Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޑީއެފް

35 އަހަރަށްވުރެ ގިނަ ދުވަހުގެ ހިދުމަތަށްފަހު ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހުމަދު ރިޓަޔަރ ކުރައްވައިފި

23 މެއި 2023 | އަންގާރަ 02:19

ޚިދުމަތާއި ގުޅިވަޑައިގަތީ 1 ޖުލައި 1987

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 23 މެއި 2023 | އަންގާރަ 02:19
ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހުމަދު ރިޓަޔަރ ކުރެއްވުމުގެ ހަފްލާ

ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހުމަދު ރިޓަޔަރ ކުރެއްވުމުގެ ހަފްލާ

35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވުމަށްފަހު ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހުމަދު، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.

މިކަމަށްޓަކައި ބަންޑާރަކޮށީގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހުމަދުއަށް ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސިޓީފުޅާއި މެޑަލް ބޯޑު، ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީއެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލްގެ ސިޓީފުޅާއި ފޮޓޯ ބޯޑު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްއެވެ. ރިޓަޔަރމަންޓްގެ ރަމްޒީ ކާޑު ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.

Advertisement - newsAdvertisement

ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހުމަދު ސިފައިންގެ ޚިދުމަތާއި ގުޅިވަޑައިގަތީ 1987 ވަނަ އަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހުއެވެ. މިވީ ދިގު މުއްދަތުގައި އޭނާ ސިފައިންގެ ތަފާތު އެކި ދާއިރާތަކުގައި އަގުހުރި އިސް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އެގޮތުން ދިވެހި އަސްކަރިއްޔާގައި އެންމެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައި ވަނީ ދިފާއީ ވުޒާރާގެ އިދާރީ އަދި ހިންގުމުގެ ދާއިރާގައި ކަމަށާއި އިތުރު މަގާމުތަކުގެ ތެރޭގައި، މާފުށީ ޖަލު ސެކިއުރިޓީ ބަލަހައްޓާ ޔުނިޓުގެ ކޮމާންޑަރުގެ މަގާމާއި އޯޑިނެންސް ސަރވިސްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރގެ މަގާމާއި، ކޮމާންޑިންގ އޮފިސަރގެ އެހީތެރިއާގެ މަގާމާއި، ކޮމިއުނިކޭޝަން އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ސަރވިސްގެ ކޮމާންޑިންގ އޮފިސަރގެ އެހީތެރިއާގެ މަގާމާއި ރީޖަނަލް ހެޑްކުއާޓަރސް ލ. ކައްދޫގެ ބޭސް ކޮމާންޑަރުގެ މަގާމާއި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ޕްރޮޓޮކޯލް އޮފިސަރުގެ މަގާމާއި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ޕްރޮކިއުމެންޓް އޮފިސަރުގެ މަގާމާއި ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ މަގާމުވެސް ހިމެނޭ ކަމަށް އެ އިދާރާއިން ބުންޏެވެ.

މީގެ އިތުރުން އޭނާ ދިފާއީ ވުޒާރާގައި އަދާކުރައްވާފައިވާ މުހިންމު މަގާމުތަކުގެ ތެރޭގައި، ސްޓާފް އޮފިސަރ ޓުދަ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާއި ޕްރިންސިޕަލް ޑައިރެކްޓަރ ޓްރޫޕްސް ވެލްފެއަރ އެންޑް ޕްރޮޓޮކޯލް އާއި ޕްރިންސިޕަލް ޑައިރެކްޓަރ އޮފް ފޮރިންލިއެޒަން، ޕްރިންސިޕަލް ޑައިރެކްޓަރ އޮފް ޑައިރެކްޓްރޭޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕްރޭޝަން އެންޑް ޕޮލިސީ، ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރެލް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕްރޭޝަން އެންޑް ޕޮލިސީ، ޕްރިންސިޕަލް ސްޓާފް އޮފިސަރ ޓުދަ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ، ޕްރިންސިޕަލް ސްޓާފް އޮފިސަރ ޓު ދަ މިނިސްޓަރ އޮފް ޑިފެންސް، ޑައިރެކްޓަރ ޖެނެރެލް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ މަގާމު ހިމެނެއެވެ.

ދިވެހި އަސްކަރިއްޔާގައި އުފައްދަވާފައިވާ ބޯޑުތަކާ ކޮމެޓީތަކުގައިވެސް ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހުމަދު ވަނީ ސިފައިންގެ ކުރިއެރުމަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.

ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވި އިރު ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހުމަދު ހުންނެވީ މިލިޓަރީ ސެކްރެޓަރީ ޓު ދަ މިނިސްޓަރ އޮފް ޑިފެންސްގެ މަގާމުގައެވެ.

ސިފައިންގެ ޚިދުމަތުގައި ދިވެހި އަސްކަރިއްޔާގައި ކޮށްދެއްވާފައިވާ އިހުލާސްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތަކާއި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާގުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 11 މެޑެއްޔާއި 12 ކުލަ، ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހުމަދަށް ވަނީ ލިބިވަޑައިގެންފައެވެ.

އެމްއެންޑީއެފް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2025

ލ. ގަމުގެ އިރުން، ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

19 ޑިސެމްބަރު 2025
ލ. ގަމުގެ އިރުން، ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ
07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް