Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއާމްދަނީ ހޯދުން

ޙަލާލު ޢަމްދަނީއަކާއެކު ޢަބުރުވެރި ދިރިއުޅުމަކަށް ހަޑި މަސައްކަތެއް އޮންނާނެތަ؟

ސައިކަލަށް އަރައިގެން، ވެރިރަށް ޤާޚިރާގެ މަގުތަކުގައި މަޙްމޫދު އެކި ކޮޅުކޮޅަށް ދުއްވަނީ "ވައިކަން" ފިލުވާލަން ފިނި ބުރު ޖަހާ އުސޫލަކުން ނޫން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 21 މެއި 2023 | އާދީއްތަ 03:31
ަޙްމޫދު އަބޫ ކަރީމް؛ އޭނާގެ މަސައްކަތަކީ ކާރު ދޮވެދީގެން އާމްދަނީ ހޯދުން

ަޙްމޫދު އަބޫ ކަރީމް؛ އޭނާގެ މަސައްކަތަކީ ކާރު ދޮވެދީގެން އާމްދަނީ ހޯދުން

ވިސްނާވެސް ނުލެވި ތިއްބާ މުޅި ދުނިޔެއަށް ކުރިމަތިލާން ޖެހުނު އެކި ކާރިޘާތަކުގެ އެންމެ ބޮޑު އަސަރެއް ސީދާ ގޮތުން ކޮށްފައި ވަނީ އާންމު މީހާގެ ދިރިއުޅުމަށޭ ދެންނެވުމަކުން ގޯހެއް ނެތެވެ. މީގެ 5 ވަރަކަށް އަހަރު ކުރިން ލިބެމުން ދިޔަ އާމްދަނީއަށް އޭގެ ޒާތުގައި މާ ބޮޑު ބަދަލެއް އައިސްފައި ނުވިއެއް ކަމަކު، ދިރިއުޅުމުގެ ޛަރޫރީ ބޭނުންތަކުގެ ޚަރުދަތައް ބޮޑުވެގެން ދަނީ ބަލަބަލާ ހުއްޓާއެވެ. ކުރެވޭނެ މާ ބޮޑު ކަމެއް ނެތި، އާންމު ރައްޔިތު މީހާއަށް ޖެހެނީ، އިތުރު ގޮތް ގޮތުން ފައިސާ ހޯދާށެވެ. ބައެއް މީހުން މަގުން ކަސިޔާރު ވެގެން ދިޔަ ނަމަވެސް، ހަލާލު އާމްދަނީއެއް ހޯދަން ގަދަ އަޅާ މަސައްކަތް ކުރާ ކިތަންމެ ބަޔަކު އެބަ އުޅެއެވެ. އެފަދަ އެކަކީ މިޞްރަށް އުފަން، މަޙްމޫދު އަބޫ ކަރީމްއެވެ.

ސައިކަލަށް އަރައިގެން، ވެރިރަށް ޤާޚިރާގެ މަގުތަކުގައި މަޙްމޫދު އެކި ކޮޅުކޮޅަށް ދުއްވަނީ "ވައިކަން" ފިލުވާލަން ފިނި ބުރު ޖަހާ އުސޫލަކުން ނޫނެވެ. އެއީ އިތުރު އާމްދަނީ ހޯދަން އޭނާ ކުރާ މަސައްކަތެވެ. ފަހަރެއްގައިވެސް ސައިކަލް ޓެކްސީ ކުރަނީއެއް ނޫނެވެ. މަޙްމޫދުގެ މަސައްކަތަކީ، ކޮންމެވެސް ކަމެއްގައި އަވަދި ނެތި އުޅޭ މީހެއްގެ ކާރު ދޮވެ ދީގެން އާމްދަނީ ހޯދުމެވެ. މަސައްކަތް ހޯދަނީ، އޮފީސްތަކާއި ގޭގެއާއި އެނޫންވެސް އެކަހަލަ ތަންތަނަށް ގޮސްގެންނެވެ. ތަނެއްގައި މަޑުކޮށްލައިގެން ހުރެ، އެތަނަށް މީހަކު އައިއްޔާ މަސައްކަތެއް ލިބިދާނެ ކަމަށް ބަލައިގެން ހުރެގެންނެއް ނޫނެވެ.

ޢުމުރުން 35 އަހަރު ވީ އިރު، 2 ދަރިންގެ ޒިންމާދާރު ބައްޕައެއްގެ މަޤާމުގައި ހުރި މަޙްމޫދު، ތަންތަނަށް ގޮސްގެން ކާރު ދޮވެދިނުމުގެ ޚިދުމަތް ދޭން ފެށީ މީގެ 2 އަހަރެއްހާ ދުވަސް ކުރިންނެވެ. އެއީ މުޅި ދުނިޔެއަށް ބިންދާލި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ބިޔަ ރާޅުގެ އަސަރު، އޭނާ މަސައްކަތް ކުރަމުން ދިޔަ ރެސްޓޯރަންޓުގެ ވިޔަފާރިއަށް ފޯރި ހިސާބުންނެވެ.

ކޮވިޑް-19 ގެނުވި މާލީ ހީނަރުކަމުގައި ސަލާން ޖަހަން ނާށިގަނޑު ހިފައިގެން ނުކުތުމުގެ ބަދަލުގައި މަޙްމޫދު ވިސްނީ، އޭނާގެ އަމިއްލަ މަސައްކަތުން އާމްދަނީ އިތުރު ކުރެވިދާނެ ކަމެއް ކުރާށެވެ. ތަންތަނަށް ގޮސްގެން ކާރު ދޮވުމުގެ ޚިދުމަތް ބަލައިގަތުން ވީ، އޭނާގެ ކަސްޓަމަރުންނަށްވެސް އެންމެ ފުރަތަމަ މާ ފަސޭހަކަމަކަށް ނޫނެވެ. ނަމަވެސް، ސާބިތު ކަމާއި އިޚުލާޞްތެރިކަމާއެކު ކުރާ މަސައްކަތަކީ، ކޮންމެ މީހަކުވެސް ބަލައިގަންނާނެ މަސައްކަތެކެވެ.

އިތުރު އާމްދަނީ ހޯދުމަށް މަޙްމޫދު މަސައްކަތް ފެށީ އާދައިގެ ސައިކަލެއްގައެވެ. ކާރު ދޮވުމަށް ބޭނުން ކުރީވެސް އެންމެ އާދައިގެ އާލާތްތަކާއި ސާމާނުތަކެވެ. އެހާ ހިސާބުން ނިންމާލީކީ ނޫނެވެ. ބިނާ ކުރަނިވި ވިސްނުމުގެ ބޭނުން ކޮށް، ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް އޭނާ އިޚްތިޔާރު ކުރި ރާސްތާއިން ކުރިއަށް ދިއުމަށް ޒުވާނުންނަށް ގޮވާލިއެވެ.

ޢަބުރުވެރި ދިރިއުޅުމެއް އުޅުމަށްޓަކާ، ވަކި ފެންވަރެއްގެ މަސައްކަތެއް، ނުވަތަ އެތައް އަހަރެއް ވަންދެން ތިބާ ކުރި މަސައްކަތް ނޫނީ ނުކޮށް ހުންނާކަށްވެސް ނުޖެހެއެވެ. ޖާނުގައި ވަރުހުރެ، ދެން ހުރި ހުރިހާ ކަމެއް އެކަމަކަށް ތަން ދޭ ނަމަ، ޙަލާލު ގޮތުގައި އާމްދަނީއެއް ހޯދަން ކުރާނެ ހަޑި މަސައްކަތެއް ނޯންނާނެ ކަން، މަޙްމޫދު އެ ދަނީ ކިތަންމެހާވެސް ރަނގަޅަކަށް ސާބިތު ކޮށްދެމުންނެވެ.

މިޞްރުކާރު ދޮވެދޭ މީހުން

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2025

ސުލްޙަވެރިކަން ޤާއިމު ކުރެވޭނެ ހަމައެކަނި މަގަކީ ދެ ދައުލަތުގެ ޙައްލު: އަލް ސީސީ

14 އޮކްޓޯބަރު 2025
ސުލްޙަވެރިކަން ޤާއިމު ކުރެވޭނެ ހަމައެކަނި މަގަކީ ދެ ދައުލަތުގެ ޙައްލު: އަލް ސީސީ
12 އޮކްޓޯބަރު 2025

ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއިން، މެކްރޮން މިޞްރަށް ވަޑައިގަންނަވަނީ

12 އޮކްޓޯބަރު 2025
ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއިން، މެކްރޮން މިޞްރަށް ވަޑައިގަންނަވަނީ
11 އޮކްޓޯބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލަން ވެފައިވާ އެއްބަސްވުން ދެމި އޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

11 އޮކްޓޯބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލަން ވެފައިވާ އެއްބަސްވުން ދެމި އޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
07 އޮކްޓޯބަރު 2025

ހަމާސް އާއި އިސްރާއީލްއާ ދެމެދު ފުރަތަމަ ބުރުގެ މަޝްވަރާތައް ބާއްވައިފި

07 އޮކްޓޯބަރު 2025
ހަމާސް އާއި އިސްރާއީލްއާ ދެމެދު ފުރަތަމަ ބުރުގެ މަޝްވަރާތައް ބާއްވައިފި
05 އޮކްޓޯބަރު 2025

ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާ އަށް ޓްރަމްޕްގެ މަންދޫބުން މިޞްރަށް

05 އޮކްޓޯބަރު 2025
ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާ އަށް ޓްރަމްޕްގެ މަންދޫބުން މިޞްރަށް
14 އެޕްރީލު 2025

ހަނގުރާމަ ހުއްޓާލާ ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބުނު

14 އެޕްރީލު 2025
ހަނގުރާމަ ހުއްޓާލާ ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބުނު
19 މާރިޗު 2025

އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުން ޣައްޒާ އަށް ދިން ޙަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުން

19 މާރިޗު 2025
އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުން ޣައްޒާ އަށް ދިން ޙަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުން
27 ޖެނުއަރީ 2025

ފަލަސްތީން ރައްޔިތުން އެމީހުންގެ ވަޒަނުން ނެރުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަށް މިސުރުން ދެކޮޅު ހަދައިފި

27 ޖެނުއަރީ 2025
ފަލަސްތީން ރައްޔިތުން އެމީހުންގެ ވަޒަނުން ނެރުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަށް މިސުރުން ދެކޮޅު ހަދައިފި
21 އޮކްޓޯބަރު 2024

މިސްރުން މެލޭރިއާ ނައްތާލެވިއްޖެ ކަމަށް އިއުލާންކޮށްފި

21 އޮކްޓޯބަރު 2024
މިސްރުން މެލޭރިއާ ނައްތާލެވިއްޖެ ކަމަށް އިއުލާންކޮށްފި
22 ޖޫން 2024

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު