Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެންބަރުކަން ގެއްލުން

ޕާޓީ ބަދަލުކުރުން، ވަކިވުން އަދި ވަކިކުރުން: ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅަން ހުށަހަޅައިފި

ދިވެހި ރައްޔިތުންގެ ނަމުގައި ހުށަހެޅުއްވި މައްސަލައެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 10 ޖުލައި 2017 | ހޯމަ 09:01
ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓް

ރައްޔިތުންގެ މަޖިލީހަށް ސިޔާސީ ޕާޓީއަކުން އިންތިޚާބް ވުމަށްފަހު އެ ޕާޓީން ވަކިވުމާއި، ޕާޓީ ބަދަލަކުރުމާއި އަދި ޕާޓީން ވަކިކުރާ ހާލަތްތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ބަންޑާރަނައިބު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ދިވެހި ރައްޔިތުންގެ ނަމުގައި ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންނެވީ، ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި، ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި، ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ އިތުރުން ގާނޫނު އަސާސީގެ 75 ވަނަ މާއްދާ މާނަކޮށް، މަޖިލިހަށް އިންތިޚާބްވާއިރު ހުންނަ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ، އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

Advertisement - newsAdvertisement

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި، ހޯމަ ދުވަހު މައްސަލަ ހުށަހަޅުއްވަމުން ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ޕާޓީއަކަށް ތާއީދުކޮށް، އެ ފިކުރު ޕްރޮމޯޓްކުރާނެ ކަމުގެ ޔަގީންކަންދީގެން އެ ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކޮށް، އެ ސިޔާސީ ފިކުރު ރައްޔިތުންނަށް ވިއްކައިގެން، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރެއްގެ ގޮތުގައި އިންތިޚާބުވުމަށް ފަހު އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން ނުވަތަ ފްލޯ ކްރޮސް ކުރުމަކީ އިންތިޚާބުވި ދާއިރާގެ ރައްޔިތުންގެ ސިޔާސީ ފިކުރާއި ޚިލާފުވެ އެ ރައްޔިތުންނާއި ޕާޓީއަށް އޮޅުވާލުން ކަމަށެވެ. އެއީ އިންތިޚާބުކޮށްދިން ރައްޔިތުންނާއެކު ހެދިފައިވާ އިޖުތިމާއީ އަގުދާ ޚިލާފުވުން ކަމަށް އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ރައްޔިތުންގެ މަންދޫބުން އެފަދައިން ސިޔާސީ ޕާޓީން ވަކިވުމާއި، ޕާޓީ ބަދަލުކުރުމަކީ ނުފޫޒުތަކަށް ޖާގަލިބޭ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތާއި އަމަންއަމާން ކަމަށް ބުރޫއަރާ ކަމަށެވެ. އިންތިޚާބު ކޮށްދިން ރައްޔިތުންގެ މަސްލަހަތު ގެއްލި މެންބަރުންނަށް އަމިއްލަ މަސްލަހަތުތަކެއް ހިމާޔަތްކުރުމުގެ ޖާގަ ލިބޭ ކަމަށް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ރާއްޖެ ފަދަ މަލްޓި ޕާޓީ ސިސްޓަމަކަށް ހިންގާ ގައުމެއްގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އިންތިޚާބުކޮށްދިން ރައްޔިތުންގެ ސިޔާސީ ވިސްނުމާއި، އުންމީދުތަކަށް އިޚްތިރާމް ކުރަންޖެހޭ ކަމަށާއި އަދި އެއީ މެންބަރުންނަށް ލާޒިމްވެގެންވާ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ނޫން ނަމަ، ނުފޫޒު ވަދެ، ދިވެހިރާއްޖޭގެ ދުސްތޫރަށާއި، ވެރިކަން ހިންގުމުގެ ނިޒާމަށާއި، އަމިއްލަ ވެރިކަމާއި ގައުމުގެ މިނިވަން ކަމަށް ބުރޫ އަރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އަނިލް ވިދާޅުވި އެވެ.

ތިން ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުން މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ސަރުކާރުން ހުށަހެޅިއިރު، ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެ ހާލަތުތައް ކަމަށް ބަޔާންކޮށްފައިވާ ހާލަތުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއަކާ ގުޅޭ އެއްވެސް ކަމެއް ހިމެނިފައެއް ނުވެ އެވެ.

ސަރުކާރުން މި މައްސަލަ ހުށަހަޅާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް، ސަރުކާރުން ހިންގާ ޕީޕީއެމްގެ 11 މެންބަރަކު ހިމެނޭ ގޮތަށް، ޖުމްލަ 45 މެންބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވަނިކޮށެވެ. މީގެ އިތުރުން، މައްސަލަ ހުށަހަޅާފައި މިވަނީ މަސީހުގެ އިތުބާރުގެ ގަރާރުގައި ސޮއިކުރެއްވި މެންބަރުންތައް ޕީޕީއެމުން ވަކިވަމުންދާ ދަނޑިވަޅެއްގަ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ވެސް އަނިލް ކޯޓުގައި ވާހަކަ ދެއްކެވި އެވެ. އަނިލް ވިދާޅުވީ މަސީހުގެ އިތުބާރުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށާއި، އެފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ހުރަސްއެޅި، ސިޔާދަތަށް ބުރޫއަރާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ކުރިމަތިކުރުވަމުންދާ ގޮންޖެހުންތަކާ ބެހޭ ގޮތުން ވެސް އަނިލް ވަނީ ކޯޓުގައި ވާހަކަ ދައްކަވާފަ އެވެ. އެގޮތުން އަނިލް ވަނީ 2015 ވަނަ އަހަރުގެ މޭޑޭ މުޒާހަރާގައި ހަމަނުޖެހުން ހިންގައި ދުސްތޫރީ ނިޒާމަށް ލޮޅުން އެރުވުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި ކަމަށް ވިދާޅުވެފަ އެވެ. އަދި ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލައާއި ސައްޚަ ނޫން ކޯޓް އަމުރެއް ބޭނުންކޮށްގެން ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން އުޅުނު މައްސަލަ ފާހަގަކުރައްވައި އަނިލް ވަނީ "ކޮން ގައުމެއްގެ ޑިމޮކްރަސީއެއްގައިތޯ ގައުމުގެ ރައީސް އަވަހާރަކޮށްލައިގެން ވެރިކަމަށް އަންނަން އޮންނަނީ"، "ކޮން ގައުމެއްގެ ޑިމޮކްރަސީއެއްގައިތޯ ފޭކް އަމުރަކުން ރައީސް ހައްޔަރުކުރުމަށް ފަހު ވެރިކަމަށް އައުމަށް އޮންނަނީ" އޭ ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ.

ހޯމަ ދުވަހުގެ އަޑުއެހުން ނިންމާލީ ދެން އަޑުއެހުމެއް ބާއްވާނެ ދުވަހެއް އިއުލާނު ކުރުމެއް ނެތި އެވެ. އަދި ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައާ ގުޅޭ ގޮތުން ފަނޑިޔާރުން އެއްވެސް ސުވާލެއް ވެސް ކުރައްވާފައި ނުވެ އެވެ.

ދައުވާ ލިބޭ ފަރާތެއް ނެތް، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވާ މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ބެންޗަކުންނެވެ. އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

ތިން ފަނޑިޔާރުންގެ ބެންޗަކުން މި މައްސަލަ ބެއްލެވި ނަމަވެސް، މީގެ ކުރިން މިފަދަ ދުސްތޫރީ މައްސަލަތައް ބައްލަވާފައިވަނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗަކުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު