ވަނީ ތިން ދުވަހުގެ ގައުމީ ހިތާމަ އިއުލާނުކުރައްވާފައެވެ.

ގަޔާނާދުނިޔެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގަޔާނާއިން އެއްލައްކަ ފަންސާސް ހާސް ޑޮލަރު ފަލަސްތީނުގެ ރެފިއުޖީންނަށް ދޭން ނިންމައިފި

ގަޔާނާއިން އެއްލައްކަ ފަންސާސް ހާސް ޑޮލަރު ފަލަސްތީނުގެ ރެފިއުޖީންނަށް ދޭން ނިންމައިފި

03 ފެބުރުއަރީ 2024
ކައިވެނީގެ ދުވަހު ހޮނުއަޅައިގެން އާއިލާގެ 16 މީހުން މަރުވި ޒުވާނެއްގެ ވާހަކަ

ކައިވެނީގެ ދުވަހު ހޮނުއަޅައިގެން އާއިލާގެ 16 މީހުން މަރުވި ޒުވާނެއްގެ ވާހަކަ

31 ޑިސެމްބަރު 2023
ހަނގުރާމަ ހުއްޓާލުމަށް ކުރައްވާ މަސައްކަތްޕުޅު ހުއްޓައި ނުލައްވާނެ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެއްޖެ

ހަނގުރާމަ ހުއްޓާލުމަށް ކުރައްވާ މަސައްކަތްޕުޅު ހުއްޓައި ނުލައްވާނެ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެއްޖެ

10 ޑިސެމްބަރު 2023
 ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެންނަން ޖެހޭ، ސުލްހައަށް ދާން ކޮންފަރެންސެއް ބޭނުންވޭ: ފަލަސްތީނުގެ ރައީސް

ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެންނަން ޖެހޭ، ސުލްހައަށް ދާން ކޮންފަރެންސެއް ބޭނުންވޭ: ފަލަސްތީނުގެ ރައީސް

09 ޑިސެމްބަރު 2023
ހަނގުރާމަ ހުއްޓާލުމުގެ ޤަރާރު އެމެރިކާއިން ވީޓޯކުރުމުން، ފަލަސްޠީނުގެ އޮފިޝަލުން ފާޑުކިޔައިފި

ހަނގުރާމަ ހުއްޓާލުމުގެ ޤަރާރު އެމެރިކާއިން ވީޓޯކުރުމުން، ފަލަސްޠީނުގެ އޮފިޝަލުން ފާޑުކިޔައިފި

09 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

28 ފެބުރުއަރީ
ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!
20233 އަހަރު ކުރިން
ރިޕޯޓު

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް
20215 އަހަރު ކުރިން
ރާއްޖެ

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!
20188 އަހަރު ކުރިން
ރިޕޯޓު

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު