Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެންބަރު ސައުދު

ސިޔާސީ ޕާޓީއެއްގައި ނަން އޮތް ނަމަ، އުނިކޮށްދެއްވުމަށް އެދި އީސީއަށް މެމްބަރު ސައުދު ސިޓީއެއް ފޮނުއްވައިފި

ސައުދު ވަކިކުރީ ރައީސް ޔާމީން ފެކްޝަންގެ ސުލޫކީ ކޮމެޓީން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 10 ޖުލައި 2017 | ހޯމަ 07:47
ސައުދު: މިހާރު ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިފައި

ސައުދު: މިހާރު ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިފައި

އެއްވެސް ޕާޓީއެއްގައި ސޮއި ހިމެނިފައިވާ ނަމަ އެޕާޓީއަކުން ވަކިކޮށްދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސްއަށް އެޑްރެސްކުރައްވާ ސައުދު ހޯމަދުވަހު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއެއްގެ ދަފުތަރުގައި އޭނާގެ ނަން ހިމެނިފައިވާނަމަ ވީ އެންމެ އަވަހަކަށް ނަން އުނިކޮށްދެއްވުމަށް އެދޭ ކަމަށެވެ.

Advertisement - newsAdvertisement

ދެ ފެކްޝަނަކަށް ބެހިފައިވާ ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންގެ ފެކްޝަނުން، ރައީސް މައުމޫން ފެކްޝަނަށް ބަދަލުވުމާ އެކު އޭޕްރިލް 17 ވަނަ ދުވަހު ޕީޕީއެމުން ވަނީ ވަކިކޮށްފައިވާ ކަން އަންގާފައެވެ.

މިގޮތަށް ނިންމީ ރައީސް ޔާމީން ފެކްޝަންގެ ސުލޫކީ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވި ފަސް މެންބަރުންގެ އިއްތިފާގުންނެވެ.

ޕާޓީން ވަކިކުރިކަން އަންގައި ސައުދަށް އެދުވަހު ޕީޕީއެމް އިން ފޮނުވި ސިޓީގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށާއި މި ސަރުކާރަށް ތާއީދު ނުކުރައްވާ ކަމަށް ފާޅުގައި ވިދާޅުވަމުން ގެންދަވާ ބޭބޭފުޅުންނާ އެކު މަސައްކަތް ކުރައްވަމުން ގެންދާކަމީ ޕާޓީގެ އަސާސީ ޤަވާއިދާ ހިލާފު ކަމެއް ކަމަށާއި، ޕާޓީގެ ފިކުރާ ހިލާފަށް ފާޓީ އާއި އަދި ސަރުކާރާ އިދިކޮޅު ހަރަކާތްތައް ހިންގަމުން ގެންދާ ފަރާތްތަކާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ފާޅުކަން ބޮޑު ގޮތަކަށް ސޯޝަލް މީޑިއާގަ އާއި އަދި ތަފާތު ފޯރަމްތަކުގައި ޕާޓީގެ އަސާސްތަކާ ހިލާފަށް އަމަލުކުރައްވާ، ޕާޓީގެ ވިސްނުމާއި ފިކުރާ ދެކޮޅަށް ވަކާލާތުކުރައްވަމުން ގެންދަވާކަން ސައުދުގެ ފަރާތުން ފާހަގަ ކުރެވިފައި ވާކަމަށެވެ.

ސުލޫކީ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ބެލި ބެލުމުން، ހުށަހެޅިފައިވާ މައްސަލައަށާއި ޕާޓީގެ އަސާސީ ޤަވާއިދާއި ކުރިން ފާހަގަކޮށްފައިވާ މައްސަލަތަކަށް ރިއާޔަތްކޮށް ޕާޓީގެ ސުލޫކީ މައްސަލަތަކާއި ބެހޭ ޤަވާއިދުގެ 15 ވަނަ މާއްދާގެ (ހ)ގެ 7 ވަނަ ނަމްބަރުގައިވާ ގޮތުގެ މަތިން، ސައުދު އެ ޕާޓީގެ މެމްބަރުކަމުން ވަކިކުރުމަށް ސުލޫކީ ކޮމެޓީން ނިންމާފައިވާ ކަމަށެވެ.

ސައުދު ޕީޕީއެމްއިން ވަކިކުރިއިރު ސައުދު ވަނީ އިދިކޮޅުފަރާތްތަކާއި ގުޅިވަޑައިގަންނަވާފައެވެ. ސައުދު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންނެވުމާ އެކު ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ވައިބަރ ގުރޫޕުން ވެސް ސައުދުވަނީ ބޭރުކޮށްފައެވެ.

ސައުދު ވަކިކޮށްފައިވަނީ ރައީސް މައުމޫނަކީ ޕީޕީއެމް ކަމަށާއި ޕީޕީއެމްއަކީ ރައީސްމައުމޫނު ކަމަށް ވިދާޅުވެ ރައީސް މައުމޫނާ އެކު ކުރިއަށް ވަޑައިގަންނަވަން ނިންމާފައި ވަނިކޮށެވެ.

އިދިކޮޅު ފަރާތްތަކާ ގުޅުމާއެކު ސައުދާ އާއިލީގޮތުން ގާތް ބައެއް ފަރާތްތައް ވަނީ ސަރުކާރުގެ މަޤާމަތްކުން ވެސް ވަކިކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު