Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫތު މިނިސްޓްރީ

ތިން ރަށެއްގެ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ތިން ދަނޑުގެ މަސައްކަތްވެސް ނިންމުމުގެ މުއްދަތަކީ 60 ދުވަސް

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 23 މެއި 2023 | އަންގާރަ 12:08
އަންގާރަ ދުވަހު ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އަންގާރަ ދުވަހު ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ތިން ރަށެއްގެ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

އަންގާރަ ދުވަހު ޔޫތު މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، އިނގުރައިދޫ، ދޮންފަނު އަދި ކުމުންދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.

އިނގުރައިދުއާއި ދޮންފަނުގެ ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. އިނގުރައިދޫ ދަނޑުގެ މަސައްކަތުގެ އަގަކީ2،308،033.67(ދެމިލިއަން ތިންލައްކަ އަށްހާސް ތިރީސް ތިންރުފިޔާ، ފަސްދޮޅަސް ހަތްލާރި) އެވެ. ދޮންފަނު ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ2،315،381.03(ދެމިލިއަން ތިންލައްކަ ފަނަރަހާސް ތިންސަތޭކަ އަށްޑިހަ އެއްރުފިޔާ، ތިންލާރި)އަށެވެ. ދެ ދަނޑުގެވެސް މަސައްކަތް ނިންމުމުގެ މުއްދަތަކީ 60 ދުވަހެވެ. މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު، އަހުމަދު މުހައްމަދެވެ. އަދި އާރް.ކޭ.އޭލް ގްރޫޕް ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ – އޮޕަރޭޝަންސް މުހައްމަދު މޫސާފުޅެވެ.

ޔޫތު މިނިސްޓްރީން ކުމުންދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ހަވާލުކުރީ އާރު.ޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ. އާރު.ޖީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ2،843،113.42(ދެމިލިއަން އަށްލައްކަ ސާޅީސް ތިންހާސް އެއްސަތޭކަ ތޭރަ ރުފިޔާ، ސާޅީސް ދެލާރި)އަށް، 60 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ. މި އެއްބަސްވުމުގައި އާރު.ޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު، އަހުމަދު އާސިފެވެ.

ޔޫތު މިނިސްޓްރީން ދަނީ އެކި ރަށްރަށުގައި ކުޅިވަރު ކުޅޭނެ ދަނޑާއި ކޯޓުތައް ތަރައްގީކުރަމުންނެވެ. ބައެއް އިތުރު ދަނޑުތަކުގެ މަސައްކަތްވެސް ކުރިޔަށް އޮތް ދުވަސްތަކުގައި ރަސްމީކޮށް ކޮންޓްރެކްޓަރުންނާ ހަވާލުކުރާނެއެވެ.

ޔޫތު މިނިސްޓްރީ

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

02 ޑިސެމްބަރު 2025
ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް
29 ނޮވެމްބަރު 2025

އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

29 ނޮވެމްބަރު 2025
އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި
29 އޮކްޓޯބަރު 2025

ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް

29 އޮކްޓޯބަރު 2025
ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް
06 އޯގަސްޓު 2025

ވެރިކަމަށް އަންނަތާ 3 މަސް ތެރޭ ނިންމަން ވައުދުވި ކުނަހަންދޫ ފުޓުސަލް ދަނޑުގެ މަސައްކަތް ހުއްޓިފަ

06 އޯގަސްޓު 2025
ވެރިކަމަށް އަންނަތާ 3 މަސް ތެރޭ ނިންމަން ވައުދުވި ކުނަހަންދޫ ފުޓުސަލް ދަނޑުގެ މަސައްކަތް ހުއްޓިފަ
03 ޖެނުއަރީ 2024

ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސަށް ލަފާދޭ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

03 ޖެނުއަރީ 2024
ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސަށް ލަފާދޭ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
30 ޑިސެމްބަރު 2023

ފާޑުކިޔުންތައް ބޮޑުވެފައި ވަނިކޮށް، އާ އަހަރަށް ޚާއްސަކޮށް ބާއްވަން އުޅުނު ފެސްޓިވަލް ފަސްކޮށްފި

30 ޑިސެމްބަރު 2023
ފާޑުކިޔުންތައް ބޮޑުވެފައި ވަނިކޮށް، އާ އަހަރަށް ޚާއްސަކޮށް ބާއްވަން އުޅުނު ފެސްޓިވަލް ފަސްކޮށްފި
28 ޑިސެމްބަރު 2023

އާ އަހަރަށް ޚާއްސަކޮށް، ފެސްޓިވަލެއް ބާއްވަނީ

28 ޑިސެމްބަރު 2023
އާ އަހަރަށް ޚާއްސަކޮށް، ފެސްޓިވަލެއް ބާއްވަނީ
12 އޮކްޓޯބަރު 2023

ޒުވާނުންގެ އެވޯޑް ދިނުން ފަސްކޮށްފި

12 އޮކްޓޯބަރު 2023
ޒުވާނުންގެ އެވޯޑް ދިނުން ފަސްކޮށްފި
12 ސެޕްޓެމްބަރު 2023

ޑްރަގާ ދެކޮޅަށް ޒުވާނުން ބާރުވެރިކުރުމަށް ބާއްވާ ޔޫތު ފޯރަމްގައި ބައިވެރިވުމަށް ހުޅުވާލައިފި

12 ސެޕްޓެމްބަރު 2023
ޑްރަގާ ދެކޮޅަށް ޒުވާނުން ބާރުވެރިކުރުމަށް ބާއްވާ ޔޫތު ފޯރަމްގައި ބައިވެރިވުމަށް ހުޅުވާލައިފި
11 އޯގަސްޓު 2023

ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ޔޫތު މިނިސްޓްރީން ޔޫތު ކޭމްޕެއް ބާއްވަނީ

11 އޯގަސްޓު 2023
ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ޔޫތު މިނިސްޓްރީން ޔޫތު ކޭމްޕެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް