Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
61 ރަށުގައި ޕޮލިސް ސްޓޭޝަން އެޅުން

61 ރަށުގައި ޕޮލިސް ސްޓޭޝަން އެޅުން: "ޕްރޮޖެކްޓު ފެށުމަށް ރާއްޖެއިން ކުރަން ޖެހޭކަންކަން ވަނީކޮށް ނިމިފައި" - އިމްރާން

ފައިނޭންސްގެ ކަންކަން ހަމަޖެހުނުހާ އަވަހަކަށް އެ މަސައްކަތް ފަށާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 މެއި 2023 | ހޯމަ 05:47
މިނިސްޓަރު އިމްރާން

މިނިސްޓަރު އިމްރާން

މީހުން ދިިރިއުޅޭ 61 ރަށުގައި ޕޮލިސް ސްޓޭޝަން އެޅުމަށް ރާއްޖޭގެ ފަރާތުން ކުރަން ޖެހޭ ހުރިހާ ކަމެއް ވަނީ ކޮށް ނިމިފައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެެއްޖެއެވެ.

އިމްރާން އެފަދައިން ވިދާޅުވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ކުރައްވާފައިވާ ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

Advertisement - newsAdvertisement

ރިޔާޒް ސުވާލުކުރައްވާފައި ވަނީ ސަރުކާރުން މީހުން ދިރިއުޅޭ 61 ރަށުގައި އިމާރާތްކުރަން ނިންމާފައިވާ ޕޮލިސް ސްޓޭޝަންގެ ތެރެއިން، ތ.ތިމަރަފުށި އަދި ތ.ވޭމަންޑޫގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތާއި ގުޅޭގޮތުންނެވެ. އެގޮތުން އެ ދެ ރަށުގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ފެށިފައިނުވާތީ މި 2 މަޝްރޫޢު މި އަހަރު ފަށާނެތޯ އާއި އެ ރަށްރަށުގެ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ތާރީޚަކީ ކޮބާތޯ ވަނީ ސުވާލުކުރައްވާފައެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ފުލުހުން ޤާއިމްވެ ތިބި ރަށްރަށުގައި ވީހާވެސް ގިނަ ރަށްރަށުގައި ފުލުހުންގެ އަމިއްލަ ޕޮލިސް ސްޓޭޝަނެއް ޤާއިމްކުރުމުގެ މަސައްކަތްކުރިއަށްދާ ކަމަށެވެ. އެކަމާ މެދު 2021 ވަނަ އަހަރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ޕްރޮޖެކްޓު ހިންގުމަށް ރާވާފައި ވަނީ ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ކަމަށާއި މި ޕްރޮޖެކްޓްގެ މަސައްކަތް ފެށުމަށް ރާއްޖޭގެ ފަރާތުން ކުރަން ޖެހޭ މަސައްކަތްތައް 2023ގައި ކޮށް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މި މަޝްރޫޢު އަށް ސަރުކާރުގެ ފަރާތުން ދައްކަން ޖެހޭ 15% މާރޗް މަހުގެ ތެރޭގައި ދައްކާ ނިންމާފައިވާކަމަށެވެ. އަދި ކޮންޓްރެކްޓަރ ވެސް އެ މަސައްކަތް އަމަލީ ގޮތުން ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެ މަސައްކަތަށް ބޭނުންވާ ފައިނޭންސްގެ މަސައްކަތް ކަމަށެވެ. އެކަންކަން ހަމަޖެހުނުހާ އަވަހަކަށް އެ މަސައްކަތް ފަށާނެ ކަަމަށާއި އުންމީދަކީ މި އަހަރު ފައިނޭންސްގެ ކަންކަން ހަމެޖެހިގެން ދިއުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ޕްރޮޖެކްޓަށް ފައިނޭންސް ހަމަޖެއްސުމަށް ހަމަޖެހިފައި ވަނީ އެގްޒިމް ބޭންކުގެ ފަރާތުން ކަމަށްވުމާ އެކު އެކަމަށް ވަކި ތާރީހެއް ދެއްވަން އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް މިދިޔަ އަހަރު ފެށޭނެ ކަމަށް ފުރަތަމަ ބެލެވުނު ކަމަށެވެ. އެހެންނަމަވެސް މަސައްކަތް ދިގުލައިގެން ދިޔައީ ފައިނޭންސްގެ އިންތިޒާމްތައް ހަމަޖެހިފައި ނުވާތީ ކަމަށް އިމްރާން ވިދާޅުވިއެވެ. އޭރު އެއްބަސްވެވިފައި އޮތީ ރާއްޖެއިން ދައްކަން ޖެހޭ 15% ދެއްކުމުން 15 ދުވަހުގެ ތެރޭގައި މަސައްކަތް ފެށުމަށް ކަމަށް އިމްރާން ވިދާޅުވިއެވެ. ނަމަވެސް އެގްޒިމް ބޭންކުގެ ފަރާތުން ފައިނޭންސް ހަމަޖެއްސުމަކީ ސަރުކާރުގެ ބާރު ހިނގާ ކަމަކަށް ނުވުމުން މިހާރު މަސައްކަތް ފެށޭނެ ތާރީހެއް ދޭން އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވުމުން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ މިދިޔަ އަހަރު އެ މަޝްރޫޢު ފެށޭނެ ކަމަށް ވިދާޅުވީ ސިޔާސީ ބޭނުމަކަށް ކަމަށް ސިފަކުރައްވާ ވާހަކަދައްކަވާފައެވެ. އަދި މަސައްކަތް ނިމެން ނެތް އިރު އެ މަސައްކަތް ނިމޭނެ ކަމަށް އޭރު ވިދާޅުވި ސަބަބާމެދު އާޒިމް ވަނީ ސުވާލު އުފައްދަވާފައެވެ. އެކަމަށް ޖަވާބުދެއްވާ މިނިސްޓަރު ވިދާޅުވީ އޭރު މަސައްކަތް ނިމޭނެ ކަމަށް ވިދާޅުވީ "ޢައިބު"ގައިވާ ކަންކަން އެނގިވަޑައިނުގަންނަވާތީ ކަމަށެވެ.

މަޖިލީހުގައި އެހެން ބައެއް މެންބަރުން ވެސް ވަނީ އެ ދާއިރާތަކުގެ ޕޮލިސް ސްޓޭޝަންތަކުގެ މަސައްތަކާމެދު ސުވާލުކުރައްވާފައެވެ. އަދި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މެންބަރުން ސުވާލުކުރައްވާފައިވާ ޕޮލިސް ސްޓޭޝަންތަކަކީ ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ 61 ޕޮލިސް ސްޓޭޝަންގެ ތެރޭގައި ހިމެނޭ މަސައްކަތްތަކަށް ވާތީ އެ މަސައްކަތްތައް ވެސް ފެށޭނީ އެގްޒިމް ބޭންކުން ލިބެން ޖެހޭ ފައިނޭންސިން ލިބުމުން ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ އިމްރާންމޯލްޑިވްސް ޕޮލިސް ސަރވިސްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު